މީޑިއާ ކޮމިޝަނުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި އަދަދުން ހުށަހެޅި މައްސަލަ ކޯޓުގައި ރެޖިސްޓްރީކޮށްފި

އަދަދު ނޫހުން ގެނެސްދިން ސިޔާސީ ކާޓޫނަކާ ގުޅިގެން ކޮންޓްރޯލް ކޮމިޝަނުން ވަނީ އެ ސެގްމަންޓު ހުއްޓާލަން އަންގާފައި -- ފޮޓޯ: އަދަދު

އަދަދު ނޫހުން ގެނެސްދިން ސިޔާސީ ކާޓޫނަކާ ގުޅިގެން ކޮންޓްރޯލް ކޮމިޝަނުން ވަނީ އެ ސެގްމަންޓު ހުއްޓާލަން އަންގާފައި -- ފޮޓޯ: އަދަދު

އަދަދު ނޫހުން ގެނެސްދިން ސިޔާސީ ކާޓޫނެއް ނަގަން މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެންގި އެންގުން ބާތިލު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ދެ މަސްފަހުން އެ ކޯޓުގައި ރެޖިސްޓްރީކޮށްފި އެވެ،

މީޑިއާ ކޮމިޝަނުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި މި ނޫހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ ފެބްރުއަރީ 1، ގަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ރެޖިސްޓްރީ ކޮށްދިނީ މާޗު 29، ގަ އެވެ.

މި ނޫހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އަދަދުގެ ސިޔާސީ ނެގުމަށް ކޮންޓްރޯލް ކޮމިޝަނުން އަންގާފައި ވަނީ އެފަދަ އެންގުމެއް އެންގުމުގެ ގާނޫނީ ބާރު ނެތި ކަމަށާއި އެ އެންގުން އަންގާފައި ވަނީ އަސާސެއް ނެތް ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

Advertisement

އެގޮތުން، ކޮންޓްރޯލް ކޮމިޝަނުން އަދަދު ނޫހަށް އެންގި އެންގުމުގައި، އެ ކާޓޫނު ނަގަން އަންގާފައި ވަނީ އެ މައްސަލަ ބަލަމުންދާތީ ކަމަށް ބުނެފައިވާއިރު، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ވަކި ގޮތަކަށް ނިމުމުގެ ކުރިން ފިޔަވަޅެއް އެޅުން ހުއްދަކުރާ އަދި އެފަދަ ބާރެއް ކޮމިޝަނަށް ދީފައިވާ މާއްދާއެއް މިދިޔަ އަހަރު ފާސްކުރި ކޮންޓްރޯލް ގާނޫނުގައި ނެތްކަމަށް އަދަދު ނޫހުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

 ކާޓޫން ނެގުމަށް އަންގައި ކޮންޓްރޯލް ކޮމިޝަނުން ފޮނުވި ސިޓީގައި، ސިޔާސީ ކާޓޫނު ސެގްމެންޓު ހުއްޓާލަން އަންގާފައި އޮތް ނަމަވެސް، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ބަޔާން ކޮށްފައިވާ އެ ގާނޫނުގެ 64 ވަނަ މާއްދާގައި ނޫހެއްގެ ވަކި ސެގްމެންޓެއް ހުއްޓުވުމުގެ ބާރު ކޮންޓްރޯލް ކޮމިޝަނަށް ދީފައި ނުވާކަން ދައުވާގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، އެ ދައުވާގައި ބުނެފައި ވަނީ އަދަދުގެ ސިޔާސީ ކާޓޫނު ސެގްމެންޓު ހުއްޓާލުމަށާއި އެ ކުރެހުން ނެގުމަށް ކޮންޓްރޯލް ކޮމިޝަނުން އަންގަފައި ވަނީ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން ހިފަހައްޓަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެގޮތުން، ކޮންޓްރޯލް ކޮމިޝަނުން އަމަލު ކުރަން ވާނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ އެންމެ ފުޅާ ދާއިރާގައި ލިބިދިނުމަށް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަން އަދަދު ނޫހުގެ ދައުވާފައި ބުނެފައިވެ އެވެ.

އަދަދު ނޫހުން ގެނެސްދިން ކާޓޫނުން ދައްކުވައިދެނީ ނަމާދު ކުރަމުންދާ ޖަމާއަތެއްގައި ސަޖިދައަށް ގޮސް އޮތް މީހެއްގެ ޖީބުން ވައްކަން ކުރަމުންދާ މަންޒަރުކަމަށްވާއިރު، އެ ކާޓޫނު ގެނެސްދިނުމުގެ ނިޔަތަކީ މުޖުތަމައުގައި އާންމުވަމުންދާ ވައްކަމުގެ މައްސަލައަށް އަލިއަޅުވާލައި އެކަން އާންމުވެފައިވާ މިންވަރާމެދު ހިޔާލުފާޅު ކުރުން ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް، ކޮންޓްރޯލް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، ސިޔާސީ ކާޓޫނު ސެގްމެންޓު ހުއްޓާލައި އެ ކާޓޫނު ނެގުމަށް އެންގުމުން އެ ޕޯސްޓު މެދުވެރިކޮށް ފާޅުކުރި ހިޔާލު ހުއްޓި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އަދަދު ނޫހުގެ ދައުވާގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox