މޫސުމީ ބަދަލާ ގުޅިގެން އަޅަން ޖެހެނީ އުނދަގޫ، އެކަމަކު މަޖުބޫރު ފިޔަވަޅުތަކެއް: ޝާހިދު

މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 ފެށުމުގެ ގޮތުން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އދ.

މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 ފެށުމުގެ ގޮތުން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އދ.

ގައުމުތަކަށް އަޅަން ޖެހިފައި ވަނީ އުނދަގޫ އެކަމަކު މަޖުބޫރު ފިޔަވަޅުތަކެއް ކަމަށް މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 ފެށުމުގެ ގޮތުން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސްކޮޓްލޭންޑުގެ ގްލާސްގޯގައި އާދީއްތަ ދުވަހުގެ ރޭ އދ. ގެ ކޮންފެރެންސް ފައްޓަވައިދެއްވަމުން ޝާހިދު ވަނީ ގައުމުތަކުން ލަސްނުކޮށް މޫސުމީ ބަދަލު ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅައި ދުނިޔެ ސަލާމަތް ކުރުމަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިވެފައި މި އޮތީ ދިރިހުރުމާއި ނެތިދިއުމާ ގުޅިފައިވާ ކާރިސާއެއް. މި ކާރިސާއާ ކުރިމަތިލުމުގެ ގާބިލްކަމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި. އެކަމަކު އަޅުގަނޑުމެން މި ތިބީ ހަމަ އަތް އުރާލައިގެން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މޫސުމީ ބަދަލާ ގުޅޭ ބަހުސް ކުރުމުގައި އަހަރުތަކެއް ހޭދަކުރެވިއްޖެ ކަމަށާއި އެކަމަކު މިހާތަނަށް ވެސް "ފުރިހަމަ ނިޔަތާއި ޔަގީންކަމާއެކު ފިޔަވަޅު އެޅިފައި ނުވާ" ކަމަކީ މިއަދުގެ ހިތި ހަގީގަތް ކަމަށެވެ.

"އަނެއް ހަގީގަތަކީ މިއީ، މި ހާލަތު މުޅިން އަނެއް އަތަށް އަނބުރާލުމުގެ ގާބިލްކަން ވެސް އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް،" ފިޔަވަޅު އެޅުމަށް ބާރު އަޅުއްވަމުން ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ޒިންމާއާ ހަވާލުވި ފަހުން، އެހެން އެއްވެސް މައުޟޫއަކަށް ވުރެ ބޮޑަށް އިވިފައި ވަނީ މޫސުމީ ބަދަލުގެ ވާހަކަ ކަމަށެވެ.

"އެކި މީހުން މި ވާހަކަ ދައްކާ އަޑުގެ ބަރުމިން ތަފާތު ވިޔަސް، އެންމެންގެ މެސެޖަކީ ވެސް ހަމަ އެކައްޗެއް. އެއީ 1.5 ޑިގްރީ ޓާގެޓުގައި ހިފެހެއްޓުމުގެ މުހިއްމުކަން، ނާޒުކު އާބާދީތަކަށް އެހީވުމުގެ މުހިއްމުކަން، ޓެކްނޮލޮޖީގެ ގޮތުން ލިބިފައިވާ ކުރިއެރުންތަކުގެ ފައިދާ ނުހޯދާ ތިބުމުގެ ޒިންމާދާރުކަން ކުޑަކަން އަދި އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމުގެ މުހިއްމުކަން،" ޝާހިދު ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ މީގެ ހަ އަހަރު ކުރިން ޕެރިހުގައި އޮތް މޫސުމީ ބަދަލާ ގުޅޭ ބައްދަލުވުމުގައި ދުނިޔެ ހޫނުވުން 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް އެއްބަސްވުމަށް ފަހު ގައުމުތަކުން އުފާ ފާޅުކުރި ކަމަށެވެ.

"އެކަމަކު ޕެރިހަށް ފަހު، ތާރީހުގައި ފުރަތަމަ ފަހަރަށް ގްރީންލޭންޑުގެ އެންމެ އުސް ހިސާބަށް ވާރޭ ވެހިއްޖެ. އެޓްމޮސްފިއާގައި ހުރި ކާބަންގެ އަދަދު ރިކޯޑު މިންވަރަށް މަތިވެއްޖެ. އާދަޔާ ހިލާފަށް ހޫނުގަދަވެ ގައުމުތައް އަނދައިފި. ވާރޭ ނުވެހުމާއި، ތޫފާނާއި، ޖަންގަލީގައި ރޯވުމާއި، ފެންބޮޑުވުމުގެ އަސަރު ކުރިއަށް ވުރެ ވަރުގަދަވެ، އަވަސްވެ، އާއްމުވެއްޖެ. ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުން. ކުދި ގައުމުތަކުގައި އައްސޭރި ފަށުގައި އުޅޭ މީހުން ނުރައްކަލަށް ހުށަހެޅިފައި،" މިއަދުގެ ހާލަތު ބަޔާންކޮށްދެއްވަމުން ޝާހިދު ވިދާޅުވި އެވެ.

"ސައިންސް ފެންނަން އެބަ އޮތް. ވަސީލަތް އެބަ ހުރި. އަވަސް ވާން ޖެހޭ ކަމަށް އެއްބަސްވެވޭ. އެހެންވީމަ މި ތިބެނީ ކީއްވެގެންތޯ؟"

ޝާހިދު ގައުމުތަކަށް ގޮވާލެއްވީ މޫސުމީ ބަދަލާ ގުޅޭ ފިޔަވަޅު އެޅުމަށް އިހްތިޔާރު ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި އަޅަން ޖެހެނީ "އުނދަގޫ އެކަމަކު މަޖުބޫރު ފިޔަވަޅުތަކެއް" ކަމަށެވެ.

ސްކޮޓްލޭންޑުގެ ގްލާސްގޯގައި އާދީއްތަ ދުވަހުގެ ރޭ ފެށި ކޮޕް26 ބައްދަލުވުން ކުރިއަށް ދާނީ ނޮވެމްބަރު 12 ގެ ނިޔަލަށެވެ. ދުނިޔޭގެ ގައުމުތަކުން އދ. ގެ މި ކޮންފެރެންސަށް ޖަމާވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރަމުންދާ މޫސުމީ ބަދަލުގެ އަސަރު ކުޑަ ކުރަން ކުރާނެ ކަންކަމާ މެދު ގޮތް ނިންމައި، އެއްބަސްވުމަކަށް އައުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox