ޖޮކޮވިޗަށް ދުނިޔޭގެ ރޭންކިންގެ ރެކޯޑެއް

Nov 7, 2021, 7:47 AM
ޖޮކޮވިޗަށް ދުނިޔޭގެ ރޭންކިންގެ ރެކޯޑެއް

ޕެރިސް (ނޮވެމްބަރު 7) - ޕެރިސް މާސްޓާސް ފައިނަލުން ފުރުސަތު ހޯދައި ސާބިއާގެ ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް މި ސީޒަނުގެ ދުނިޔޭގެ ރޭންކިން އެއް ވަނަ ކަށަވަރުކޮށް ޓެނިހުގެ ތާރީހުގައި ރެކޯޑެއް ގާއިމްކޮށްފި އެވެ.

މީގެ ކުރިން ޓެނިސް ސީޒަނެއް ނިންމާލާއިރު, ދުނިޔޭގެ ރޭންކިން އެއް ވަނައިގެ ގޮތުގައި އޮތުމުގެ ރެކޯޑް އޮތީ ހަ ފަހަރު އެ މަގާމު ހާސިލްކުރި ޖޮކޮވިޗާއި ކުރީގެ ކުޅުންތެރިޔާ ޕީޓް ސަމްޕްރަސް އަތުގަ އެވެ.

އެކަމަކު، އިއްޔެ ޕެރިސް މާސްޓާސް ސެމީ ފައިނަލުގައި ޕޮލެންޑްގެ ހިއުބާޓް ހޫކާޒް އަތުން ހޯދި މޮޅަށް ފަހު އެ ރެކޯޑް މިހާރު އޮތީ ޖޮކޮވިޗް އަތުގަ އެވެ. އެއީ ހަތް ފަހަރު ސީޒަންގެ ރޭންކިން އެއް ވަނައިގެ ގޮތުގަ އެވެ. މިއީ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަފައެލް ނަޑާލާއި ރޮޖާ ފެޑެރާ އަށް ވުރެ ދެ ފަަހަރު އިތުރު އަދަދެކެވެ.

ހިއުބާޓް އަތުން ފުރަތަމަ ސެޓުގައި ބަލިވި ނަމަވެސް ޖޮކޮވިޗް އިއްޔެ މޮޅުވީ ތަފާތު ހިތްވަރެއް ދައްކައިގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 3-6, 6-0, 7-6 އިންނެވެ. އުނދަގުލުން މި މެޗު ކާމިޔާބު ކުރެވުނު ނަމަވެސް ޖޮކޮވިޗް ހުރީ ހިތްހަމަ ޖެހިފަ އެވެ. އެއީ އޭނާ އައިޑަލްއެއްގެ ގޮތުގައި ދެކުނު ސަމްޕްރަސްގެ ރެކޯޑެއް މުގުރާލެވުމުންނެވެ.

"އަހަރެން ޓެނިސް ކުޅެން ފެށިއިރު އައިޑަލް އެއްގެ ގޮތުގައި ދެކުނީ ޕީޓް (ސަމްޕްރަސް). އޭނަގެ މި ފަދަ ރެކޯޑެއް ފަހަނައަޅައި ކުރިއަށް ދެވުމަކީ އަހަންނަށް ބޮޑު ފަހުރެއް. ބުނެދޭން ވެސް ނޭނގޭހާ ހިތްހަމަޖެހިފައި މި ހުރީ،" ޖޮކޮވިޗް ބުންޏެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔޭގެ ރޭންކިން އެއްގެ އެއް ވަނަ މަގާމު ދެމެހެއްޓުމަކީ ކުޑަ މަސައްކަތެއް ނޫން. އެ ފަދަ ކަމެއް ހާސިލްކުރެވޭނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު. މި މަގާމުގައި ހުރުމަކީ ހިތްހަމަ ޖެހުމެއް،"

ޕެރިސް މާސްޓާސް ފައިނަލުގައި ޖޮކޮވިޗް ނުކުންނާނީ ޑަނީލް މެޑްވެޑޭވްއާ ދެކޮޅަށެވެ. މެޑްވެޑޭވް ވަނީ މި ފަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި ޖޮކޮވިޗް ބަލިކޮށްފަ އެވެ. އެ މެޗުން ބަލިވެ، ސީޒަނުގެ ހަތަރު ގްރޭންޑް ސްލޭމް ކާމިޔާބުކުރަން ޖޮކޮވިޗް ކުރި އުއްމީދުތައް ހާސިލެއްނުވި އެވެ.

ޔޫއެސް އޯޕަން ފައިނަލް ކުޅުނުތާ ހަތް ވަރަކަށް ހަފްތާ ފަހުން އަލުން މެޑްވެޑޭވްއާ ދެކޮޅަށް ނުކުންނަން ޖެހުމުން ޖޮކޮވިޗް ބުނީ މި ފަހަރުގެ ފައިނަލް ތަފާތުވާނެ ކަމަށެވެ. ކުރިން ބަލިވުމުން ބަދަލުހިފުމުގެ ރޫހެއް ނެތް ކަމުގައި ވިޔަސް ޖެހިޖެހިގެން ދެ ފައިނަލުގައި މެޑްވެޑޭވް އަތުން ބަލިވާން ބޭނުން ނުވާ ކަމަށް ޖޮކޮވިޗް ބުނެފައިވެ އެވެ.

މިއަދުގެ ފައިނަލުގެ ކުރިން މެޑްވެޑޭވް ބުނީ ޔޫއެސް އޯޕަން ފައިނަލު ދިޔަ ގޮތުން ޔަގީނުން ވެސް ޖޮކޮވިޗް ފިލާވަޅުތަކެއް ދަސްކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox