ޕެގަސޫސް ސްޕައިވެއާ އުފައްދާ އިޒްރޭލުގެ ކުންފުނި އެމެރިކާ އިން ބްލެކްލިސްޓުކޮށްފި

ޕެގަސޫސް ސްޕައިވެއާ އުފައްދަނީ އިޒްރޭލުގެ އެންއެސްއޯ ގްރޫޕުން.

ޕެގަސޫސް ސްޕައިވެއާ އުފައްދަނީ އިޒްރޭލުގެ އެންއެސްއޯ ގްރޫޕުން.

ޖާސޫސްކުރަން ބޭނުންކުރާ ޕެގަސޫސް ސްޕައިވެއާ އުފައްދާ އިޒްރޭލުގެ ކުންފުނި އެމެރިކާ އިން ބްލެކްލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމަނައިފި އެވެ.

އެންއެސްއޯ ގްރޫޕާ މެދު ޝަކުވާ ބޮޑުވީ އެތައް ހާސް އެކްޓިވިސްޓުންނާއި ނޫސްވެރިންނާއި ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް ޖާސޫސްކުރިކަން ފަޅާއެރުމުންނެވެ.

ޕެގަސޫސް ސްޕައިވެއާގެ އަސަރުކުރާ ސްމާޓްފޯނުތައް ބަދަލުވަނީ އެންއެސްއޯ ގްރޫޕުގެ ކްލަޔަންޓުންނަށް ފަސޭހައިން ޖާސޫސްކުރެވޭނެ ވަސީލަތަކަށެވެ. އެގޮތުން ފީނުގައި ހުންނަ މެސެޖާއި، ފޮޓޯތައް ބަލައި، ލޮކޭޝަން ޓްރެކްކޮށް، ފޯނުގެ ވެރިފަރާތަށް ނޭނގި ކެމެރާ ވެސް ޖެއްސެ އެވެ.

"މި ކަންކަމާ ހެދި ބޭރުގެ ސަރުކާރުތަކުން އިންސާނީ ހައްގުތަކަށް އަރައިގަނެ، ހުދުމުހުތާރު އަމަލުތައް ހިންގަން ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް އަމާޒުކޮށް އިދިކޮޅު ފިކުރު ކަނޑުވާލި،" އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ބުންޏެވެ.

އެންއެސްއޯ ގްރޫޕުގެ އިތުރުން އިޒްރޭލުގެ ކަންޑިރޫ ކުންފުންޏާއި، ސިމްގަޕޫރުގެ ކޮމްޕިއުޓާ ސެކިއުރިޓީ އިނީޝިއޭޓިވް ކޮންޒަލްޓެންސީ ޕީޓީއީ (ކޮސެއިންކް) އަދި ރަޝިއާގެ ޕޮޒިޓިވް ޓެކްނޮލޮޖީޒް އަށް ވެސް އެ ތުހުމަތުތައްކޮށް އެމެރިކާ އިން ވަނީ ބްލެކްލިސްޓުކޮށްފަ އެވެ.

"އެންޓިޓީ ލިސްޓު"ގައި އެ ކުންފުނިތައް ހިމެނުމުން އެމެރިކާގެ އެއްވެސް ކުންފުންޏަކުން އެ ކުންފުނިތަކަށް އެއްވެސް މުދަލެއް އަދި ހިދުމަތެއް ދިނުން މަނާވާނެ އެވެ. އެގޮތުން އެމެރިކާގެ ދިރާސާކުރާ ފަރާތްތަކަށް އެ މީހުންނަށް މައުލޫމާތާއި ޓެކްނޮލޮޖީ ވިއްކުން މަނާވާނެ އެވެ.

އެ ނިންމުމަށް ފާޑުކިޔުމަށް ފަހު އެންއެސްއޯ ގްރޫޕުން ބުނީ އެ މީހުންގެ ޓެކްނޮލޮޖީއަކީ "އެމެރިކާގެ ސަލާމަތީ މަސްލަހަތާއި ސިޔާސަތުތައް ރައްކާތެރިކޮށްދޭ" ވަސީލަތެއް ކަމަށެވެ.

"މި ނިންމުން ބަދަލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އެންއެސްއޯ ގްރޫޕުގެ ތަރުޖަމާނަކު ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ އެ މީހުންގެ ޓެކްނޮލޮޖީ ބޭނުން ކުރާ ގޮތް ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން "ޕްރޮޑަކްޓްގެ ބޭނުން ނާޖައިޒު ގޮތުގައި ހިފި ކްލަޔަންޓުންގެ އެއްބަސްވުން އުވާލާފައި" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox