މެންދަމު ލަވަ ޖަހާ، ޣައިރު ދީންތަކުގެ ދުވަސްތައް ފާހަގަކުރާތީ މާފުށި ކައުންސިލުން އިންޒާރު ދީފި

މާފުށީގައި ޓޫރިސްޓުން ބޭނުންކުރަން ހާއްސަކޮށްފައިވާ ބީޗު ސަރަހައްދު: މާފުއްޓަކީ ލޯކަލް ޓޫރިޒަމުގައި އެންމެ ފުންނާބު އުސް އެއް ރަށް. -- ފޮޓޯ: އައިޓިނަރީ

މާފުށީގައި ޓޫރިސްޓުން ބޭނުންކުރަން ހާއްސަކޮށްފައިވާ ބީޗު ސަރަހައްދު: މާފުއްޓަކީ ލޯކަލް ޓޫރިޒަމުގައި އެންމެ ފުންނާބު އުސް އެއް ރަށް. -- ފޮޓޯ: އައިޓިނަރީ

ޓޫރިސްޓުންގެ މެދުގައި މަގުބޫލު މާފުށީގައި ދީނާ ހިލާފު ކަންކަން ކުރުމާއި އެހެން ދީންތަކުގެ ދުވަސްތައް ފާހަގަކުރާ މައްސަލައިގައި އާންމުން ޝަކުވާކުރާތީ އެފަދަ ކަންކަން ކުރާ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު މާފުށި ކައުންސިލުން މިއަދު ދީފި އެވެ.

މި މައްސަލައިގައި މާފުށި ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ކައުންސިލުން ވިޔަފާރީގެ ބޭނުންތަކަށް ދޫކޮށްފައި ހުންނަ ބިންތަކުގައި މިފަދަ ކަންކަން ކުރާ ކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. އަދި ބައެއް ފަހަރު އެ ބިންތަކާ ކައިރީގައި އޮންނަ މަގުތައް ހުއްދަ ނެތި ބަންދުކޮށްގެން މިފަދަ ކަންކަން ކުރާ ކަމަށް ވެސް ބުންޏެވެ.

މާފުށި ކައުންސިލުގެ ބަޔާނުގައި ފާހަގަކުރި މައްސަލަތައް

އިސްލާމީ އަހުލާގުން ބޭރުން ވިޔަފާރި ބިންތަކުގައި އަމަލުކުރުން

  • ނަމާދު ގަޑިތަކާއި މެންދަމު 12 ގެ ފަހުން އަޑުގަދަކޮށް ބާރަށް ލަވަ ޖެހުން
  • ކައުންސިލުގެ ހުއްދަ ނެތި މަގުތައް ބަންދުކޮށްގެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ޣައިރު މުސްލިމުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުން

ކައުންސިލުގެ އިއުލާނާ ގުޅިގެން މާފުށީ ކައުންސިލުގެ ރައީސް ހަސެން ސޮލާހު "އަދަދު"އަށް ވިދާޅުވީ، މިކަން އާންމުކޮށް އަންގާ އިއުލާނުކުރީ އާންމުންގެ ފަރާތުން މިކަންކަމުގެ ޝަކުވާތައް ތަކުރާރުކޮށް ލިބެމުން އަންނާތީ ކަމަށެވެ. އަދި ވިދާޅުވީ ބަޔާން ނެރުނީ މިކަންކަން ތަކުރާރު ނުކުރަން ނަސޭހަތްތެރިވުމުގެ ގޮތުން ކަމަށެވެ.

"އާންމުންގެ ފަރާތުން އެބަހުރި އާންމުންނަށް ފެންނަ ތަންތަނުގައި ކުރު ހެދުން ލައިގެން ނެށުމާއި، ދީނީ މިންގަނޑުން ބޭރު ކަންކަން ކުރާ ކަމަށް," ސޮލާހު ވިދާޅުވި އެވެ.

ސޮލާހު އިތުރަށް ވިދާޅުވީ، ކައުންސިލުން ކުއްޔަށް ނަގާފައިވާ ބިމެއްގައި މިފަދަ އެއްވެސް ކަމެއް ކުރާނަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުންތައް ބާތިލުކުރަން ކައުންސިލަށް ލިބޭ އިހްތިޔާރުގެ ބޭނުން ހިފަން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުން ބާތިލުކުރަން ތައްޔާރަށް މިތިބީ. އެކަމަކު މިހާތަނަށް ވެސް ގިނަ ގެސްޓުހައުސްތަކުގެ އެއްބާރުލުން ލިބުނު. މިފަހަރު ވެސް ލިބޭނެ ކަމަށް އުއްމީދުކުރަނީ" ސޮލާހު ވިދާޅުވި އެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ވެސް ވަނީ އެއްބަސްވި ގޮތާ ހިލާފަށް ބިންތަކުގައި ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމަށާއި، ބިން ދޫކޮށްފައިވާ ބޭނުމެއްގައި ބިން ބޭނުންކުރުމުގެ ކުރިން ލިޔުމުން ކައުންސިލުގެ ހުއްދަ ހޯދަން އަންގާފަ އެވެ. އަދި އެ ނޫން ގޮތަކަށް އެއްވެސް ބިމެއް ބޭނުން ކުރާނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ބުންޏެވެ.

މާފުށި ގެސްޓްހައުސްއެއްގައި ހެލޮވީން ފާހަގަކުރަން ބަހައްޓާފައި ހުރި ޑެކަރޭޝަނެއް. -- ފޮޓޯ: ޔޫޓިއުބް
މާފުށި ގެސްޓްހައުސްއެއްގައި ހެލޮވީން ފާހަގަކުރަން ބަހައްޓާފައި ހުރި ޑެކަރޭޝަނެއް. -- ފޮޓޯ: ޔޫޓިއުބް

މާފުށި ގެސްޓްހައުސްއެއްގައި ހެލޮވީން ފާހަގަކުރަން ބަހައްޓާފައި ހުރި ޑެކަރޭޝަނެއް. -- ފޮޓޯ: ޔޫޓިއުބް

މާފުށިން މައުލޫމާތު ދިން މީހަކު ނަން ނުޖަހަން ޝަރުތުކޮށް މި ނޫހަށް ބުނީ އެ ރަށު ބައެއް ގެސްޓްހައުސްތަކުން މިކަންކަން ތަކުރާރުކުރަމުން އަންނަ ކަމަށެވެ. އަދި މިފަހުން ވެސް ނަސާރާ ދީނުގައި ފާހަގަކުރާ ދުވަހެއް ކަމުގައިވާ "ހެލޮވީން" އެ ރަށު ބައެއް ގެސްޓްހައުސްތަކުގައި ފާހަގަކުރި ކަމަށެވެ.

"އިހަށް ދުވަހު މިކޮޅުގެ ބައެއް ގެސްޓްހައުސްތަކުން ހެލޮވީން ބެނާ ދަމައިގެން ބޮޑެތި ޑިނާ ބޭއްވި." އޭނާ ބުންޏެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމް ރަށްތަކުގެ ތެރެއިން ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު އެއް ރަށެވެ. މާލެ ނަގާފައި މި އަތޮޅުގެ އެންމެ ގިނަ އަދަދެއްގެ ގެސްޓުހައުސްތަކާއި ހޮޓާތައް ވެސް ހުންނަނީ މާފުށީ ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox