ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރެއްވި ދަތުރު ނިންމަވާލައްވައިފި

ރައީސް ސޯލިހު ކޮޕް26 ސަމިޓުގައި. މިއީ މިދިޔަ 12 އަހަރު ތެރޭ ރާއްޖޭގެ ވެރިޔަކު އެ ސަމިޓުގައި ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރު-- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ކޮޕް26 ސަމިޓުގައި. މިއީ މިދިޔަ 12 އަހަރު ތެރޭ ރާއްޖޭގެ ވެރިޔަކު އެ ސަމިޓުގައި ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރު-- ފޮޓޯ: ރައީސް އޮފީސް

ކޮޕް26 ސަމިޓުގައި ބައިވެރިވެވަޑައިތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހު ސްކޮޓްލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުގައި ރައީސް ވަނީ ކޮޕް26ގައި ކުރިޔަށް ދިޔަ މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އަދި ޖައްވަށް ވިހަ ގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން، ޒިންމާ އަދާކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ރައީސް ވަނީ އެ ސަމިޓުގައި ވަކާލާތުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ރައީސް ސޯލިހު ވަނީ ކޮޕް26ގެ ވޯލްޑް ލީޑާސް ސަމިޓްގައި ދެއްވި ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތާ ބެހޭގޮތުން ވާހަކަފުޅުދައްކައި، ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންއިރަކުންތޯ ވެސް ސުވާލުކުރައްވާފަ އެވެ.

ވާހަކަގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި ހިއްސާކުރައްވާފަ އެވެ.

އަދި ފާއިތުވި އެއްމަސްތެރޭ އެމަނިކުފާނު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ވެސް ހިއްސާކުރައްވައި ރަށަކަށްފަހު ރަށެއް ކަނޑު އަޑިޔަށް ދިއުމުގެ ބިރު ރާއްޖެއަށް މިހާރު ކުރެވެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންހެން އާދަޔާ ހިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަވާކަމަށް ވިދާޅުވެ، އެއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަމަށް ވެސް ވިދާޅުވެފަ އެވެ.

ދަތުރުގައި ރައީސް ވަނީ ދުނިޔޭގެ ލީޑަރުންނާއި މަތީ ފަންތީގެ އެކިއެކި މަންދޫބުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)، ކޮމަންވެލްތު ހައި-ލެވެލް ޕެނަލް ޑިސްކަޝަން އާއި އިންޓާނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)ގެ އެނާޖީ ޓްރާންސިޝަން އެކްސެލެރޭޓާ ފައިނޭންސިން ޕްލެޓްފޯމް (އީ.ޓީ.އޭ.އެފް) އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އަދި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދަތުރުގައި ރައީސް ވަނީ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖެއްސި އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކުރީގެ ހައި ކޮމިޝަނަރު، ޕްރިންސް ޒެއިދު އަލް ހުސައިންއާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ.

ރައީސްގެ މި ދަތުރަކީ މިދިޔަ 12 އަހަރު ތެރޭ ރާއްޖޭގެ ވެރިޔަކު އެ ސަމިޓުގައި ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރެވެ. ކޮޕް26 އަށްފަހު ރައީސް ވަނީ ލަންޑަނުގައި އޮތް ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) އަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ.

ކޮޕް26 އަށް ކުރެއްވި ދަތުރުގައި ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox