ގާނޫނު ހަދާ މެމްބަރުންނަށް ވެށީގެ ހިމާޔަތުގައި އަތާ އަތް ގުޅާލުމަށް ނަޝީދުގެ ދައުވަތެއް

ގާނޫނު ހަދާ މެމްބަރުންނަށް ވެށީގެ ހިމާޔަތުގައި އަތާ އަތް ގުޅާލުމަށް ނަޝީދުގެ ދައުވަތެއް

"ވެށި ހިމާޔަތް ކުރެވޭނީ އަހަރެމެންނަށް" ކަމަށް ވިދާޅުވެ، ވެށީގެ ހިމާޔަތުގައި ރާއްޖޭން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގާނޫނު ހަދާ މަޖްލިސްތަކުގެ މެމްބަރުންނަށް ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.

ސްކޮޓްލެންޑުގެ ވެރިރަށް ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގެ ހަވާސާގައި މެމްބަރުންނަށް ހާއްސަކޮށްގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ދަންފަޅީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ތިމާވެށީގެ ހިމާޔަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރުވޭނީ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނަށް ކަމަށެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ވެވޭ ވައުދުތައް، ގާނޫނީ އިމުގެ ތެރެއިން ފުއްދޭނެ ގޮތް، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން ނަޝީދު ވަނީ ޕްލާސްޓިކް ކޮތަޅު ރާއްޖޭން މަދުކުރުމަށް ކުރި މަސައްކަތް ފާހަގަކުރައްވާފަ އެވެ. މަޖިލީހުން ފާސްކުރި ގާނޫނަކާ އެކު، މިހާރު ރާއްޖެ އަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގާނެ އެވެ.

"އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގެ މެދުތެރޭގައި އުޅޭ ބައެއް. ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ޗާޓުގައި ނުފެނިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ މިކަން ކުރަން. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ، ގާނޫނެއްގެ ތެރެއިން ވައުދެއް ފުއްދޭނެގޮތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް މަޖިލީހުން ގިނަ މަަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އެހީތެރިކަން ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު މިއަދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެއްކަމަކީ މޫސުމީ ބަދަލުތަކުން ރާއްޖެ އަށް ލިބޭ ގެއްލުންތަކާ މެދު އެވެ. އެމަނިކުފާނު ވިދާޅުވީ "މިހާރު ވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ގިރަމުން ދާތަން" ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ، ވައި ގަދަކަން، ރާޅުތައް މާ ގަދަކަން، ހޫނު މޫސުންތައް ގިނަކަން. އަޅުގަނޑުމެންގެ މުރަކަ ފަރުތައް ބްލީޗްވެފައި، އަޅުގަނޑުމެންގެ ބަޔޯޑައިވާސިޓީ ގެއްލި، އެން ނުލިބޭތީ ކަނޑުމަސް އިންޑަސްޓްރީތައްވެސް ގެއްލެނީ. އަޅުގަނޑުމެންގެ ފެން ތަގައްޔަރުވެ، އަޅުގަނޑުމެންގެ ފެން އަޅުގަނޑުމެން ނަށް ޖެހޭނީ ޑީސެލިނޭޓް ކުރަން،" މޫސުމީ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ އަޑިއަށްދާތަން ބަލަން ހުންނަން އެމަނިކުފާނު ބޭނުން ނުވާ ކަމަށެވެ. އަދި ގައުމު އަޑިއަށް ދިއުމުގެ ކުރިން ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނައިިރު، އެކަމުގައި އެހެން ގައުމުތަކުގެ އެއްބާރުލުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

ނަޝީދު ވަނީ 2030 ގެ ކުރިން އިންޑިއާ އިން ކަރަންޓުގެ 50 ޕަސެންޓް ދެމެހެއްޓެނިވި ވަސީލަތްތަކުން އުފައްދަން ވައުދުވުމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ތައުރީފުކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ ދެމެހެއްޓެނިވި ވަސީލަތްތަކުގެ އެހީގައި ކަރަންޓު އުފެއްދުމަށް ދުނިޔޭން ކުރާ މަސައްކަތް ލީޑުކުރަން އިންޑިއާއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

މޫސުމީ ބަދަލުގެ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ އެމްބިޝަން އެމްބެސެޑަރުގެ ދައުރު ވެސް އަދާ ކުރައްވާ ނަޝީދަކީ، އެމަނިކުފާނުގެ ވެރިކަމުގައި، ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންގައި އޮތް ކޮޕް ސަމިޓުގައި ވެސް ވަރަށް ބޮޑަށް އަޑުއުފުލެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން ހޯއްދެއްވުމަށް ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox