ތިން ފައިނަލް ކުޅެ ނަބާހާ އަނެއްކާ ވެސް ތިން ތަށި ހޯދައިފި

Nov 15, 2021, 3:12 AM
ރޭގެ ފައިނަލް މެޗެއްގެ ތެރެއިން ނަބާހާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރޭގެ ފައިނަލް މެޗެއްގެ ތެރެއިން ނަބާހާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ރޭ އަނެއްކާ ވެސް ފާތިމަތު ނަބާހާ މި ވަނީ ހާއްސަ ސޮފުހާއެއް ލިޔެފަ އެވެ. ނަބާހާ، ޖެހިގެހިގެން ދެ ވަނަ ގައުމީ މުބާރާތް ނިންމާލީ ފައިނަލުގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ކުޅުނު ތިން ފައިނަލުގައި ވެސް ތަށި ހޯދައިގެންނެވެ.

ނަބާހާ ވަނީ 2019 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މިިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ގައުމީ ބެޑްމިންޓަން މުބާރާތް ނުބާއްވަ އެވެ.

މި އަހަރު ބެޑްމިންޓަން މުބާރާތް ބޭއްވިއިރު، ނަބާހާ ހުއްޓުވޭނެ ކުޅުންތެރިއަކު ނުފެނުނެވެ. ކުރިން 2019 ވަނަ އަހަރު ހޯދި ކާމިޔާބީ އޭނާ މި ވަނީ އިތުބާރާ އެކު ނުކުމެ ތަކުރާރުކޮށްފަ އެވެ.

ނަބާހާ "އަދަދު" އަށް ބުނީ ވަރަށް ދުވަސްކޮށްފައި ރާއްޖޭގައި މުބާރާތެއް ކުޅެން ޖެހުމުން ކޮންމެ ވެސް ވަރަކަށް ހާސްވުމުގެ ކަންކަން ކުރިމަތިވި ކަމަށެވެ.

"ހާސްވިޔަސް މިދިޔަ ދެތިން މަސް ތެރޭގައި ކުރެވުނު މަސައްކަތުގެ ސަބަބުން އިތުބާރު އޮތް. އެހެންވެ، ކޮންފިޑެންސް އޮތް މި ފަހަރު ވެސް ތިން ތަށި ނެގޭނެ ކަމުގެ،" ނަބާހާ ބުންޏެވެ.

ފައިނަލަށް ފަހު ނަބާހާ އާއި ނަބީހާ ތަށިތައް ހިފައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަންހެން ސިންގަލްސްގައި 2019 ވަަނަ އަހަރެކޭ އެއްގޮތަށް ނަބާހާ ވަނީ މި ފަަހަރުގެ ފައިނަލުގައި ވެސް އޭނާގެ އެއްމާބަނޑު ކޮއްކޮ، އައިމިނަތު ނަބީހާ ބަލިކޮށްފަ އެވެ. މިއީ ސިންގަލްސްގައި، ނަބާހާ ގައުމީ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރެވެ.

އަންހެން ޑަބަލްސް އިން ނަބާހާ އާއި ނަބީހާގެ ޕެއާ އިން ތަށި ދިފާއުކުރީ ފައިނަލުގައި އައިމިނަތު ޝަހުރުނާޒް އާއި މައިސާ ފަތުުހުﷲގެ ޕެއާ ބަލިކުރުމަށް ފަހު އެވެ.

މިކްސް ޑަބަލްސްގައި ވެސް ނަބާހާގެ ޕާޓްނަރަކީ 2019 ވަަނަ އަހަރު އޭނާއާ އެކު ޕެއާކުރި ޒަޔާން ޒަކީ އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ އިން މި ފަހަރުގެ ފައިނަލުގައި މޮޅުވީ ހިޝާމް ލަތީފް އާއި މައިސާގެ ޕެއާއާ ވާދަކޮށެވެ.

މި ފަހަރު ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ހޯދި ނަބާހާގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލް އެވެ. އެއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ދެ ރަން މެޑަލެވެ. މީގެ އިތުރުން ވެސް ނަބާހާ ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި މެޑަލްތަކެއް ހާސިލްކޮށްފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox