އިރާނުގެ ހެކަރުން އިޒްރޭލުގެ އިންޓަނެޓް ކުންފުންޏަކަށް ހަމަލާ ދީފި

ހަމަލާ ދިނީ ބްލެކްޝެޑޯގެ ނަމުން ހަރަކާތްތެރިވާ ހެކަރުންގެ ގްރޫޕަކުން.

ހަމަލާ ދިނީ ބްލެކްޝެޑޯގެ ނަމުން ހަރަކާތްތެރިވާ ހެކަރުންގެ ގްރޫޕަކުން.

އިރާނާ ގުޅުން ހުރި ކަމަށް ބެލެވޭ ހެކަރުންތަކެއް އިޒްރޭލުގެ އިންޓަނެޓް ކުންފުންޏަކަށް ހަމަލާދީ ގިނަ ސައިޓުތަކަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.

ސައިބަހަމަލާގެ އަސަރު ކުރި ވެބްސައިޓުތަކުގެ ތެރޭގައި އިޒްރޭލުގެ އާއްމު ދަތުރުފަތުރަޢް ހާއްސަ ކުންފުނިތައް ކަމަށްވާ ޑޭން އަދި ކަވިމްގެ ވެބްސައިޓް ހިމެނެ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ މިއުޒަމަކާއި ޕަބްލިކް ރޭޑިއޯގެ އޮންލައިން ބްލޮގް ވެސް ވަނީ ބްލޮކްކޮށްފަ އެވެ.

ބްލެކްޝެޑޯގެ ނަމުން ހަރަކާތްތެރިވާ ހެކަރުންގެ ގްރޫޕުން ހަމަލާގެ ޒިންމާ އުފުލުމަށް ފަހު ވަނީ އިންޓަނެޓް ކުންފުނީގެ ހިދުމަތް ހޯދާ ކްލަޔަންޓުންގެ މައުލޫމާތުތައް ލީކުކޮށްފަ އެވެ.

ޓެލެގްރާމް މެދުވެރިކޮށް ލީކުކުރި މައުލޫމާތުގައި ހިމެނެނީ ކަވިމް އިންޓަނެޓް ކުންފުނީގެ ކްލަޔަންޓުންގެ ނަންތަކާއި، އީމެއިލް އެޑްރެހާއި ފޯނު ނަންބަރުތަކެވެ.

އިޒްރޭލުގެ މީޑިއާ އިން ބުނީ ބްލެކްޝެޑޯ އަކީ އިރާނުގެ ހެކަރުންގެ ގްރޫޕެއް ކަމަށާއި އެއީ އެކި ސައިބަ ކުށްތައް ކުރުމުގައި ހަރަކާތްތެރިވާ ބަޔެއް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އެ ގްރޫޕުން ވަނީ އިޒްރޭލުގެ ޝިރްބިތް އިންޝުއަރެންސް ކުންފުންޏަށް ހަމަލާދީ ގިނަ މައުލޫމާތުތަކެއް ވަގަށް ނަގާފަ އެވެ.

އެ ކުންފުނިން އެއް މިލިއަން ޑޮލަރު ދޭން ޑިމާންޑު ކުރުމަށް ފަހު، ފައިސާ ނުދިނުމުން ހެކަރުން ވަނީ މައުލޫމާތު ލީކުކޮށްފަ އެވެ.

އިޒްރޭލަށް އަމާޒުކޮށް ސައިބަހަމަލާ ދީފައި ވާއިރު، މިދިޔަ ހަފުތާގައި އިރާނުގެ ޕެޓްރޯލް ޑިސްޓްރިބިއުޓް ކުރާ ނިޒާމަށް ވެސް ސައިބަ ހަމަލާއެއް ދިނެވެ. އެ ހަމަލާ ދިނީ ކޮން ބަޔެއް ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox