އަފްގާނިސްތާނުގެ 5،000 ރެފިއުޖީން ކޮންމެ ދުވަހަކު ވެސް އިރާނަށް އެތެރެވަނީ

އިރާނާއި އަފްގާނިސްތާން ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެފައި ތިބި މީހުން ކާބޯތަކެތި ބަހަނީ. -- ފޮޓޯ: އޭއެފްޕީ

އިރާނާއި އަފްގާނިސްތާން ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެފައި ތިބި މީހުން ކާބޯތަކެތި ބަހަނީ. -- ފޮޓޯ: އޭއެފްޕީ

ތެހްރާން، އިރާން (ނޮވެމްބަރު 10) - ކޮންމެ ދުވަހަކު ވެސް އަފްގާނިސްތާނުް 5،000 ރެފިއުޖީން ބޯޑަރު ހުރަސްކޮށް އިރާނަށް އެތެރެވަމުންދާ ކަމަށް ނޯވީޖިއަން ރެފިއުޖީ ކައުންސިލް ޖަމިއްޔާ އިން ބުނެފި އެވެ.

އިރާނުގައި މިހާރު ވެސް އަފްގާނިސްތާނުގެ 3.6 މިލިއަން ރެފިއުޖީން އެބަ ތިއްބެވެ. އެހެންވެ ނޯވީޖިއަން ރެފިއުޖީ ކައުންސިލުން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލީ ރެފިއުޖީންނަށް އެހީވުމުގައި އިރާނަށް ބޭނުންވާ އެއްބާރުލުން ދިނުމަށެވެ.

އެމެރިކާ އިން އިރާނާ ދެކޮޅަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ހުރި ނަމަވެސް ނޯވީޖިއަން ރެފިއުޖީ ކައުންސިލުން ބުނީ އިރާނަކީ މުޅި ދުނިޔެއިން ވެސް ފާހަގަކުރެވޭ ރެފިއުޖީންނާ މެދު ހަމްދަރުދީ ބަހައްޓާ ފުރިހަމަ ސިޔާސަތެއް ގެންގުޅޭ ގައުމެއް ކަމަށެވެ.

"އަފްގާނިސްތާނުގެ އެހާ ގިނަ ރައްޔިތުންނަށް އިރާނުގެ އެހީ ދާއިމީ ގޮތެއްގައި ފޯރުކޮށްދެވޭނީ ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ލިބިގެން،" އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޖާން އެގެލޭން މި ހަފުތާގައި އިރާނަށް ކުރެއްވި ދަތުރަށް ފަހު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ފިނި މޫސުން ފެށުމުގެ ކުރިން، އަފްގާނިސްތާނުގެ އެތެރޭގައި އަދި ވަށައިގެންވާ އިރާނު ފަދަ ގައުމުތަކުގައި ފޯރުކޮށްދޭ އެހީ ވަރަށް ބޮޑު ތަނުން އިތުރު ކުރަން ޖެހޭ."

އެ ޖަމިއްޔާ އިން ލަފާކުރާ ގޮތުގައި މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމުގެ ފަހުން 300،000 އެއްހާ އަފްގާން ރައްޔިތުން ބޯޑަރު ހުރަސްކޮށް އިރާނަށް އެތެރެވި އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ޝިއައީ މުސްލިމުންނަށް ވާތީ ފުރާނަ އަށް އޮތް ނުރައްކަލާ ހެދި ހިޖުރަ ކުރި މީހުންނެވެ.

މި އަހަރު ނިމުމުގެ ކުރިން ހިޖުރަ ކުރާނެ ކަމަށް ބެލެވޭ އިތުރު 515،000 މީހުންނަށް އެހީވުމަށް އދ. ގެ ރެފިއުޖީ އޭޖެންސީން ހޯދަމުންދާ 300 މިލިއަން ޑޮލަރުގެ ތެރެއިން 136 މިލިއަން ޑޮލަރު ހާއްސަކޮށްފައި ވަނީ އިރާނަށް ދާ ރެފިއުޖީންނަށެވެ. ނަމަވެސް މިހާތަނަށް ލިބިފައި ވަނީ ފައިސާގެ 32 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox