ރާއްޖޭގައި ހުންނަވާ އިންޑިއާގެ އާ ސަފީރަކަށް މަހާވަރު އައްޔަނުކުރައްވައިފި

Nov 5, 2021, 2:07 PM
އިންޑިއާގެ ރައީސް ކޯވިންދު (ކ) މަހާވަރު އަށް ލިޔުން ހަވާލުކޮށްދެއްވަނީ.

އިންޑިއާގެ ރައީސް ކޯވިންދު (ކ) މަހާވަރު އަށް ލިޔުން ހަވާލުކޮށްދެއްވަނީ.

އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައެޅި އާ ސަފީރު މުނޫ މަހާވަރު މިއަދު އެ މަގާމަށް އައްޔަނުކޮށްފި އެވެ.

މަހާވަރް އަށް ސަފީރުކަމަށް އައްޔަންކުރިކަމުގެ ލިޔުން ހަވާލުކުރެއްވީ ރަޝްޓްރަޕަތީ ބަވަންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް ރާމް ނާތު ކޯވިންދެވެ.

މަހާވަރް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ އަރިހަށް ޒިޔާރަތްކޮށް މަގާމުގެ ލިޔުމާ ހަވާލުވުމަކީ ލިބުނު ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށާއި އެމަނިކުފާނުގެ ލަފަޔާއި އިރުޝާދުތަކަށް ޝުކުރުވެރިވާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް މި ހަމަޖެއްސެވީ ސަންޖޭ ސުދީރުގެ ބަދަލުގަ އެވެ. ސުދީރު ވަނީ ދާދި ފަހުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ އިންޑިއާ ސަފީރަކަށް ހަމަޖައްސައިފަ އެވެ. ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ. އޭނާ ވަނީ މި ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމަށް އައިސް އިންޑިއާއާ ބަދަހި ކުރި ގުޅުމާ އެކު، ލިބުނު ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.

އާ ސަފީރު މަހާވަރް އެންމެ ފަހުން ހުންނެވީ އޮމާނުގައި ހުންނަވާ އިންޑިއާގެ ސަފީރުގެ ގޮތުގަ އެވެ. އިންޑިއާގެ ފޮރިން ސާވިސަސްއާ 1996 ވަނަ އަހަރު ގުޅުނު މަހާވަރް ވަނީ 1998-2001 އަށް ރަޝިއާގެ ވެރިރަށް މޮސްކޯ އަދި 2008-2011 އަށް ސްވިޒަލެންޑުގެ ޖެނީވާގެ ޑިޕްލޮމެޓިކް މިޝަންގައި މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ބޮޑުވަޒީރުގެ އޮފީހުގެ ޑިރެކްޓަރުކަމާއި އެކްސްޓާނަލް އެފެއާޒްގެ ޔޫއެން ޕޮލިޓިކަލް ޑިވިޝަނުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox