ދަރިވަރަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ގަލޮޅު މަދަރުސާގެ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑުކޮށްފި

ގަލޮޅު މަދަރުސާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ސްކޫލުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ -- ފޮޓޯ: ސޯޝަލް މީޑިއާ

ގަލޮޅު މަދަރުސާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ސްކޫލުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ -- ފޮޓޯ: ސޯޝަލް މީޑިއާ

ގަލޮޅު މަދަރުސާގައި ކިޔަވަމުންދިޔަ ޕްރީ ސްކޫލްގެ ދަރިވަރަކަށް އެތަނުގައި މަސައްކަތް ކުރާ މަސައްކަތު މީހަކު ޖިންސީ އަނިޔާ ކުރި މައްސަލައިގައި އެ ސްކޫލުގެ ހުރިހާ މަސައްކަތު މުވައްޒަފުން ސަސްޕެންޑުކޮށްފި އެވެ.

ސްކޫލު ސާފު ކުރުމާއި ދަރިވަރުން ފާހާނައަށް ދިޔުމަށް އެހީވުމުގެ ޒިންމާ އޮންނަ މަސައްކަތު މީހަކު ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލަ ފެންމަތިވުމާއެކު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގައި އާންމުންގެ ނުރުހުން ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެފައި އޮއްވާ ގަލޮޅު މަދަރުސާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީގެ ފަހުން "ފާހާނާ ކުރުމަށްދާ ދަރިވަރުން ފާހާނާއަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން" ކަމަށެވެ.

"ހުކުރު ދުވަހުން ފެށިގެން މި ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން [ދައްތަމެން] ވާނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފަ،" ގަލޮޅު މަދަރުސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑު ކުރި ސަބަބު ގަލޮޅު މަދަރުސާއިން ބުނެދީފައެއް ނުވެ އެވެ.

އޭގެ އިތުރުން، ދަރިވަރުންގެ ސަލާމަތަށްޓަކައި ސްކޫލުގެ 18 ދިމާލެއްގައި ސީސީޓީވީ ކެމެރާ މިހާރު ހަރުކޮށް ނިންމާފައިވާ ކަމަށް ވެސް ގަލޮޅު މަދަރުސާއިން ބުނެ އެވެ.

ދަރިވަރަކަށް ޖިންސީ އަނިޔާ ކުރި މައްސަލައިގައި ގަލޮޅު މަދަރުސާއިން ފިޔަވަޅު އަޅާފައި މި ވަނީ އެ މައްސަލަ ހޫނުވެ، އެކަމާ ދެކޮޮޅު ހަދައި، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި މިއަދު ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް އޮތީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox