ޒުވާން ބިދޭސީ ނަރުހެއްގެ ކުއްލި އަދި ހަގީގަތް ނޭނގޭ މަރާއެކު ފުލުހުން ސީރިއަސް ތަހުގީގެއް ފަށައިފި

އަންގާރަ ދުވަހު ކުއްލި ގޮތަކަށް މަރުވި މޭރީ ގްރޭސް: އޭނާގެ މަރު ރިޕޯޓްކޮށްފައި ވަނީ ދަންޖެހިފައި މަރުވެފައި ހުރި ކަމަށް ބުނެ. -- ފޮޓޯ: ސޯޝަލް މީޑިޔާ

އަންގާރަ ދުވަހު ކުއްލި ގޮތަކަށް މަރުވި މޭރީ ގްރޭސް: އޭނާގެ މަރު ރިޕޯޓްކޮށްފައި ވަނީ ދަންޖެހިފައި މަރުވެފައި ހުރި ކަމަށް ބުނެ. -- ފޮޓޯ: ސޯޝަލް މީޑިޔާ

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ބިދޭސީ ނަރުހެއްގެ ކުއްލި އަދި ހަގީގަތް ނޭނގޭ މަރާއެކު ދިވެހި ފުލުހުން އެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރަން ފަށައިފި އެވެ.

ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ ގްރޭސް ޕިނޭޑާ ވާގަސް މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ އަންގާރަ ދުވަހެވެ. ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ އޭނާ ދަންޖެހިގެން މަރުވީ ކަމަށެވެ.

ނަމަވެސް "އެ މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ހުރި ކަމަށް ފާހަގަ" ކުރެވޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ގްރޭސް އަށް މީހަކު ހަމަލާދީފައިވާ ކަމަށް ޝައްކު ކުރެވޭ ބައެއް ނިޝާންތައް އޭނާގެ ހަށިގަނޑުން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

އައިޖީއެމްއެޗުގެ ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ގްރޭސްގެ މަރާ ގުޅިގެން "އަދަދު" އިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އަންގާރަ ދުވަހު ވެސް އޭނާ ޑިއުޓީއަށް ނިކުތް ކަމަށާއި މަސައްކަތުގައި އެއްވެސް ތަފާތެއް އެ ދުވަހު ފާހަގަ ނުކުރެވޭ ކަމަށެވެ.

ގްރޭސް މަރުވީ މަސައްކަތުން ލިބުނު ހުސް ވަގުތުކޮޅެއްގައި ގެއަށް ދިޔަ ފަހުން ކަމަށްވެ އެވެ. އަދި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވެސް ހުންނަ ގްރޭސްގެ މަރާއެކު ޑރ. އަހުމަދު ރާޒީ މެމޯރިއަލް ޑަޔަލެސިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސިހުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ހަމަ ފިލިޕީންސްގެ އީއާރު ނަރުހަކާ ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭ ގްރޭސް ދަންޖެހިގެން އަމިއްލަ މަރުވިކަން ގަބޫލު ކުރަން އޭނާގެ ރަހުމަތްތެރިންނަށް ދަތި ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

ގްރޭސް އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox