ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު މުޅިން އަލަށް ހައްދާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ބޭންކުން ފަށައިފި އެވެ.
ބޭންކްގެ ކްރެޑިޓް ކާޑު އަލަށް ހައްދާ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އަދި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 2500 ރުފިޔާގެ ކޭޝްބެކް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަގުހުރި އިނާމު ހޯދުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ވަނީ ހުޅުވާލާފަ އެވެ.
އެގޮތުން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000ރ. ގެ ގިފްޓް ކާޑެއް ލިބުމުގެ އިތުރުން ނަސީބުވެރި ފަރާތަކަށް 100،000ރ. އާ ހަމަޔަށް ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އުނިވެގެން ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ޕްރޮމޯޝަން ގެ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.
މިދިޔަ ހަފުތާ ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.










