އިރާނުގެ މަނަވަރު ލަންކާގެ ބަނދަރަށް ވައްދައިފި

Mar 6, 2026, 6:03 AM
އިރާނުގެ މަނަވަރު ލަންކާގެ ބަނދަރަށް ވައްދައިފި

އެމެރިކާގެ ސަބްމެރީނަކުން އިރާނުގެ ހަނގުރާމަމަތީ މަނަވަރަކަށް ހަމަލާދީ ފައްތާލާފައި ވަނިކޮށް، އިރާނުގެ މަނަވަރެއް ސްރީލަންކާގެ ސިފައިންގެ ބެލުމުގެ ދަށުން ގެނެސް، އެ ގައުމުގައި ބަނދަރުކުރުމަށް ފުރުސަތު ދީފި އެވެ.

އިރާނުގެ އައިރިންސް ބޫޝެރު މަނަވަރަށް ލަންކާއިން އެހީތެރިކަން ދިނީ އެ އުޅަނދުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ބަނދަރު ކުރުމުގެ ހުއްދައަށް އެދުމުންނެވެ. މި މަނަވަރުގައި ތިބި 208 މީހުން މިހާރު ވަނީ ރައްކާތެރިކަމާއެކު ބާލާފައެވެ. އޭގެ ތެރޭގައި 53 އޮފިސަރުންނާއި، 84 ކެޑޭޓުންނާއި، 48 ސީނިއާ ސެއިލަރުން އަދި 23 ފަޅުވެރިން ހިމެނެއެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ނިންމެވީ އިރުއުތުރުގެ ތްރިންކޮމަލީ ބަނދަރަށް އެ މަނަވަރު ވެއްދުމަށެވެ. އެއީ އިގްތިސާދީ މައި ބަނދަރު ކޮޅުބު ބޭނުންކޮށްފިނަމަ، ކަނޑުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ.

އަނޫރާ ވިދާޅުވީ "އިންސާނިއްޔަތު ހިމާޔަތްކުރުމުގައި ފަސްނުޖެހޭނެ" ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އެމެރިކާއިން އިރާނުގެ "އައިރިސް ދޭނާ" މަނަވަރު ފައްތާލި ހަމަލާގައި 87 މީހުން މަރުވެފައިވެ އެވެ.

އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މި ހަމަލާ ސިފަކުރެއްވީ "ކަނޑުމަތީގައި ހިންގި ލާއިންސާނީ ޖަރީމާއެއް" ގެ ގޮތުގައެވެ.

ސްރީލަންކާ އިން ވަނީ މި މައްސަލައިގައި ވަކި ކޮޅަކަށް ނުޖެހޭނެ ކަމަށް ބުނެފައެވެ. އެ ގައުމަކީ އިރާނާއެކު ތެލުގެ ވިޔަފާރިކުރާ، އަދި އެމެރިކާއަށް އަންނައުނު އެކްސްޕޯޓްކުރާ ދެ ގައުމާވެސް ގުޅުން އޮންނަ ގައުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox