އިލްމުވެރިޔާގެ ހުއްދަ އަލުން ދޭން އިސްލާމިކް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފި

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ދީނީ އިލްމްވެރިއެއްގެ ހުއްދަ އަނބުރާ ދޭން ވަނީ ހުކުމް ކޮށްފައި

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ދީނީ އިލްމްވެރިއެއްގެ ހުއްދަ އަނބުރާ ދޭން ވަނީ ހުކުމް ކޮށްފައި

ދީނީ އިލްމްވެރިޔާ މުހައްމަދު ހަސަން އަށް ދޫކޮށްފައިވާ ދީނީ ތަގުރީރުކުރުމުގެ ހުއްދަ ހިފެހެއްޓި ގޮތް ގޯސް ކަމަށާއި, އެހެންވެ އޭނާއަށް އަލުން އެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އަދި ގެއްލުމުގެ ބަދަލަށް އެދި ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ވެސް އެ ކޯޓުން ވަނީ ކަނޑައަޅައިފި އެވެ.

ގދ. ތިނަދޫ, ރެޑްސީ މުހައްމަދު ހަސަންއަށް ދޫކޮށްފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފެހެއްޓީ 2019 ވަނަ އަހަރު, ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް އޭނާ އަމަލު ކުރަމުންދާ ކަމަށް ބުނެ އެވެ. އެގޮތަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކާ ގުޅިގެންނެވެ.

ނަމަވެސް, އެކަމަށް މުހައްމަދު ހަސަން އިންކާރުކޮށް އޭނާއާމެދު ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ކަނޑައަޅަން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެވެ.

އިސްލާމިކް މިނިސްޓްރީން މުހައްމަދު ހަސަނަށް ތުހުމަތު ކުރާ ކަންތައްތަކާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރޭ "މަކްތަބާސަލަފިއްޔާ" ޖަމިއްޔާއެއް ކޮށްފައިވާ ޓްވީޓްތަކެއް ހިމެނެ އެވެ. އެ ޓްވީޓްތަކަކީ މުހައްމަދު ހަސަން ކޮށްފައިވާ ޓްވީތަކެއް ކަމަށް އޭނާ އިންކާރުކުރެ އެވެ. އެކަމަކު, މިނިސްޓްރީން ދެކޭ ގޮތުގައި އެއީ އޭނާ ކޮށްފައިވާ ޓްވީޓްތަކެވެ. އެއީ, އެފަދަ އިންޓެލް ރިޕޯޓެއް ލިބިފައިވާތީ އެވެ.

ނަމަވެސް, ސިވިލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ އަބްދުالله އަލީ ވިދާޅުވި ގޮތުގައި, "މަކްތަބާސަލަފިއްޔާ" އަކީ މުހައްމަދު ހަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ނޫން ކަމާއި އެ ތަނާއި އޭނާ ގުޅުމެއް އޮތް ކަމަށް ވެސް އެނގެން ނެތް ކަމަށެވެ. އަދި, އެ ޓްވީޓްތައް ކުރީ އޭނާކަން މިނިސްޓްރީއަށް ސާބިތުކޮށް ނުދެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ދެން މިނިސްޓްރީން ހުށަހަޅާފައިވަނީ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ލިޔުންތަކެއް ހިމެނޭ ކަމަށް ބުނެ މުހައްމަދު ހަސަން ކޮށްފައިވާ ދެ ޓްވީޓެކެވެ. އެ ދެ ޓްވީޓުން ވެސް ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އެއްވެސް އިބާރާތެއް ނެތް ކަމަށް ޝަރީއަތުން ކަނޑައެޅި އެވެ. އެހެންވެ, އޭނާގެ ހުއްދަ ހިފަހައްޓާފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ކަމަށް ވެސް ޝަރީއަތުން ކަނޑައެޅި އެވެ.

އޭގެ އިތުރުން މުހައްމަދު ހަސަންގެ ހުއްދަ ހިފެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ އިޖުރާއަތްތައް ގޯސް ކަމަށް ވެސް ގާޒީ އަބްދުالله ވަނީ ކަނޑައަޅުއްވާފަ އެވެ. އެހެންވެ, 10 ދުވަހުގެ ތެރޭ މުހައްމަދު ހަސަނަށް ދީނީ ތަގުރީރު ކުރުމުގެ ހުއްދަ އަލުން ދިނުމަށް އިއްޔެ އިއްވި ހުކުމްގައި ވަނީ އަމުރުކޮށްފަ އެވެ.

އަދި އެ ހުކުމްގައި ވަނީ ހުއްދަ ހިފެހެއްޓުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމެއް ވަޒަންކޮށް އެ ހޯދުމަށް ވަކިން ދައުވާ ކުރުމުގެ ހައްގު މުހައްމަދު ހަސަނަށް ލިބިގެންވާ ކަމަށް ވެސް ކަނޑައަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox