މަޝްހޫރު ދެ ކީޕަރުން: ދެ ބަފައިން ކިޔައިދޭ "ފަހުރުވެރި" ވާހަކަ!

Nov 6, 2021, 3:03 AM
ލެޖެންޑަރީ ގޯލްކީޕަރު ޕީޓަ ޝްމައިކަލް (ކ) އާއި އޭނާގެ ދަރިފުޅު ކެސްޕާ ޝްމައިކަލް.

ލެޖެންޑަރީ ގޯލްކީޕަރު ޕީޓަ ޝްމައިކަލް (ކ) އާއި އޭނާގެ ދަރިފުޅު ކެސްޕާ ޝްމައިކަލް.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ލެސްޓާ ސިޓީގެ ކީޕަރު ކެސްޕާ ޝްމައިކަލްގެ ބައްޕަގެ ގޮތުގައި މަޝްހޫރުވުމަކީ އޭނާ އަށް ލިބޭ ބޮޑު ފަހުރެއް ކަމަށް ލެޖެންޑަރީ ގޯލްކީޕަރު ޕީޓަ ޝްމައިކަލް ވަނީ ދާދި ފަހުން ބުނެފަ އެވެ.

އެކަމާ ބެހޭގޮތުން ކެސްޕާ ބުނީ ޝްމައިކަލް ފަދަ ލެޖެންޑަރީ ކީޕަރެއްގެ ދަރިއަކަށް އޭނާ ވުމަކީ ޕްރެޝަރެއް ނަމަވެސް "ފަހުރެއް" ކަމަށެވެ.

މިހާރު އުމުރުން 57 އަހަރުގެ ޕީޓާ ޝްމައިކަލް އާއި އޭނާގެ ދަރިފުޅު، ކެސްޕާ، 35، އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހަށް ބަލާއިރު ވެސް ހާއްސަ ދެ ނަމެވެ. އިނގިރޭސި ތިން ކްލަބް ކަމަށްވާ، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި އެސްޓަން ވިލާގެ ގޯލު ބެލެހެއްޓި ޝްމައިކަލް ވަނީ ޔުނައިޓެޑްގައި ހުރެ ފަސް ފަހަރު ޕްރިމިއާ ލީގާއި އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ސިޓީން ކެރިއަރު ފެށި ކެސްޕާގެ ވިދުން ގަދަވާން ފެށީ 2011 ވަނަ އަހަރު ލެސްޓާ އަށް ބަދަލުވި ހިސާބުންނެވެ. އޭގެ ކުރިން ލޯން އެއްބަސްވުމުގެ ދަށުން ކެސްޕާ ވަނީ ގިނަ ޓީމުތަކަކަށް ކުޅެފަ އެވެ.

ލެސްޓާ އިން 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރާއި މިދިޔަ ސީޒަނުގައި އެފްއޭ ކަޕް އަދި މި ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއިރު، އެ ޓީމުގައި ކެސްޕާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ އަކީ މިހާރު ލެސްޓާގެ ކެޕްޓަން ވެސް މެ އެވެ. އަދި ޑެންމާކް ގައުމީ ޓީމުގެ އެސިސްޓަންޓް ކެޕްޓަނެކެވެ.

ފީފާ އެވޯޑެއްގެ ފޮޓޯ ޝޫޓެއްގެ ތެެރެއިން ޕީޓަ ޝްމައިކަލް (ކ) އާއި ކެސްޕާ ޝްމައިކަލް.

ސްޕޯޓިން ލިޒްބަންގެ ގްލޯބަލް ސަމިޓްގައި ވާހަކަ ދައްކަމުން ފުޓްބޯޅައިގެ ލެގަސީ އާއިލާތަކުގައި ދިރުވުމުގެ މުހިއްމުކަމުގެ މައްޗަށް ޝްމައިކަލް ވަނީ ފުޅާދާއިރާއެއްގައި ވާހަކަ ދައްކައިފަ އެވެ. ޝްމައިކަލް ވަނީ ކުޅުމުގެ ކެރިއަރުގައި ސްޕޯޓިން އަށް ވެސް ދެ ސީޒަން ކުޅެފަ އެވެ.

"އަހަރެން މިހާރު އެންމެ އުފާވާ އެއް ކަމަކީ ކެސްޕާގެ ނަން މީހުން ދަންނަނީ ޝްމައިކަލްގެ ދަރިފުޅުގެ ގޮތުގައެއް ނޫން. މީހުންނަށް މިހާރު އަހަރެން އެބަ އެނގޭ ކެސްޕާގެ ބައްޕަގެ ގޮތުގައި. އެއީ ކެސްޕާގެ މަސައްކަތް ރަނގަޅުވީމަ. މިއީ އަހަރެން ފަހުރުވެރިކަމާ އެކު ފާހަގަކުރާ ކަމެއް،" ޔޫރަޕްގެ މޮޅު ގޯލްކީޕަރުގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ޝްމައިކަލް ބުންޏެވެ.

"ލެސްޓާ އިން ޕްރިމިއާ ލީގު ހޯދި ފަހަރު ކެސްޕާ އެ ދެއްކި ކުޅުން އަހަރެން ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ،"

ޝްމައިކަލް ބުނީ ޒުވާން ކީޕަރުން ކެސްޕާ އަކީ ރޯލް މޮޑަލެއްގެ ގޮތުގައި ދެކޭ މަންޒަރު ފެނުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށެވެ.

ކެސްޕާ އަކީ އަމިއްލަ މަސައްކަތުން ބުރަކޮށް މަސައްކަތް ކޮށްގެން އެންމެ މަތީ ލެވަލަށް ދިޔަ ކީޕަރެއްކަން ޝްމައިކަލް ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ޒުވާން އުމުރުގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލްތަކަށް ކެސްޕާ ދިޔައީ އާއިލާގެ ސަޕޯޓް ލިބެންޖެހޭ އެންމެ ރަނގަޅަށް ނުލިބި ކަމަށާއި އެކަނި ގިނަ ކަންކަން ކުރަން ކެސްޕާ އަށް ދަސްވީ އޭނާ ކެރިގެން ކަންކަމާ ކުރިމަތިލާން ފަސްނުޖެހޭތީ ކަމަށެވެ.

"އަހަރެން ފުޓްބޯޅަ ކެރިއަރުގެ ފަހު އަަަހަރުތައް ގުނިއިރު ކެސްޕާ ދިޔައީ އަހަންނާ ދުރުގައި ޔޫތު ލެވަލްގައި ކުޅެމުން. އޭނަ (ކެސްޕާ) ވަނީ ކެރިއަރުގައި އަމިއްލަ އަށް ގިނަ ނިންމުންތަކެއް ނިންމާފައި. އަހަރެން ދުވަހަކު ވެސް ކެސްޕާގެ ނިންމުމަކާ ދެބަހެއް ނުވަން. ބަލަނީ ދުރުގައި ހުންނަން ޖެހޭ ހާލަތުގައި ވެސް އޭނާ އަށް ސަޕޯޓް ދެވޭތޯ،" ޝްމައިކަލް ބުންޏެވެ.

ކެސްޕާ ވަނީ ބައްޕަ، ޝްމައިކަލްގެ ހަޔާތުން ގިނަ ކަންތައްތަކެއް ދަސްކުރި ކަމަށް ބުނެފަ އެވެ. އަދި ގޯލްކީޕަރެއްގެ ހަޔާތުގައި ކުރިމަތިވާނެ ހުރިހާ ހާލަތެއް ދެނެގަނެ ކުރިއަށްދާން އަބަދުވެސް ބައްޕަ ދޭ ސަޕޯޓް ފާހަގަކުރާ ކަމަށް ވެސް ކެސްޕާ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox