ލަފާކުރާ އާމްދަނީ ނުލިބޭނެކަން އިދިކޮޅަށް ޔަގީން، ބަޖެޓު ކުޑަކުރަން ގޮވާލައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ. -ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ. -ފޮޓޯ: ޕީޕީއެމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 36.9 ދައުލަތުގެ ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ ނުލިބޭނެ ކަމަށާއި، އެހެންކަމުން އެ އަދަދު ކުޑަކުރަން އިދިކޮޅު ކޯލިޝަނުން އަނެއްކާވެސް މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.

ލަފާކުރާ އާމްދަނީއާމެދު އިދިކޮޅުން ތަކުރާރުކޮށް ސުވާލު އުފައްދަމުން ގެންދާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ލަފާކުރާ އާމްދަނީ އެންމެ ރަނގަޅު ހާލަތުގައި ވެސް ނުލިބޭނެ ކަމަށެވެ.

"އެއީ ހަމަ ރޯ ދުގު. އެންމެ ރަނގަޅަށް ކަންތައް ދިޔަޔަސް 20-22 މިލިއަން ރުފިޔާ ވަންނާނީ،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ހިމަނައިގެން ބަޖެޓު ފައިނޭންސްކުރަން މިހާރު ވެސް 13 ބިލިއަނެއްހާ ރުފިޔާ ބޭނުންވާއިރު، ލަފާކުރާ އާމްދަނީ ނުލިބިއްޖެނަމަ، ބަޖެޓު ޑެފިސިޓް ލަފާކުރާ ވަރަށް ވުރެ ވެސް އިތުރުވެގެންދާނެ އެވެ.

އެގޮތަށް އެކަން މެދުވެރިވެއްޖެނަމަ، ޑޮލަރުގެ އަގާއެކު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ގޮސް ރައްޔިތުން އިތުރަށް ނިކަމެތިވުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ސަލީމް މިއަދު ވެސް ދެއްވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި، ދިވެހި ދައުލަތަށް ލިބޭ އާމްދަނީއިން ހަމައެކަނި ރިކަރަންޓް ހަރަދު ހަމަޖައްސަން ވިސްނައިގެން ބަޖެޓު ދެކޮޅު ނުޖެހޭނެ ކަމަށެވެ.

"ދައުލަތަށް ލިބޭ އާމްދަނީއަކުން އެއްވެސް މަޝްރޫއުއެއް ހިންގަން ވިސްނާފައެއް ވެސް ނެތް. މިއީ ނުރައްކާ ކަންތައް. މަޝްރޫއުއެއް ހިންގަން ނިންމާފައިވަނީ ލޯނާއި ބޭރުގެ އެހީން. މުޅިން ވެސް ދަރަނިން ޕީއެސްއައިޕީ ހިންގަން މި އޮތީ،" ސަލީމް ވިދާޅުވި އެވެ.

އެހެންކަމުން، ބަޖެޓު 25 ބިލިއަން ރުފިޔާއަށް ކުޑަކޮށްގެން ހިންގޭނެ ކަމަށާއި، އެކަން ކުރަން މި ސަރުކާރަށް ނޭނގޭނަމަ، ހިންގޭނެ ގޮތް ފިނޭންސް މިނިސްޓަރަށް ކިޔާދެއްވަން ތައްޔާރަށް ހުންނެވިކަމަށް ސަލީމް ވިދާޅުވި އެވެ.

ދަރަނީގެ ހިސާބުތަކަށް އިދިކޮޅުގެ ރައްދު

އިދިކޮޅު ކޯލިޝަނުގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ދަރަނި އިތުރުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވާހަކައަށް ވެސް ރައްދު ދީފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ މި ސަރުކާރުގައި ކޮންމެ އަހަރަކު 13 ބިލިއަނެއްހާ ރުފިޔާގެ ދަރަނި އިތުރުވަމުން އައިސް، އެ އަދަދު އަންނަ އަހަރު 48 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ޔާމީންގެ ސަރުކާރު ނިމުމާ ހަމައަށް ހުރީ ޖުމްލަ 42 ބިލިއަން ރުފިޔާގައި އެވެ.

މި ސަރުކާރުގެ އެންމެ ތިން އަހަރުގެ ތެރޭގައި 48 ބިލިއަން ރުފިޔާއަށް އަރައިފި،" ސަލީމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 400 އަށް އަރައިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވި ކަމަށެވެ.

ނަމަވެސް، މި ސަރުކާރުގައި އެ އަދަދު އަންނަ އަހަރު 1،000 ހުރަސްކުރާއިރު، އެފަދަ ބޮޑެތި އިސްރާފުތައް ހުއްޓާލައި، އެ ފައިސާ ރައްޔިތުންނާއި ގައުމުގެ ތަރައްގީއަށް ހަރަދުކުރަން ސައީދު ގޮވާލެއްވި އެވެ.

"ރައްޔިތުންގެ ފައިސާ ސަރުކާރު ހިންގަން ފުނި ޖަހާ ޖެހުން ހުއްޓާލަންޖެހޭ،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވި އެވެ.

ބަޖެޓުގައި ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތަކަށް ބަޖެޓު ކަނޑައަޅާފައި މިންވަރު ނިސްބަތުން މަދުކަމަށް ފާހަގަކުރައްވައި ސައީދު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ލާމަރުކަޒު ކުރުމާއި ޖަޒީރާ ދިރިއުޅުން ފަދަ ސިޔާސަތުތައް މި ބަޖެޓަށް ބަލާއިރު ދެކޮޅު ނުޖެހޭ ކަމަށެވެ.

އޭގެ ބަދަލުގައި ރައްޔިތުން ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން، ޖައްވަށް ދޫކުރާ ވިހަ ގޭސް ހުއްޓުވަން ކަމަށް ބުނެ ބަޖެޓުގައި މިލިއަނުން ފައިސާ ހިމަނާފައިވަނީ "ތިމާވެށީގެ ޗެމްޕިއަނުން" ކަމަށް ދައްކައިގެން ރައީސް ސޯލިހުގެ އިތުރުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަހުސިއްޔަތު ދުނިޔެއަށް ވިއްކުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުންނާ ސީދާ ގުޅޭ ކަމަކަށްވާތީ ސަރުކާރުން ހުށަހަޅާ ބަޖެޓަށް މަޖިލީހުގައި ވޯޓު ދިނުމަކީ އިދިކޮޅުން އަބަދުވެސް ގަބޫލުކުރާ އުސޫލެއް ކަމަށާއި، ނަމަވެސް މިހާރު މި ބަޖެޓު އޮތް ގޮތަށް ވޯޓު ދިނުމާމެދު މަޝްވަރާކުރާނެ ކަމަށް މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ސަލީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox