އޭޝިއާ ޕެސިފިކްގައި ފިނި ހަނގުރާމައެއް ފެށުމާ ދެކޮޅަށް ޗައިނާ ރައީސްގެ އިންޒާރެއް

ޗައިނާގެ ރައީސް ޝީ ޖިންޕިން.

ޗައިނާގެ ރައީސް ޝީ ޖިންޕިން.

ވެލިންގްޓަން، ނިއުޒީލެންޑް (ނޮވެމްބަރު 11) - ޓައިވާނުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ފިނި ހަނގުރާމައެއް ފެށުމާ ދެކޮޅަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޒާރު ދެއްވައިފި އެވެ.

ޝީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ދެމެދު ވާޗުއަލް ބައްދަލުވުމެއް އަންނަ ހަފުތާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު ނިއުޒީލެންޑުގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕޮރޭޝަން ސަމިޓުގެ ހަވާސާގައި އޮތް ވިޔަފާރި ކޮންފެރެންސެއްގައި ޝީ ވަނީ އެ ސަރަހައްދުގެ ގައުމުތައް އެކުގައި ގޮންޖެހުންތަކާ ކުރިމަތިލުމަށް ގޮވާލައްވާފަ އެވެ.

"ފިކުރީ ރޮނގުތައް ނުވަތަ ސަރަހައްދީ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ބިނާކޮށް ވަކި ގްރޫޕުތައް ހަދަން ކުރާ މަސައްކަތް ފެއިލްވާނެ،" ޝީ ވިދާޅުވި އެވެ.

Advertisement

"ކުރިން ފެނިފައިވާ ފިނި ހަނގުރާމައިގެ ނުތަނަވަސްކަމާއި ބައިބައިވުމުގެ ތެރެއަށް އޭޝިއާ ޕެސިފިކް ސަރަހައްދު އެނބުރި ގޮސްގެން ނުވާނެ."

ޝީ އެހެން ވިދާޅުވެފައި ވާއިރު، ޓައިވާނުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޓައިވާން ކައިރީގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ. ޗައިނާ އިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ.

ނަމަވެސް ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. އެމެރިކާ އިން ޓައިވާނަށް ސިއްރުން އަސްކަރީ އެހީ ފޯރުކޮށްދޭކަން ފަޅާ އަރާފައި ވަނިކޮށް، ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ އަސްކަރީ އެހީ ދިނުން މުހިއްމު ކަމަށެވެ.

"ޓައިވާނަށް އަމިއްލަ ދިފާއުގައި މަސައްކަތް ކުރެވޭނެކަން އަޅުގަނޑުމެން ކަށަވަރު ކުރަން ޖެހޭ. މަގުސަދަކީ އެއްވެސް ބަޔަކު ގަދަކަމުން އެ ސަރަހައްދުގެ ހާލަތު ބަދަލު ކުރަން ފުރުސަތު ނުދިނުން،" ނިއު ޔޯކް ޓައިމްސް އިން ބޭއްވި އިވެންޓެއްގައި ބްލިންކެން ވިދާޅުވި އެވެ.

ޓައިވާނުން ޗައިނާއާ ވަކިވީ 1949 ވަނަ އަހަރުގެ ދާހިލީ ހަނގުރާމައިގައި މާއޯ ޒެޑޯންގްގެ ކޮމިއުނިސްޓް ފައުޖަށް ކުރި ލިބުމުން، ފިލަން ދިޔަ މީހުން ޓައިވާނުގައި ވަޒަންވެރިވި ހިސާބުންނެވެ. އެހެން ނަމަވެސް ޓައިވާނުން ރަސްމީކޮށް މިނިވަންކަން އިއުލާނުކޮށްފައެއް ނުވެ އެވެ. އެހެންވެ، ކޮންމެ ވަގުތަކު ވެސް ޗައިނާގެ އަޅުވެތިކަމަށް ދާން ޖެހިދާނެ ކަމަށް ޓައިވާން ސަރުކާރުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox