ޓައިމްލައިން ބަދަލުކުރަން ކޯޓަށް ދިޔުމަކީ އެމްޑީޕީއާ ބީރައްޓެހި އަމަލެއް: މީކާއިލް

އެމްޑީޕީެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: އަދަދު

އެމްޑީޕީެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: އަދަދު

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގެ ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެމްޑީޕީއާ ވަރަށް ބީރައްޓެހި އަމަލެއްގެ ގޮތުގައި މީކާއިލް އަހުމަދު ނަސީމް ސިފަކުރައްވައިފި އެވެ.

މިއަދު އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އިންސާފުވެރިކަމާއެކު ކަންކަން ނިންމާ ޕާޓީއެއް ކަމަށާއި، ޕާޓީގެ އެތެރޭގެ ކަންކަން ނިންމުމަށް ކޯޓުތަކަށް ދިއުމަކީ މަސްލަހަތު ނަގާލުން ކަމަށެވެ.

އިންތިހާބު އިއުލާނުކޮށް ވޯޓާސް ލިސްޓު އާންމުކުރުމަށްފަހު، ކޯޓަށް ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން މީކާއީލް ވިދާޅުވީ، އިންތިހާބު ކުރިއަށް ދާންވާނީ ކުރިން ކަނޑައެޅިފައިވާ ޓައިމްލައިންއާ އެއްގޮތަށް އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އިންތިޚާބު އެންމެ ދުވަހަކަށް ވެސް ފަސްކުރުމާ އޭނާ ދެކޮޅުކަމަށް މީކާއިލް ވިދާޅުވި އެވެ.

މެޗު ކުޅެން ފެށުމަށްފަހު، ގޯލް ޕޯސްޓް ބަދަލުކުރުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ބާތިލުކޮށް، އިންތިހާބުގެ ގޯލް ޕޯސްޓާ ކުޅުނު ކުޅުމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން މަގުމައްޗަށް ނިކުތީ ހަމަ މިފަދަ އުސޫލުތައް ނެގެހެއްޓުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެވެ.

މީކާއިލް މިފަދަ ވާހަކަތަކެއް ދައްކަވާފައި މިވަނީ ޗެއާޕާސަންގެ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ނެރެފައިވާ ޓައިމްލައިން ބާތިލުކުރުމަށާއި އިންތިހާބުގެ ކަންކަން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަންޖެހޭ ގޮތަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައި ވަނިކޮށެވެ.

އެ ޕާޓީގެ އިންތިހާބީ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމަށް ބުނެ މި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަބްދުالله ޝާއިރު އެވެ. 

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި އެ އިއުލާނަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ކޮށްފައިވާ އިއުލާނެކެެވެ. އަދި އެއީ ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ސީދާ ހިލާފު އިއުލާނެއް ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން ހިންގަން ޖެހޭނީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް ކަމަށެވެ. އަދި، އެ ގަވާއިދުގެ 69 ވަނަ މާއްދާގައި، ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، (ށ) ގައި ބަޔާން ކޮށްފައި ވަނީ ޗެއާޕާސަންގެ އިންތިހާބު ފިޔަވައި އެހެން ހުރިހާ އިންތިހާބެއް އިންތިޒާމުކޮށް ރޭވުމަކީ ޗެއާޕާސަންގެ ޒިންމާއެއް ކަމަށެވެ.

އެ މާއްދާއަށް ރިއާޔަތްކޮށް މީގެ ކުރިން އެމްޑީޕީގެ ފަނޑިޔާރުގެ މަޖިލީހުގެ ރައީސް ވެސް ވަނީ އިންތިހާބުގެ ޓައިމްލައިން ބާތިލުކޮށްދިނުމަށް ވަގުތީ ޗެއާޕާސަން، އަބްދުލްޣަފޫޜު މޫސާގެ އަރިހުން އެދިފަ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ޓައިމްލައިން ބާތިލުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox