ކޮވިޑުގެ ހަގީގަތް އެނގުމުގެ އުއްމީދު ކުޑަ: އެމެރިކާގެ ޖާސޫސުން

ކޮވިޑް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރު. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރު. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް އުފެދުނު ގޮތުގެ ހަގީގަތް ދުވަހަކު ވެސް ނޭނގުން އެކަށީގެންވާ ކަމަށާއި ނަމަވެސް އެއީ ބަޔޮލޮޖިކަލް ހަތިޔާރެއްގެ ގޮތުގައި އުފެއްދި އެއްޗެއް ނޫން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ކަނޑައަޅައިފި އެވެ.

ވައިރަސް ފެތުރެން ފެށި ގޮތުގެ އެސެސްމަންޓް އަޕްޑޭޓު ކުރުމަށް ފަހު އޮފީސް އޮފް ދަ ޔޫއެސް ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް (އޯޑީއެންއައި) އިން ބުނީ ވައިރަސް ފެތުރެން ފެށީ ޖަނަވާރުންގެ ގައިން އިންސާނުން ގަޔަށް އަރައިގެން ނުވަތަ ލެބޯޓަރީއަކުން ލީކުވެގެން ކަމަށް ވެސް ވުން އެކަށީގެންވާ ކަމަށެވެ.

ނަމަވެސް ޔަގީންކަމާއެކު ގޮތެއް ނިންމޭ ވަރަށް މައުލޫމާތު ނެތް ކަމަށް ބުންޏެވެ. ޗައިނާ އިން ވަނީ އެ ރިޕޯޓަށް ފާޑުކިޔާފަ އެވެ.

އެ ހޯދުންތައް އާއްމުކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހު ނެރުނު ރިޕޯޓެއްގަ އެވެ. އެއީ ކޮވިޑްގެ ހަގީގަތް ހޯދަން 90 ދުވަހުގެ ތަހުގީގެއް ހިންގަން ރައީސް ޖޯ ބައިޑެން އަމުރު ކުރެއްވުމުން ކުރި މަސައްކަތަށް ފަހު ތައްޔާރު ކުރި ރިޕޯޓެކެވެ.

ރިޕޯޓުގައި ބުނީ ވައިރަސް އުފެދުނު ގޮތާ މެދު ޖާސޫސީ އޮފިޝަލުންގެ މެދުގައި ހިޔާލު ތަފާތުވުން އެބަހުރި ކަމަށެވެ. އޭގެ އިތުރުން 2019 ވަނަ އަހަރު ވޫހާން ސިޓީގައި ބަލި ފެތުރެން ފެށުމުގެ ކުރިން މި ވައިރަހާ ގުޅޭ މައުލޫމާތު ޗައިނާ އަށް ލިބިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

އެހެން ނަމަވެސް، ވައިރަހާ ގުޅޭ ތަހުގީގު ކުރުމަށް ޗައިނާ އިން ހުރަސް އަޅަމުންދާ ކަމަށާއި މައުލޫމާތު ނުދީ ހިފަހައްޓަމުންދާ ކަމަށް ތުހުމަތު ކުރި އެވެ.

ޗައިނާ އިން ބުނެފައި ވަނީ އެންމެ ފުރަތަމަ ފެނުނު ކޮވިޑު ކޭސްތައް ގުޅިފައި ވަނީ ވޫހާނުގައި ހުންނަ ސީފުޑް މާރުކޭޓަކާ ކަމަށެވެ. އެހެންކަމުން މިއީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރި ވައިރަހެއް ކަމަށް ސައިންސްވެރިން ބުނަން ފެށި އެވެ.

ނަމަވެސް މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކުރި ގޮތުގައި މިއީ ވޫހާންގެ ލެބޯޓަރީއަކުން ލީކުވި ވައިރަހެއް ކަމަށް ބެލެވޭ ހެކިތައް ދަނީ ފެންނަމުންނެވެ. ނަމަވެސް ޗައިނާ އިން އެ ވާހަކަތައް ދޮގުކުރެ އެވެ.

އެންމެ ފަހުން އާއްމު ކުރި ރިޕޯޓާ ގުޅިގެން ޗައިނާ އިން ބުނީ އެމެރިކާ އިން އުޅެނީ ސައިންސްވެރިންގެ ވާހަކަތަކަށް ނުބަލައި، ޖާސޫސީ ނަޒަރަކުން ކޮވިޑްގެ މައުލޫމާތު ހޯދަން ކަމަށާއި އެއީ ސިޔާސީ ކުޅިވަރެއް ކަމަށެވެ.

ކޮވިޑްގެ 240 މިލިއަން ކޭސް މިހާތަނަށް ފެނިފައި ވާއިރު، އެ ބަލީގައި 4.9 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox