ދައުލަތުގެ ބަޖެޓަކީ ކިހިނެއް ހިނގާ ކަމެއް؟

ދައުލަތުގެ ބަޖެޓަކީ ކިހިނެއް ހިނގާ ކަމެއް؟

"ބަޖެޓް" މި ލަފުޒަކީ ދިވެހިންގެ ތެރޭގައި އާންމު، މޫސުމީ ބަހެކެވެ. ހާއްސަކޮށް ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމުގެ ސައްލާކުރާ އެކިއެކި ހޮޅުއަށި ފަދަ ތަންތަނުގައި ވަރަށް އާންމު ބަހެކެވެ. ކުރިޔަށް އޮތީ 2022 ވަނަ އަހަރުގެ ބަޖެޓް ފާސްކުރަން ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާތަކާއި ބަހުސްތައް ކުރިޔަށްގެންދަން އޮތް ދުވަސްވަރުކަމުން، ބަޖެޓަކީ ކޮބައިކަމާއި ބަޖެޓަށް ފައިސާ ލިބޭ ގޮތާއި ބަޖެޓްގައި ހިމަނާ ހަރަދާ ގުޅޭ ގޮތުން ނަޒަރެއް ހިންގާލާނަމެވެ.

ބަޖެޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދެ ބައެކެވެ. އެއީ އާމްދަނީ އާއި ހަރަދެވެ. އާމްދަނީގެ ގޮތުގައިވެސް މައިގަނޑުގޮތެއްގައި ދެ ބައެއް ހިމެނެ އެވެ. އޭގެތެރެއިން އެއްބަޔަކީ "އަމިއްލަވަންތަ" އާމްދަނީ އެވެ. އެއީ މައިގަނޑު ގޮތެއްގައި ދައުލަތަށް އެކިއެކި ގޮތްގޮތުން ލިބޭ އާމްދަނީ އެވެ. އެކިއެކި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އާއި ޑިއުޓީ އާއި ދައުލަތުގެ ބިންބިމާއި އިމާރާތް ފަދަ ތަންތަން ކުއްޔަށް ދީގެން ލިބޭ އާމްދަނީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ފައިދާ އާއި އެކިއެކި ގޮތްގޮތުން ލިބޭ ފީ އަކީވެސް ދައުލަތުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި ވަންނަ ފައިސާ އެވެ.

ދެން އޮތީ މަޝްރޫއުތައް ހިންގުމާއި ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުން ދަރަންޏަށް ނުވަތަ އަނބުރާ ދައްކާ ގޮތަށް ނަގާ ފައިސާ އެވެ. މިއީ ހަގީގަތުގައި މުސްތުގުބަލުގައި ލިބޭން އޮތް އާމްދަނީއެއް، އެއަށްވުރެ ކުރިން ހޯދައި އޭގެ ނަފާ ހޯދުމަށް، މާލީ ކަންކަން މެނޭޖްކުރަން ބޭނުންކުރާ އުކުޅެކެވެ.

ދައުލަތުގެ އާމްދަނީ މައިގަނޑު ދެ ބަޔަކަށް ބެހޭ ގޮތަށް، ދައުލަތުގެ ހަރަދުވެސް މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބެހިގެންދެއެވެ. އެއީ މާލީ ދާއިރާގެ އާންމު ބަހުރުވައިންނަމަ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރުން ހިންގާ އެކިއެކި ބޮޑެތި މަޝްރޫއުތަކެވެ. އޭގެތެރޭގައި ހިމެނެނީ އާންމުކޮށް އަޅުގަނޑުމެންގެ ތެރޭގައި މި ކިޔާ ބަނދަރު ހެދުމާއި، ބިންހިއްކުމާއި، ފެނާއި ނަރުދަމާ އާއި ސްކޫލްތަކާއި ހޮސްޕިޓަލާއި ސިއްހިމަރުކަޒު ފަދަ ތަންތަނާއި ބްރިޖާއި ބޯހިޔާވަހީގެ މަޝްރޫއުތައް ފަދަ ކަންކަމެވެ. ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ސަރުކާރުގެ ވައުދުތަކާ ގުޅިފައި ހުންނަ ހަރަދުތަކެވެ.

ދެން އޮތީ ރިކަރަންޓް ހަރަދެވެ. ރިކަރަންޓް ހަރަދަކީ ދައުލަތުގެ އިންޖީނު ނުހުއްޓި ހިނގަހިނގާ ހުރުމަށްޓަކައި ދާއިމީ ސިފައެއްގައި ކުރަންޖެހޭ ހަރަދުތަކެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ މުސާރަ އާއި، އޮޕަރޭޝަނަށް ބޭނުންވާ ކަރަންޓާއި ފެންފަދަ އެނޫންވެސް ހަރަދުތަކެވެ.

ބަޖެޓްގެ އާމްދަނީ އާއި ހަރަދާއިި އަޅާ ކަނޑާލީމަ ދެން އޮންނާނީ ބަޖެޓްގެ ބާކީ އެވެ. އެއަށް ކިޔައިއުޅެނީ ބަޖެޓް ޑެފިސިޓް ނުވަތަ ބަޖެޓް ސާޕްލަސް އެވެ. ބަޖެޓް ޑެފިސިޓްވަނީ އާމްދަނީއަށްވުރެ ހަރަދު ބޮޑުވީމަ އެވެ. އަދި ބަޖެޓް ސާޕްލަސް ވަނީ އާމްދަނީން ހަރަދުކޮށްފައި ބަލާއިރު ބަޖެޓް ބާކީގައި އެއްޗެއް އޮތީމަ އެވެ. އެހެންކަމުން ދައުލަތަކަށް އެންމެ ފައިދާހުރި ގޮތަކީ ސާޕްލަސް ބަޖެޓެއް ހާސިލު ވުމެވެ.

މިހިސާބުން ހިތަށް އަރަނީ ރަށްރަށުގައި ސަރުކާރުން ހިންގާ އެކިއެކި މަޝްރޫތައް އެއް އަހަރަށް ބަޖެޓުކޮށް ހުރިހާ ކަމެއް އެއްފަހަރާ ކުރެވޭވަރުގެ ބަޖެޓެއް ފާސް ނުކުރަނީ ކީއްވެތޯ އެވެ. ގައިމުވެސް އެގޮތަށް އެކަން ކުރެވޭނަމަ ރާއްޖޭގެ ރަށްތައް ތަރައްގީކުރުމުގެ ސްޕީޑް އަވަސްވާނޭ ކަމާމެދު އަޅުގަނޑު ޝައްކު ނުކުރާތީވެ މިސުވާލު ކުރެވުނީީ އެވެ.

މިސުވާލުގެ ޖަވާބަކީ، ބަޖެޓުގައި ޖަހާފައި ހުރި ހަރަދުތައް ކުރެވޭ ވަރަށް ފައިސާ ހުރިނަމަ ތިއީ މާބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް މިހިސާބުންވެސް އަޅުގަނޑުގެ ހިތަށް އަދިވެސް ސުވާލެއް އެބައާދެ އެވެ. އެސުވާލަކީ ބަޖެޓުގައި ޖަހާފައި ހުންނަ އަދަދުތަކަކީ ހަގީގަތުގައިވެސް ގައުމުގެ ހަޒާނާގައި ހުރި ފައިސާތޯ އެވެ. އެއީ ގައުމުގެ ހަޒާނާގައި ހުރި ފައިސާކަމަށްވާނަމަ އެއީކީ މާބޮޑު މައްްސަލައެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް އެނގިފައިހުރި މައުލޫމާތުގެ އަލީގައި ދަންނަވާނަމަ ބަޖެޓްގައި ޖަހާފައިވާ އަދަދުތަކަކީ އަންދާޒާކޮށްގެން ޖަހާފައިވާ އަދަދުތަކެކެވެ. މާނައަކީ މިސާލަކަށް 2020 ވަނަ އަހަރަށް 34 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަކީ ހަމައެކަނި އަންދާޒާއެކެވެ. ނޫނީ ހިތުހިސާބެކެވެ. އެއީކީ އެއްވެސް ގޮތަކަށް ލިބިފައިހުރި ފައިސާއެއް ނުވަތަ އާމްދަނީއެއް ނޫނެވެ. އެކަމަކު ފާއިތުވި އަހަރުތަކުގެެ ނަތީޖާތަކަށް ބަލާފައި ކުރިޔަށް އޮތްތަނުގައި ލިބުމުގެ އުއްމީދު އޮތް، ލިބޭންހުރިކަމަށް ލަފާކުރާ އަދަދެކެވެ. އެހެންކަމުން ބަޖެޓްކުރާ އަދަދަަަަކީ ލިބިދާނެ ނުވަތަ ނުލިބިދާނެ އަދަދަކަށްވެސް ވެދާނެ އެވެ. ދެން ފާހަގަކުރެވޭ އަނެއްކަމަކީ މިއީ އެއްވެސް ހާލެއްގައި އާ އަހަރެއް ފެށޭތަނުން އެއްފަހަރާ ލިބޭނެ އާމްދަނީއެއްވެސް ނޫންކަމެވެ. އޭގެ ބަދަލުގައި ބަޖެޓްކުރާ އާމްދަނީ ލިބޭނީ މުޅި އަހަރުގެ އެކިއެކި ދުވަސްތަކުގެ މަތިންކަމެވެ.

ވީމާ، ރާއްޖޭގައި ކުރިޔަށްގެންދަން ބޭނުންވާ ހުރިހާ މަޝްރޫއުތަކެއް އެއް އަހަރަށް ބަޖެޓް ކުރިޔަސް އެއީ އެކަން އެގޮތަށް ވެދާނެކަމެއް ނޫނެވެ. ސަބަބަކީ ކަމެއް ކުރެވޭނީ އެކަމަށް ހިނގާނެ ހަރަދަށްވާ ފައިސާ ލިބިގެންކަމަށް ވުމާއި އަދި ބަޖެޓްގައި ޖަހާފައިވާ އަދަދުތަކަކީ ވަކި މަޝްރޫއެއް ހިންގަން ބޭނުންވާވަރަށް ލިބިފައިހުރިި ފައިސާ ނުވަތަ އާމްދަނީ ނޫންކަމަށް ވާތީ އެވެ. އެހެންކަމުން ކިތަންމެ ބޮޑު ބަޖެޓެއް ފާސްކުރި ނަމަވެސް އެއަދަދަށް އާމްދަނީ ނުލިބޭނަމަ ފާސްކުރާ ބޮޑު ބަޖެޓެއްގެ ބޭނުމެއް ނެތެވެ. އެއީ ހުސް ކަރުދާހުގެ މައްޗަށް އެކުލެވޭ އަދަދު ތަކެކެވެ. ދައުލަތަށް ލިބިފައިހުރި ފައިސާއެއް ނޫނެވެ.

ބަޖެޓްގެ އެންމެ ކުރު އަދި ފަސޭހަ މިސާލަކީ އާއިލާއަކަށް ލިބޭނެ އާމްދަނީ އާއި އެ އާއިލާގެ ހަރަދެވެ. މިސާލަކަށް އާއިލާގެ އާމްދަނީ އަކީ ވިހި ހާސް ރުފިޔާ ކަމަށް ވެފައި ކުރިއަށް އޮތް މަހު ހިނގާނޭ ކަމަށް އަންދާޒާކުރާ ހަރަދުތައް ފަންސަވީސް ހާސް ރުފިޔާއަށް އަރާނަމަ އެ ހާލަތުގައި އޮންނާނީ ދެގޮތެކެވެ. އެއްގޮތަކީ އެމަހުގައި ކުރަންޖެހިފައި ހުރި ބައެއް ހަރަދުތައް ފަސްކޮށްލުމަށްފަހު މަހުގެ ޖުމުލަ ހަރަދު ވިހި ހާސް ރުފިޔާގައި ހިފެހެއްޓުމެވެ. ނުވަތަ ކޮންމެވެސް ފަރާތެއްގެ އަތުން ދަރަންޏަށް އިތުރަށް ފަސް ހާސް ރުފިޔާ ނެގުމެވެ.

މި ދެ ގޮތުގެ ތެރެއިން، އެ އާއިލާއިން ނިންމަނީ ދަރަންޏަށް ފަސް ހާސް ރުފިޔާ ނެގުމަށް ނަމަ، ދަރަންޏަށް ނަގާ ފަސް ހާސް ރުފިޔާ އަނބުރާ ދައްކާނެ ގޮތުގެ ޕްލޭނެއްވެސް ރާވަންޖެހޭނެ އެވެ. މާނައަކީ އެދަރަނި ދައްކާނީ ކުރިއަށް އޮތް މަސްތަކުގައި އެއާއިލާއަށް ކޮންމެ މަހަކު ލިބޭ ވިހި ހާސް ރުފިޔާގެ އާމްދަނީން ކަމަށްވާއިރު އެމަސްތަކުގެ އާންމު ހަރަދުތައް ވިހިހާސް ރުފިޔާ އަށްވުރެ ކުޑަކުރަންޖެހޭނެ އެވެ. މިސާލަކަށް އިތުރަށް ނެގި ފަސްހާސް ރުފިޔާ އަނބުރާ ދައްކަންޖެހެނީ 5 މަސްދުވަހުން ކަމަށްވާނަމަ ކުރިޔަށްއޮތް 5 މަސް ދުވަހުގެ އާމްދަނީގެ ތެރެއިން ކޮންމެ މަހަކު 1000 ރުފިޔާ ދަރަނި އަނބުރާ ދައްކަން ބަހައްޓަންޖެހޭނެ އެވެ. ދެން އެމަސްތަކުގައި އާންމު ހަރަދުގެ ގޮތުގައި ބޭނުންކުރަން އޮންނާނީ ނަވާރަ ހާސް ރުފިޔާ އެވެ. މިގޮތަށް ކުރިޔަށް އޮތް 5 މަހުގެ އާމްދަނީ ޕްލޭން ނުކޮށްފިނަމަ ދަރަނި ދެއްކޭނެގޮތެއްނުވެ އެ އާއިލާ ދަރަނިވެރިވާނީ އެވެ. އަދި ބޮޑު ދަރަންޏެއް ނަގަން މިގޮތަށް ވިސްނާއިރު އެއީ އެފަދަ ދަރަންޏެއް އަނބުރާ ދެއްކޭނެވަރުގެ މީހެއްތޯ ދަރަނި ދޭފަރާތުން ބަލާނެ އެވެ. އެފަރާތަށް އެއީ ދަރަނި އަނބުރާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ފަރާތެއްކަމަށް ބެލެވޭނަމަ، އެފަރާތަށް ދަރަނި ދޫނުކުރާނެ އެވެ. ނުވަތަ ދޫކުރާ ދަރަނި އަނބުރާ ދައްކާއިރު ނިސްބަތުން ބޮޑު އިންޓަރެސްޓެއް ދެއްކުމަށް ޝަރުތުކުރާނެ އެވެ.

ގައުމެއްގެ ބަޖެޓް ޕްރޮސެސް ހިގާނީވެސް އެއްވެސް ތަފާތެއްނެތި ހަމަ މިގޮތަށެވެ. އަދި ގައުމު ދަރަނިވެރިވުމުގައިވެސް ކަންހިނގާނީ ހަމަ މިގޮތަށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

Newsletter

Get the latest news delivered straight to your inbox