ސީއީއޯކަމުން ގޯޑަން ވަކިކުރީ އެއާޕޯޓުގެ މަޝްރޫއުތައް ހަލުވިކޮށް ހިންގުން ހަރުދަނާކުރަން: ޕީސީބީ

އެމްއޭސީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެެވި ގޯޑަން އެންޑްރޫ ސްޓިވާޓް: އޭނާ ވަނީ ރޭގެ ވަގުތެއްގައި މަގާމުން ދުރުކޮށްފަ -- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެެވި ގޯޑަން އެންޑްރޫ ސްޓިވާޓް: އޭނާ ވަނީ ރޭގެ ވަގުތެއްގައި މަގާމުން ދުރުކޮށްފަ -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެެވި ގޯޑަން އެންޑްރޫ ސްޓިވާޓް އެ މަގާމުން ވަކި ކުރީ އެއާޕޯޓުގައި ހިންގާ މަޝްރޫތައް ހަލުވިކޮށް، އެއާޕޯޓުގެ ހިންގުން ހަރުދަނާކުރަން ކަމަށް ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފި އެވެ.

ގޯޑަން ވަކިކުރަން ޕީސީބީން ލަފާދީފައިވާތީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެގޮތަށް ލަފާ ދިނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫތަކުގެ ދުވެލި އަވަސްކުރުމަށާއި އެއާޕޯޓުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކާއި އެއްގޮތަށް ކަމަށް ޕީސީބީން ބުނެ އެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއްކަމުގައިވާ ގޯޑަން އެމްއޭސީއެލްގެ ސީއީއޯގެ މަގާމާއި ހަވާލުވީ ޖޫން 28، 2020 ވަނަ ދުވަހު އެވެ. އޭނާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި އިސްކޮށް މަސައްކަތްކުރި، 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރާތެކެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާ އެމްއޭސީއެލްގެ ސީއީއޯކަމުގައި ހުންނެވިއިރު އޭނާއާއި ދޭތެރޭ އެ ދާއިރާގެ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހިގެން ޝަކުވާކޮށްފަ އެވެ.

އެގޮތުން ރާއްޖެއަށް އޮޕަރޭޓްކުރާ ބައެއް އެއާލައިންތަކުން ގޯޑަންއަށް އެފަދަ މަގާމެއްގެ ޒިންމާ އެންމެ އެެދެވޭ ގޮތުގައި އަދާނުކުރެވޭކަމަށާއި އަދި އެ ފެންވަރެއް އޭނާގެ ކިބައިގައި ނެތްކަމަށް ވެސް ބުނެ ޝަކުވާކޮށްފައިވާކަން މި ނޫހަށް ވަނީ ކަށަވަރު ވެފަ އެވެ.

އޭގެ އިތުރުން ވެސް، އެއާޕޯޓުގެ ފްލައިޓް ޝެޑިއުލްއާ ގުޅިގެން ގޯޑަން ލުއިފަސޭހަތަކެއް ދިނުމަށް ދެކޮޅު ހެދިކަމުގެ ޝަކުވާތަކެއް ވެސް ބައެއް ފަރާތްތަކުން ވަނީ ކޮށްފަ އެވެ.

އަދި އެއާޕޯޓުގެ ތަރައްގީގެ މަޝްރޫތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއުކަމުގައިވާ އާ ރަންވޭ ނުހުޅުވި ލަސްވުމަކީ ވެސް ގޯޑަންގެ ފަރާތުން އެކަމަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވޭތީ ލަސްވެފަ އޮތް ކަމެއްކަން ވަނީ އެނގިފަ އެވެ.

ގޯޑަން މަގާމުން ވަކިކުރިއިރު، އެމްއޭސީއެލްއިން ވަނީ އެކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަަށް އިނގިރޭސިވިލާތަށް ނިސްބަތްވާ ޑެރަން ވިލިއަމްސް އިއްޔެ އައްޔަން ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox