ކަނޑައަޅާ އުޖޫރަ ނޭނގޭތީ ޓްރޭޑް ޔޫނިއަންތަކުން މިނިމަމް ވޭޖް ރަސްމިއްޔާތު ބޮއިކޮޓްކޮށްފި

ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެއަށް މީހަކު ވަންނަނީ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެއަށް މީހަކު ވަންނަނީ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މިނިމަމް ވޭޖު ބޯޑުގެ ލަފާގައި ބަޔާންކުރާ އަދަދުތައް ކުޑަކުރުމަށް ފަހު އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު، ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކުން އެ ހަފްލާ ބޮއިކޮޓް ކުރަން ނިންމައިފި އެވެ.

މިނިމަމް ވޭޖް އިއުލާނުކުރަން މިއަދު 9:30 ގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތު ޓްރޭޑް ޔޫނިއަންތަކުން ބޮއިކޮޓްކުރަން ނިންމިކަން "އަދަދު"އަށް ކަށަވަރުކޮށް ދެއްވީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ ރައީސް ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާ ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ސެކެޓްރީ ޖެނެރަލްގެ ހައިސިއްޔަތުން މިނިމަމް ވޭޖު ބޯޑުގައި އެ ޖަމިއްޔާ ތަމްސީލު ކުރެއްވި މައުރޫފް ޒާކިރެވެ.

މައުރޫފް ވިދާޅުވީ އެ ރަސްމިއްޔާތު ބޮއިކޮޓް ކުރަން ނިންމީ އިއުލާނުކުރަނީ ކޯއްޗެއްކަން ނޭނގޭތީ ކަމަށެވެ. އަދި މިނިމަމް ވޭޖު ބޯޑުން އެރުވި ލަފާގައި ބުނާ އަދަދުތައް ބަދަލުކުރަން ނިންމާފައިވާ ކަމުގެ ވާހަކަތައް ދެކެވެމުންދާއިރު، މިހާތަނަށް މިނިސްޓްރީން އެފަދަ މައުލޫމާތެއް މިނިމަމް ވޭޖް ބޯޑާ ހިއްސާނުކުރާ ކަމަށެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފާ

  • ކުދި ފަންތީގެ ވިޔަފާރިތަކަށް ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން ގަޑި އިރަކަށް 24.04ރ. ގެ މަގުން، މަހަކު 5،000ރ.
  • މެދު ފަންތީގެ ވިޔަފާރިތައް: ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން ގަޑި އިރަކަށް 33.65ރ. ގެ މަގުން 7،000ރ.
  • ބޮޑެތި ވިޔަފާރިތައް: ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން ގަޑި އިރަކަށް 42.79ރ. މަގުން 8،900ރ. އެވެ.
  • ޕަބްލިކް ސެކްޓާގައި ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 7،000ރ. ނުވަތަ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65ރ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިނިމަމް ވޭޖު ބޯޑުގެ ލަފަޔަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މިނިމަމް ވޭޖާއެކު ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ ގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު ކަނޑައަޅާނީ މިނިމަމް ވޭޖު ބޯޑުގެ ލަފަޔާ އެކު އިކޮނޮމިކް މިނިސްޓަރެވެ. މިނިމަމް ވޭޖު ތަންފީޒުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox