ޓަޗްލެސް ފީޗާ ހިމެނޭ ލިފްޓެއް އެސްޓީއޯއިން ތައާރަފުކޮށްފި

Nov 10, 2021, 4:35 AM
ފިއްތަކުގައި އަތްލަން ނުޖެހޭ ކޯނޭ ބްރޭންޑްގެ ލިފްޓެއް: އެސްޓީއޯއިން މި ވައްތަރުގެ ލިފްޓު ރާއްޖޭގެ ބާޒާރަށް ވަނީ ނެރެފައި -- ފޮޓޯ: އަދަދު ފައިލް

ފިއްތަކުގައި އަތްލަން ނުޖެހޭ ކޯނޭ ބްރޭންޑްގެ ލިފްޓެއް: އެސްޓީއޯއިން މި ވައްތަރުގެ ލިފްޓު ރާއްޖޭގެ ބާޒާރަށް ވަނީ ނެރެފައި -- ފޮޓޯ: އަދަދު ފައިލް

ކޮވިޑް ޖެހިފައި ހުރި މީހަކު އަތްލާ ތަންތަނުގައި އެހެން މީހަކު އަތްލުމުން ވެސް ބަލި އެރުމުގެ ފުރުސަތު ބޮޑެވެ. މި ނަޒަރިއްޔާއަށް ބަލާއިރު، ލިފްޓް ބަޓަންތަކަކީ ވަރަށް ގިނަ މީހުން އަތްލާ އެއްޗަކަށް ވުމާއެކު، ލިފްޓަށް އަރައި ފޭބުމަށް މި ދުވަސްވަރު ސަމާލުވާންޖެހެ އެވެ. މިކަމަށް، ދުނިޔޭގެ އެންމެ މަޝްހޫރު ކޯނޭ ލިފްޓާއެކު ވަނީ ހައްލެއް ހޯދައި ދީފަ އެވެ. ކޯނޭގެ އެންމެ ފަހުގެ ލިފްޓުގައި ފިތްތަކުގައި އަތްލާކަށް ނުޖެހޭނެ އެވެ.

އެސްޓީއޯ އިން އެތެރެކުރާ "ކޯނޭ" ލިޕްޓް އާ މޮޑެލްއާއެކު މި އީޖާދު މިވަނީ ރާއްޖޭގެ ބާޒާރަށް މިހާރު ވަނީ ގެނެސްފަ އެވެ. މި މޮޑެލްގެ ފިތްތަކުގައި އަތްނުލައި، ހަމައެކަނި އަތްތިލަ ކައިރި ކޮށްލުމުން ބޭނުންވާ ފަންގިފިލާ އަކަށް ދެވޭނެ އެވެ.

މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނަސް، އިންޑަސްޓްރީގައި ޒަމާނީ ކުލަ ޖައްސަމުންދާ އެސްޓީއޯއިން ތައާރަފުކުރާ އެންމެ އީޖާދީ އެއް އުފެއްދުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ބާވަތުގެ ލިފްޓުގެ ބަޓަންތަކުގައި އަތްލުމުގެ ބަދަލުގައި، އަތް އެއް ސެންޓިމީޓަަރަށް ކައިރި ކޮށްލުމުން އެ ކައިރި ކުރާ ބަޓަންގެ ސެންސަރު އެކްޓިވޭޓްވުމެވެ. މިއީ ލިފްޓް ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިތްހަމަ ޖެހުމަކަށް ވާނެ ކަމެކެވެ.

އެސްޓީއޯއިން ވަނީ، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތަށް އެކަށީގެންވާ ގޮތަށް، ލިފްޓްގައި ހަރުކުރާ "ކޯނޭ" އެއާ ޕިއުރިފަޔަ ވެސް ތައާރަފްކޮށްފަ އެވެ. އެއާ ޕިއުރިފަޔަގެ ބޭނުމަކީ ލިފްޓް ތެރޭގައި ހުންނަ ވައި ސާފުކޮށްދިނުމެވެ. ލިފްޓް ތެރޭގައި ހުންނަ އެކި ވަސްވަހާއި ބެކްޓީރިއާތަށް މި އެއާ ޕިއުރިފަޔަ އިން ނައްތާލަ އެވެ. ކޯނޭ އިން އެއާ ޕިއުރިފަޔައަށް ބޭނުންކޮށްފައިވަނީ ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުތަކުގައި ކޮންޓަމިނޭޝަން ނައްތާލުމަށް ބޭނުންކުރާ ޕީސީއޯ ޓެކްނޮލޮޖީ އެވެ.

ކޯނޭ ޓަޗްލެސް ސީއޯޕީ އަދި ކޯނޭ އެއާ ޕިއުރިފަޔަ އެންމެ ފުރަތަމަ ރާއްޖޭގައި ހަރުކުރެވިގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރގައި ހުންނަ ލިފްޓްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox