ލަންކާގެ 50 އަށް ވުރެ ގިނަ ބިން ބޭރުގެ އިންވެސްޓަރުންނަށް ކުއްޔަށް ދޫކުރަނީ

ލަންކާގެ 50 އަށް ވުރެ ގިނަ ބިން ބޭރުގެ އިންވެސްޓަރުންނަށް ކުއްޔަށް ދޫކުރަނީ

މަދުވެގެން ހަ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ކޮލޮމްބޯ ސިޓީ އާއި އެހެން ބައެއް މުހިއްމު ހިސާބުތަކުން 50 ބިމެއް ލަންކާ އާއި ބޭރުގެ އިންވެސްޓަރުންނަށް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސެކެޓްރީ ސިރިނިމާލް ޕެރޭރާއާ ހަވާލަދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ ބިންތައް ކުއްޔަށް ދޫކުރާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ނުވަތަ ޖޮއިންޓް ވެންޗާ އުސޫލުގެ ދަށުން ހިއްސާގެ 51 ޕަސެންޓު ދައުލަތަށް އޮންނަ ގޮތަށް ކަމަށެވެ.

ކުއްޔަށް ދޫކުރަން ލިސްޓު ކުރި ބައެއް ބިމަކީ މީގެ ކުރިން އިއުލާނު ކުރުމުން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ތަންތަނެވެ. އޭގެ އިތުރުން މުޅިން އާ ބިންތައް ކުއްޔަށް ދޫކުރަން މި ފަހަރު ލިސްޓުކޮށްފައި ވެ އެވެ.

Advertisement

އޮމާނަށް ނިސްބަތްވާ އެމްއެސް ޝުމޫކް އިންވެސްޓްމަންޓް އެންޑް ސާވިސަސް އިން ޝައުގުވެރިކަން ފާޅުކޮށް، ނަމަވެސް އެއްބަސްވުމަކާ ހަމައަށް ގޮސްފައި ނުވާ ނުވަ އޭކަރުގެ ޗާމާޒް ގްރެނެރީ ބިން ލިސްޓުގައި ހިމަނާފައި ވެ އެވެ. އޭގެ އިތުރުން އެއާ ފޯސް ހެޑްކުއާޓާޒްގެ ބިން ވެސް ވަނީ ލިސްޓުކޮށްފަ އެވެ.

ކުއްޔަށް ދޫކުރާ އިތުރު ބިންތަކުގެ ތެރޭގައި ހިމެނެނީ ޑުބާއީގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޮލޮމްބޯ 5 ގެ ސަމިޓް ފްލެޓުތަކާއި ވޯހޯލް ސްޓްރީޓާއި ވިޖެވަރްދެނެ މަވަތަ އެވެ. ކޮލޮމްބޯ އިން ހަ އޭކަރާއި، ނުގެގޮޑާ އަދި ކޮލުޕިޓިޔާގެ މާކެޓާއި، ހަތަރު އޭކަރުގެ ޕެޓާ ވޯލްޑް މާކެޓާއި، ރާޖަގިރިޔާ، ޑެންޒިލް ކޮއްބެކަޑުވަ އަދި ބަޓަރަމުއްލާ އިން ތިން އޭކަރާއި އެކަލާ އިން 55 އޭކަރުގެ ބިމާއި ނުވަރަ އެލިޔަ އަދި ކެންޑީގެ ބައެއް ބިންތައް ވެސް ހިމެނެ އެވެ.

ސަންޑޭ ޓައިމްސް ނޫހުން ބުނީ ވެލިކަޑަ ޖަލާ މެދު ކޮރެއާގެ އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު އެ ޖަލު ހުރި ބިން ލިބޭ ނަމަ ހޮރާނާގެ މުޅިން އާ ޖަލެއް އަޅައިދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ލިސްޓުކޮށްފައިވާ ބިންތައް ކުއްޔަށް ދޫކުރަނީ 33 އަހަރާއި، 50 އަހަރާއި 99 އަހަރުގެ މުއްދަތުތަކަށެވެ. އެ ބިންތަކުގައި މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫއުތަކާއި، މީހުން ދިރިއުޅޭ ޓަވަރުތަކާއި، ހޮޓާތަކާއި، ލެއިޝާ މަޝްރޫއުތައް، ލޮޖިސްޓިކްސް ހަބް އަދި މަލްޓި ސްޓޯރީ ކާ ޕާކު ފަދަ ތަންތަން ހަދަން ހުއްދަ ލިބޭނެ އެވެ.

ކުއްޔަށް ދޫކުރުމަށް ފަހު ބިންތަކުގައި މަޝްރޫއު ހިންގަން ބޭނުންވާ ލޯނާއި އެހެން ގޮތްގޮތުން ވެސް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން އެހީވާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ބިން ކުއްޔަށް ދޫކުރާތާ ދެ އަހަރުގެ ތެރޭގައި މަޝްރޫއުގެ ކުރިއެރުން ނުފެންނަ ނަމަ ބިން އަނބުރާ ދައުލަތަށް ނަގާނެ އެވެ.

ބިންތައް ކުއްޔަށް ދޫކުރަން އިޝްތިހާރު ކުރި ނަމަވެސް އިންވެސްޓަރުންގެ މާ ބޮޑު ޝައުގެއް ނެތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ ކޮލޮމްބޯ ޕޯޓް ސިޓީގެ ބިންތައް ވެސް ލިސްޓުކޮށްފައި ހުރުމުން އެ ތަނަށް އޮތް ޑިމާންޑުގެ ބޮޑު ކަމުންނެވެ.

ނަމަވެސް "ލަންކާގެ އިގްތިސާދަށް ހަކަތަ ދިނުމަށް" މުޅިން އާ އިންވެސްޓްމަންޓް ފޯރަމެއް ނޮވެމްބަރު 25 ވަނަ ދޔވަހު ބަޓަރަމުއްލާގެ ވޯޓާޒް އެޖްގައި ކުރިއަށް ގެންދަން ސަރުކާރުން ވަނީ ރާވާފަ އެވެ. އެ ފޯރަމްގައި އިންވެސްޓަރުންނަށް މުހިއްމު ގިނަ މައުލޫމާތުތައް ފޯރުކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox