ބަހްރޭނުން ރާއްޖޭގެ ކުޅިވަރަށް ބޮޑު ފުރުސަތުތަކެއް ފަހިކޮށްދެނީ

Nov 5, 2021, 2:44 AM
ބަހްރޭންގެ އެފްއޭ ރައީސް ޝެއިހް އަލީ (ވ) އާއި މިނިސްޓަރު މަހުލޫފް.-- ފޮޓޯ: މިނިސްޓަރު މަހުލޫފް/ޓްވިޓާ

ބަހްރޭންގެ އެފްއޭ ރައީސް ޝެއިހް އަލީ (ވ) އާއި މިނިސްޓަރު މަހުލޫފް.-- ފޮޓޯ: މިނިސްޓަރު މަހުލޫފް/ޓްވިޓާ

ޔޫތު މިިނިސްޓަރު އަހުމަދު މަހުލޫފް މިހާރު ބަހްރޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ކުޅިވަރަށް ފަހި ފުރުސަތުތަކެއް ހޯދައިދެއްވުމަށް ބަހްރޭނުގެ ކުޅިވަރުގެ އިސް ފަރާތްތަކާ މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިނިސްޓަރު މަހުލޫފްގެ ސަސްޕެންޝަން މިދިޔަ މަހުގެ ކުރީކޮޅުގައި އުވާލުމާ އެކު މިނިސްޓަރު އަންނަނީ ވަރަށް އެކްޓިވްކޮށް ކުޅިވަރުގެ އެކި މަސައްކަތްތަކުގައި އުޅުއްވަމުންނެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި މިނިސްޓަރު މަހުލޫފްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވުމާ ގުޅިގެން އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމަށް ފަހު އަލުން ޒިންމާއާ ހަވާލުވީ ހަަތަރު މަސް ފަހުންނެވެ.

Advertisement

މިނިސްޓަރު މި ވަގުތު ބަހުރޭނުގައި ހުންނެވިއިރު، މިހާތަނަށް ވަނީ ބަހްރޭނުގެ ޔޫތު އެންޑް ސްޕޯޓްސް އެފެއާޒް މިނިސްޓަރު އައިމަން ތައުފީގް އަބްދުއްރަހްމާން އާއި ބަހްރޭނުގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސާއި ބަހްރޭން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް އަދި ބަހްރޭންގެ ހޭންޑްބޯލް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފަ އެވެ.

ބަހްރޭން ޔޫތު މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ބަހްރޭނާއި ރާއްޖެއާ ދެމެދު ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ.

މި ދަތުރުފުޅުގައި މިހާތަނަށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމަށް ބަހްރޭނުގައި ޓްރެއިނިން ކޭމްޕް ގެންދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ވާހަކަ ދެކެވުނެވެ. އަދި ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ބަހްރޭނާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދޭން މަޝްވަރާ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމާއި ބަހްރޭންގެ ފުޓްބޯޅަ އެފްއޭއާ ދެމެދު ބަދަހި ގުޅުމެއް އޮތްއިރު، ދެ ގައުމުގެ ފުޓްބޯޅައިގެ ރަސްމީ އިދާރާ ގުޅިގެން މުސްތަގުބަލަށް މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox