ތުރުކީ ރައީސްގެ ގެކޮޅުގެ ފޮޓޯ ނެގި އިޒްރޭލް ބަޔަކަށް ޖާސޫސް ކުރުމުގެ ތުހުމަތުކޮށްފި

ކަމްލީކާ ޓަވަރު. އިޒްރޭލު ދެމަފިރިން އުރުދުގްނާގްގެ ގެކޮޅުގެ ފޮޓޯ ނެގީ މި ޓަވަރުގައި ތިބެގެން.

ކަމްލީކާ ޓަވަރު. އިޒްރޭލު ދެމަފިރިން އުރުދުގްނާގްގެ ގެކޮޅުގެ ފޮޓޯ ނެގީ މި ޓަވަރުގައި ތިބެގެން.

އަންކާރާ، ތުރުކީ (ނޮވެމްބަރު 13) - އިސްތަންބޫލުގައި ހުންނަ ތުރުކީގެ ރައީސްގެ ގެކޮޅުގެ ފޮޓޯ ނެގި އިޒްރޭލުގެ ދެމަފިރިއެއްގެ މައްޗަށް ޖާސޫސްކުރިކަމުގެ ދައުވާ އުފުލައިފި އެވެ.

އެ ދެމަފިރިން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މީހުންނަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރު އިސްތަންބޫލުގައި ހުޅުވި ކަމްލީކާ ޓަވަރަށް ޒިޔާރަތްކޮށް، އެ ތަނުގެ މަތިން ރައީސްގެ ގެކޮޅުގެ ފޮޓޯ ނެގި ކަމަށެވެ.

ކަމްލީކާ ޓަވަރުގައި ގިނަ ރެސްޓޯރެންޓުތަކާއި ވަށައިގެންވާ ސަރަހައްދު ބެލުމަށް އޮބްޒަވޭޝަން ޑެކުތައް ހުރެ އެވެ. ޓަވަރު ހުންނަ އުސްކުދާރް ޑިސްޓްރިކްޓުގައި ރައީސް ތައްޔިބް އުރުދުގާންގެ ގެކޮޅެއް ވެސް ހުރެ އެވެ.

އިޒްރޭލުގެ މީޑިއާ އިން ރިޕޯޓު ކުރި ގޮތުގައި ފޮޓޯ ނެގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މޯޑީ އަދި ނަޓަލި އޮކްނިން އެވެ. ހުކުރު ދުވަހު އެ ދެ މީހުން ކޯޓަށް ހާޒިރުކޮށް ޖާސޫސް ކުރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.

ތުރުކީގެ އަނަދޮލޫ ނިއުސް އެޖެންސީން ޓަވަރުގެ މުވައްޒަފަކާ ހަވާލަދީ ބުނީ އިޒްރޭލު ދެމަފިރިންނާއި ތުރުކީގެ ރައްޔިތަކު ޓަވަރުގައި ހުންނަ ރެސްޓޯރެންޓަކަށް ވަދެ، އުރުދުގާންގެ ގެކޮޅު ފޮޓޯ ނެގުމަށް ފަހު އެކަކު އަނެކަކަށް ދެއްކި ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދް ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ދެމަފިރިންނަކީ އިޒްރޭލުގެ އެއްވެސް ޖާސޫސީ އެޖެންސީއަކަށް މަސައްކަތް ކުރާ ބަޔެއް ނޫން ކަމަށެވެ.

އެ ދެމަފިރިންގެ އާއިލާއާ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ބައްދަލުކޮށް، އެ މީހުން މިނިވަން ކުރެވޭނެ ގޮތްތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ތުރުކީ އާއި އިޒްރޭލުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، 2018 ވަނަ އަހަރު ސަފީރުން އަނބުރާ ގެންދިޔައީ ގާޒާގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނު ރައްޔިތުންތަކެއް މަރުވި ހާދިސާއަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox