ރޫޙާއި ވަކިވެފައި އިން ޖިސްމު

ރޫޙާއި ވަކިވެފައި އިން ޖިސްމު

ކަޅުފޮއި ރެއެއްގެ ހިމޭންކަމެވެ. ވަގުތުގެ ޙުކުމްދާރަކީ ގުދުރަތުގެ އަޑުތަކެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑެވެ. އެޔާ އެކުވެގެން މާކަނޑުން އަރަމުންދިޔަ ނަލަ ރޯޅިތަކުގެ ބޫން އަޑެވެ. ގުދުރަތީ މި ރީތި ތަރައްނުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން ދިޔައީ ޖެހޭ ރޯޅީގެ ހަމަޔަށް ނަށަމުންދިޔަ ގަސްގަހެވެ. ޝައްކެއްވެސްނެތެވެ! އިންސާނާ އެދޭ އަމާންކަމަކީ މިއީ އެވެ. ދެކޭ ސަރާޙަތުގެ ހުވަފެނަކީވެސް މިއީ އެވެ.

މިފަދަ ހިމޭން މާހައުލެއްގެ ތެރޭގައި ވަނިކޮށް ކުއްލިއަކަށް އަހުރެންގެ ނަޒަރު ހުއްޓުނީ، ގޮނޑުދޮށުގައި އޮތް ގަސްބުޑެއްގެ މަތީ އިން ގަބުކައިފާވާ ޝަޚުސެއްގެ މައްޗަށެވެ. އެއީ ހެޔޮވަރުގެ މުސްކުޅިއެކެވެ. އޭނާގެ މުޅި ނަޒަރު ހުއްޓިފައިވަނީ ދިމާއަށް ފެންނާން އޮތް ކަޅު ކަނޑަށެވެ. މޫނުމަތީން ޝުޢޫރެއްގެ އެއްވެސް އަސަރެއްނުފެނެ އެވެ. އެ މުސްކުޅިޔާގެ ވިސްނުން ކުރިމަތީގައިވާ ކަނޑަށް ޣަރަގުވެފައިވާ ކަހަލަ އެވެ.

މަޑުމަޑުން އަހުރެން އެތަނަށް ލެފިލާ އޭނާގެ ގާތުގައި އިށީނނީމެވެ. އަހުރެން ހީކުރީ ކުއްލި ސިހުމަކާއި އެކު އޭނާ ބަލާލާނެކަމަށެވެ. ނޫނީ އެންމެ ކުޑަމިނުން އޭނާ ހޯދައިގެން އިން ހިމޭންކަމުގެ ހިޔާވަހި ތަޣައްޔަރުކޮށްލިކަމަށްޓަކައި ނުރުހުމުގެ ކަޅިއެއް އެއްލާލާނެކަމަށެވެ. އެހެނަސް......ލޯއަޅާނުލިތާ ބަލާވެސް ނުލީ އެވެ.

ދެން އަހުރެން ބުނީމެވެ. ފަހެ ބޭބޭއަކީ ކާކު ހެއްޔެވެ؟

އޭނާގެ މޫނު އަހުރެނާ ދިމާއަށް އަނބުރާލުމަށްފަހު އިސާހިތަކު ކުރު ޖަވާބެއް ދިނެވެ.

މޮޔައަކީމެވެ.

ދެން ކުޑަހިނިތުންވުމަކާއި އެކު އަހުރެން ވާހަކަ ފެށީމެވެ.

ނުނިދި ހޭލަމޭއްޔަށް އަހުރެންވެސް މި އެނބުރެނީ ޙަޔާތުގެ ފިކުރުތައް ގިނަވެގެންނެވެ. ހައްމުތަކާއި ހުމޫމުތަކުގެ މައްޗަށް ނަޞްރު ހޯދޭތޯ އެވެ. ބޭބޭ ތިޔަފަދަ ގަބެއްކައި މިފަދަ ދަންގަޑިއެއްގައި މިތަނުގައި ތިއިނީ ކީއްވެފައިކަން ނިކަން ބުނެބަލާށެވެ. ބޭބޭގެ ވާހަކައިން ފަހަރުގައި އަހުރެނަށް ފާއިދާއެއްކޮށް އޭގެން ބޭބޭއަށްވެސް ދަރުމައެއް ލިބިދާނެތީ އެވެ.

އޭނާ އަނެއްކާވެސް ކުރު ޖަވާބެއް ދިނެވެ.

ވިސްނުމެއް ނެތް ކޮހަކީމެވެ.

އަހުރެން ހިތާހިތާ ކިޔައިލީމެވެ. މިއީ އަނެއްކާ ހޭޖެހޭ މީހެއްބާވަ އެވެ. ނޫނީ އެބުނާ ފަދައިން އަސްލުގައިވެސް މޮޔައަކީބާވަ އެވެ! އެހެންނާ މިއޮއް ދަންވަރު..... މިހެން ހަމަ ހިތައް އެރުމަށްފަހު ކުޑައިކޮށް ބޯހޫރާލީމެވެ. އަދި އަނެއްކާވެސް ހިތުގައި ބުނީމެވެ. ނޫނެކެވެ. ރޭގަނޑުގެ ހިމޭންކަމުގައި ފިކުރު ހިންގާން އަހުރެންވެސް ނިކުތީތާ އެވެ. ޖެހިގެން އުޅޭ ގިލަންތައް ހިތުން ފިލުވޭތޯ އެވެ. ވީމާ އަދިވެސް އެއްފަހަރު ވާނީ ބޭބޭގެ ފުށުން އެއްޗެއް ސާފުވޭތޯ އުޅޭށެވެ. ފަހަރުގައިހިތުގެ އުދާސްތައް ބޭރުކޮށްލެވިއްޖެނަމަ އެ ބޭބެއަށް ޖެހިގެން އުޅޭ ގިލަނެއް ލުއިވެސް ވެދާނެތީ އެވެ. މިހެން ހިތާ އަނެއްކާވެސް އަހުރެން ސުވާލުކޮށްފީމެވެ.

ބޭބޭއެވެ. ކުޑައިކޮށް ޖެހިގެން ތި އުޅޭ ގިލަނެއް އަހުރެނަށްވެސް ކިޔާލަދީ ބަލާށެވެ. ހިތުގެ އުދާސްތަކަށް ލުޔެއްވެސް ލިބޭނީ އެއިރުންނެވެ.

ޖަވާބުގައި އޭނާ ބުންޏެވެ.

ގިލަނެއްނެތެވެ. ޝުޢޫރެއްނެތެވެ. ސިކުނޑި ހުހެވެ. ހަމަ އެއްކޮށް ހުހެވެ. ހިތާމައެއް އުފަލެއް ލޯތްބެއް ކުލުނެއް ރުޅިއެއް ހަސަދައެއް ހަމްދަރުދީއެއް ނެތެވެ. ޝުޢޫރެއް ނެތެވެ. މޮޔައަކީމެވެ. ކޮހަކީމެވެ. ކަލޭ ބަސްގިނަކުޅައުމަކުން ވާ އުނދަގުލެއްވެސް ނެތެވެ. އަދި ކަލޭގެ ފުށުން ލިބޭނެ އަރާމެއް ތަސައްލީއެއްވެސް ނުވެ އެވެ. އާއެކެވެ. ސިކުނޑި ހުސްވީ އެވެ. ޝުޢޫރުތައް ފިލާ ރައްކާވީއެވެ. ރޫޙުނެތިވާ ޖިސްމަކީމެވެ. މަރުވެފައިވާ ނަފުސެކެވެ. މުޅަނުވެ އަދި ހުރީތާ އެވެ.

މިހެން ބުނުމަށްފަހު އެތަނުން ތެދުވެގެން އޭނާ ހިނގައިގަތެވެ. އަދި ހިނގަމުން ގޮސް ރޭގަނޑުގެ އަނދިރީގެ ތެރޭގައި އޭނާ ޣާއިބުވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox