ޔުނައިޓެޑްގައި މަޑުކުރަން ޕޮގްބާ ބޭނުމީ ރޮނާލްޑޯ އަށް ވުރެ ބޮޑު މުސާރައެއް: ރިޕޯޓް

Nov 14, 2021, 3:32 AM
ޔުނައިޓެޑްގައި މަޑުކުރަން ޕޮގްބާ ބޭނުމީ ރޮނާލްޑޯ އަށް ވުރެ ބޮޑު މުސާރައެއް: ރިޕޯޓް

ޕެރިސް (ނޮވެމްބަރު 14) - މެންޗެސްޓާ ޔުނައިޓެޑާ އެކު ޕައުލް ޕޮގްބާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނަމަ ބޭނުންވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެ ބޮޑު މުސާރައެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕޮގްބާ، 28، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އަންނަ އަހަރުގެ ޖޫން މަހު ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބި އޮތް އެންމެ ބޮޑު ސަބަބަކީ ޕޮގްބާ ބޭނުންވާ ވަރުގެ މުސާރައެއް ދޭން ޔުނައިޓެޑުން ދެކޮޅު ހެދުމެވެ.

ޔުނައިޓެޑުން މި ސީޒަން ފެއްޓުމުގެ ކުރިން ވަނީ އެ ޓީމުގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ގެނެސްފަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ އަށް ހަފްތާ އަކު 500،000 ޕައުންޑް (670،000 ޑޮލަރު)ގެ މުސާރައެއް ލިބެ އެވެ. ޕޮގްބާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި މި ވަގުތު ހުރީ ބޯނަހާ އެކު ހަފްތާ އަކު 290،000 ޕައުންޑް (400،000 ޑޮލަރު)ގެ މުސާރައެއް ލިބޭ ގޮތަށެވެ.

ޔުނައިޓެޑާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ޑިމާންޑްކުރަނީ ރޮނާލްޑޯ އަށް ވުރެ ބޮޑު މުސާރައެއް ހޯދާށެެވެ.

ދާދި ފަހުން ފްރާންސްގެ ޕްރެކްޓިހުގެ ތެރޭގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޕޮގްބާ މި ވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. ޖެނުއަރީ މަހުގެ ކުރިން ޕޮގްބާ އަށް ދެން މެޗެއްްގައި ނުކުޅެވޭނެކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ ބޭނުންނަމަ ޖެނުއަރީ މަހު އެހެން ކްލަބަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ.

ޔުނައިޓެޑްގެ ޔޫތު ޓީމުގައި ހުރެ ފުރުސަތު ނުލިބޭތީ 2012 ވަނަ އަހަރު ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވި އެވެ. ޔުނައިޓެޑުން ޕޮގްބާގެ ސޮއި ހޯދީ 2016 ވަނަ އަހަރު ޔުވެންޓަސް އަށް 116 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެއީ އޭރަށް ބަލާނަމަ ދުނިޔޭގެ ރެކޯޑް ފީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox