ރޭޕްގެ ދައުވާއިން ހައިކޯޓުގައި ވެސް އާޓިސްޓް ފާއިޒަށް ސަލާމަތެއް ނުވެވުނު

ގދ. ތިނަދޫ ހަސަން ފާއިޒު (ޖޭސަން): ރޭޕްގެ ދައުވާއިން ސަލާމަތެއް ނުވެވުނު

ގދ. ތިނަދޫ ހަސަން ފާއިޒު (ޖޭސަން): ރޭޕްގެ ދައުވާއިން ސަލާމަތެއް ނުވެވުނު

މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލާގައި އާޓިސްޓެއް ކަމަށްވާ ގދ. ތިނަދޫ ހަސަން ފާއިޒު (ޖޭސަން)ގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއިދުކޮށްފި އެވެ.

ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާންގެ ކޮއްކޮ ފާއިޒުގެ މައްޗަށް ރޭޕްގެ ތުހުމަތު, ޒުވާން އަންހެނަކު ކުރީ 2018 ވަނަ އަހަރު އެވެ. އެ ޒުވާން އަންހެނަކީ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް ފާއިޒުގެ އާޓް ސްޓޫޑިއޯއަށް ދިޔަ އާޓިސްޓެކެވެ. އެތަނަށް ގެންގޮސް އޭނާއާ ގަދަކަމުން ބެހުނީ ކަމަށް އެ ކުއްޖާ ބުނެ އެވެ.

އެއާއެކު އޭނާ ހައްޔަރުކޮށް ދައުވާ އުފުލި އެވެ. މައްސަލާގެ ޝަރީއަތް ހިންގުމަށްފަހު ކުރިމިނަލް ކޯޓުން ކަނޑައަޅީ, ރޭޕްގެ ކުށް ފާއިޒުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އޭނާގެ މައްޗަށް އެ ކޯޓުން އިއްވި 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ފާއިޒު އިސްތިއުނާފުކުރި އެވެ. އޭނާގެ މައިގަނޑު ނުކުތާއަކަށްވީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމުގައި ހެކި ވަޒަންކުރުން ގޯސް ކަމެވެ.

އޭނާ ހައިކޯޓުގައި ފާހަގަކުރި ގޮތުގައި ދަށު ކޯޓުން ހެކި ވަޒަންކޮށްފައިވަނީ އަނިޔާ ލިބުނު ފަރާތް އެކި ފަރާތްތަކަށް ކިޔާދީފައިވާ ކިޔާދިނުމަށް ބުރަދަން ދީގެން މާ ދަށް މިންގަނޑަކުން ކަމެވެ. އެކަމަށް ރައްދުގައި ދައުލަތުން ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާއިން އެކަމަށް ފަނޑިޔާރުންނަށް އިހްތިޔާރު ދީފައިވާ ކަމަށެވެ.

މައްސަލާގައި ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނި ގޮތުގައި ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާ ބެލުމުން އަނިޔާގެ ޝިކާރައަށްވާ ފަރާތް މި މާއްދާގައި ބަޔާންކުރާ ފަރާތްތަކަށް ކިޔާދީފައިވާ ކިޔާދިނުމުގެ މައްޗަށް އެފަރާތްތަކުން ދޭ ބަޔާނަކީ ޝަރީއަތުގައި ބުރަދަން ދެވޭނެ ހެއްކެއްކަން އެނގެ އެވެ.

ގަދަކަމުން ނުރުހުމުގައި ޖިންސީ ގުޅުން ހިންގި ކަމާމެދު ފާއިޒު އިންކާރު ކުރެ އެވެ. ނަމަވެސް, ހުކުމްގައި ބުނީ ރުހުން އޮތްކަމާމެދު ފަރާތުން އިންކާރުކޮށްފައިވާއިރު އަދި އެކަމުގެ މައްޗަށް ހެކިތައް ހުށަހެޅިފައިވާއިރު، އެ އަމަލު ހިންގާފައިވަނީ އަނިޔާލިބުނު ފަރާތުގެ ރުހުން އޮވެގެންކަން ފާއިޒްއަށް ދަށު ކޯޓުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ހައިކޯޓުގައި ފާއިޒު ބުނެފައިވަނީ ޝަރުއީ މިންގަނޑުން ބަލާއިރު ތުހުމަތުކޮށްފައިވާ ކުށުގެ އަމަލުން ފުރިހަމަވާ ކުށަކީ ޒިނޭ ކަމަށާއި ނަމަވެސް ރޭޕްގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާ، އެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.

ދައުލަތުން ޖަވާބުގައި ބުނެފައިވަނީ ޒިނޭ އާއި ރޭޕްގެ ކުށް އެއްހަމަކުރަނީ ގާނޫނީ އަސާސެއް ނެތި ކަމަށާއި ދަށު ކޯޓަށް ހުށަހެޅި ދަޢުވާއަކީވެސް ރޭޕްކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ ކުށުގެ އުންސުރުތައް ސާބިތުކޮށްދީފައިވާ ކަމަށެވެ.

ހައިކޯޓުން ވެސް ދައުލަތަށް ތާއިދުކޮށް ބުނި ގޮތުގައި ދަށު ކޯޓުން ގާނޫނު މާނަކުރުމުގައި ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި އަރާފައިވާ އޮޅުމެއް ނުވަތަ ދަށު ކޯޓުން ހިލާފުވުވެފައިވާ ގާނޫނީ އުސޫލެއް ފާއިޒަށް ބުނެދެވިފައިނުވާތީ, އެކަމުގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށެވެ.

"އެހެންކަމުން ދަށު ކޯޓުން މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމަށްވާތީ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ހަމައެއް ނެތް," ހުކުމްގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox