ފަތުވާ މަޖިލީހުގެ ވެބްސައިޓު ލޯންޗުކޮށްފި

ސުޕްރީމް ކައުންސިލް ފޯ ފަތުވާ ގެ ރަސްމީ ވެބްސައިޓް މިއަދު ލޯންޗުކުރުމުގެ ތެރެއިން އެ މަޖިލީހުގެ މެމްބަރުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސުޕްރީމް ކައުންސިލް ފޯ ފަތުވާ ގެ ރަސްމީ ވެބްސައިޓް މިއަދު ލޯންޗުކުރުމުގެ ތެރެއިން އެ މަޖިލީހުގެ މެމްބަރުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ކަމުގައިވާ ސުޕްރީމް ކައުންސިލް ފޯ ފަތުވާ ގެ ރަސްމީ ވެބްސައިޓް މިއަދު ލޯންޗުކޮށްފި އެވެ.

ފަތުވާ މަޖިލީހުގެ ރަސްމީ ވެބްސައިޓް ލޯންޗުކުރީ މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ދީނީ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ފަތުވާ މަޖިލިސް ފަދަ އިދާރާތަކުގެ ވެބްސައިޓެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ވަނީ އާންމު ފަރާތްތަކަށް ފަސޭހައިން ހިދުމަތް ހޯދޭނެ އިންތިޒާމެއް ވެބްސައިޓް މެދުވެރިކޮށް ހަމަޖެއްސުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުވައްޒަފުންގެ ކިބައިން ވެސް މިއަދު އެދިވަޑައިގެންފަ އެވެ.

ފަތުވާ މަޖިލީހުން މިއަދު ލޯންޗު ކުރި އާ ވެބްސައިޓަކީ އެ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ހިދުމަތްތައް އާންމުނަށް ގެނެސް ދިނުމަށް ލޯންޗު ކުރި ވެބްސައިޓެއްކަމަށް އެ މަޖިލީހުން ބުނެ އެވެ.

އެ މައުލޫމާތުގެ އިތުރުން އެ ވެބްސައިޓު މެދުވެރިކޮށް ފަތުވާ މަޖިލީހުގެ އެންމެ ފަހުގެ މައުލޫމާތާއި ފޮޓޯއާއި، އަދި ޝާއިއުކޮށްފައިވާ ފޮތްތައް ވެސް އާންމުންނަށް ލިބެން ހުންނާނެކަމަށް ފަތުވަ މަޖިލީހުން ބުނެ އެވެ.

ފަތުވާ މަޖިލީހަކީ 2016 ވަނަ އަހަރު ވުޖޫދަށް އައި ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި އާންމުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގުހީ އާ މައްސަލަތަކުގެ ދިރާސާކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި ތައާރަފްކުރެވުނު ދީނީ ކަންކަމުގައި ލަފާ އަރުވާ އެންމެ މަތީ މަޖިލީހެވެ.

ފަތުވަ މަޖިލީހުގައި މިވަގުތު ތިއްބަވަނީ ތިން މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސް އަދި ކުރީގެ އުއްތަމަފަނޑިޔާރު ޑރ. މުހައްމަދު ރަޝީދު އިބްރާހިމް، ޑރ. މޫސާ އަންވަރު ހަސަން އަދި އަލްއުސްތާޒް އިސްހާގު މުޙައްމަދުފުޅު އެވެ. މަޖިލީހުގައި ކުރިން ތިއްބެވި މެމްބަރުންގެ ތެރެއިން އައްޝެއިހް އިބްރާހިމް އަހުމަދު، އައްޝެއިހް ހަސަން ތައުފީގު، އައްޝެއިހު އާދަމް ޝަމީމް ބިން އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox