ހެޔޮ ފާލެއް، ރާއްޖޭގެ ފަރުތައް އަލުން އިއާދަވާން ފަށައިފި: ރިޕޯޓް

ރާއްޖޭގެ ރަށެއް. ނޫ ރާއްޖޭގެ ރިޕޯޓަކުން ވަނީ ރާއްޖޭގެ ފަރުތަކުގައި މިޔަރު ފަދަ ތަކެތީގެ އާބާދީ މަދުކަމަށް ފާހަގަކޮށްފަ-- ފޮޓޯ: މޯލްޑިވްސް ފައިނެސްޓް

ރާއްޖޭގެ ރަށެއް. ނޫ ރާއްޖޭގެ ރިޕޯޓަކުން ވަނީ ރާއްޖޭގެ ފަރުތަކުގައި މިޔަރު ފަދަ ތަކެތީގެ އާބާދީ މަދުކަމަށް ފާހަގަކޮށްފަ-- ފޮޓޯ: މޯލްޑިވްސް ފައިނެސްޓް

މީގެ ހަ ވަރަކަށް އަހަރު ކުރިން ކަނޑުތަކުގެ ފިނިހޫނުމިން އިތުރުވެ، ލޮނުގަނޑު ހޫނުވުމުގެ ސަަބަބުން ރާއްޖެއަށް ކުރިމަތިވި މުރަކަ ހުދުވެ، ފަރުތައް ހަލާކުވުމުގެ މައްސަލައިން މަޑުމަޑުން އަރައިގަނެ، އަލުން ފަރުތައް އިޔާދަވަމުން އަންނަކަމަށް ނޫ ރާއްޖެ ޕްރޮގްރާމުން 2020 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ ރިޕޯޓުން ދައްކައިފި އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި 2016 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި މުރަކަ ހުދުވުމުގެ މައްސަލައަށްފަހު ރާއްޖޭގެ ފަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ނަމަވެސް މިހާރު ފަރުތައް އަލުން މަޑުމަޑުން އިއާދަވާން ފަށާފައިވާކަމަށް އެ ދިރާސާގެ ހޯދުންތަކުން ދައްކާކަމަށް ރިޕޯޓުގައިވެ އެވެ.

ނަމަވެސް އަދިވެސް ފަރުތައް މުޅިން އަބުރާ ކުރިން އޮތް މިންވަރަށް އިއާދަވުމަށް ދިގު ދަތުރެއް އެބަ އޮތްކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ދިރާސާގައި ބެލި ކަންކަމުގެ ތެރޭގައި ފަރުތަކުގައި ދިރިއުޅޭ މަސްމަހާމެހި، މިޔަރު، ކުދި މުރަކަ، ހުއިފިލަނޑާފަދަ ބާވަތްތައް، ފަރުތަކުގެ ބައްޓަން އަދި ބޮޑުމިނާއި ލޮނުގަނޑުގެ ސާފުތާހިރުކަމާއި ކޮލިޓީއަށް ވެސް ވަނީ ބަލައި ދިރާސާ ކޮށްފަ އެވެ.

އެ ދިރާސާ ކުރިޔަށްގެންދިޔަ ކޮންމެ ސަރަހައްދެއްގައި އަކަ މީޓަރަކަށް 14 ކުދި މުރަކަ ވަކި ވަކިން އުފެދެމުންދާކަން ވަނީ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

އަދި ގިނަ އަދަދެއްގެ މަސްމަހާމެހި އެ ސަރަހައްދުތަކުގައި އާބާދުވަމުންދާކަމަށް ވެސް އެ ދިރާސާގެ ނަތީޖާ ރިޕޯޓުން ދައްކަ އެވެ. ރިޕޯޓުގައި ފަރުތައް އަލުން އިއާދަވާން ފެށުމުގެ މައިގަނޑު ސަބަބަކީ މިއީކަމަށް ބުނެ އެވެ.

އެ ދިރާސާގައި ރާއްޖޭގެ 15 އަތޮޅެއްގެ 127 ފަރެއް ބަލައި ދިރާސާކުރިއިރު، ފާހަގަވެފައިވަނީ ރާއްޖޭގެ ފަރުތަކުގައި ޕްލެންކްޓަންއަށް ބަރޯސާ މަސްމަހާމެހި އަދި ހިމާޔަތްކޮށްފައިވާ ލަނޑާގެ ބާވަތެއް ކަމުގައިވާ ޕެރޮޓްފިޝްގެ އަދަދު ނިސްބަތުން ގިނަ ކަމަށެވެ.

ނަމަވެސް މިޔަރު އަދި މަޑި ފަދަ ތަކެތީގެ އާބާދީ ފަރުތަކުގައި މަދުކަމަށް އެ ދިރާސާ ރިޕޯޓުގައި ފާހަގަކުރި އެވެ. ރިޕޯޓުގައި ބުނާ ގޮތުންނަމަ، ފަރުތަކުގައި މިޔަރު އަދި މަޑި ފަދަ ތަކެތީގެ ބޮޑު އާބާދީއެއް އުޅުމަކީ އެ ސަރަހައްދެއްގެ ފަރުތަކުގެ ސިއްހަތު ރަނގަޅުކަން ދައްކުވައިދޭ އެއް އިންޑިކޭޓަރެވެ.

ރާއްޖޭގެ ފަރުތައް އަލުން އިއާދަވާން ފަށާފައިވީނަމަވެސް، އަދިވެސް ބައެއް ސަބަބުތަކާހުރެ، ފަރުތަކުގެ ސިއްހަތަށް ނުރައްކާ ކުރިމަތިވުމުގެ ފުރުސަތެއް އެބަ އޮތް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

އެ ރިޕޯޓް ތައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި ސައިންސްވެރިންތަކެއް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރި ދެ ދަތުރެއްގައި ހޯދި ހޯދުންތަކަށް ބިނާކޮށްފަ އެވެ.

އެ ދަތުރުގައި ބައިވެރިވި ސައިންސްވެރިންގެ ތެރޭގައި ވައިޓް އިންސްޓިޓިއުޓް، ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ، ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ، ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްގެ އިތުރުން ސްމާލް އައިލެންޑް ރިސާޗް ގުރޫޕުގެ ސައިންސްވެރިން ހިމެނެ އެވެ.

އެ މަސައްކަތަށްޓަކައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)، އޯޝަނީ އަޒުލް ފައުންޑޭޝަން، އައިޔޫސީއެން މޯލްޑިވްސް، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް، ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެންޓާ ބާބަރާ އަދި ޔުނިވާސިޓީ އޮފް ހަވާއީގެ އެހީތެރިކަން ވަނީ ހޯދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox