ޔަހޫދީން އާބާދު ކުރާތީ އަހަރުތަކަކަށް ފަހު އެމެރިކާގެ ފާޑުކިޔުން އިޒްރޭލަށް

ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅެން އަޅާފައިވާ ގެތަކެއް. -- ފޮޓޯ: އޭއެފްޕީ

ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅެން އަޅާފައިވާ ގެތަކެއް. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 27) - ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދު ކުރާ މައްސަލާގައި އަހަރުތަކަކަށް ފަހު އެމެރިކާ އިން އިޒްރޭލަށް ފާޑުކިޔައިފި އެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް އިތުރު 1،355 ގެ އެޅުމުގެ ހުއްދަ ދޭން އިޒްރޭލް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ކުރިން ވެސް 2،000 ގެޔަށް ހުއްދަ ދީފައި ވެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޔަހޫދީން އާބާދު ކުރުމާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެހެންވެ، އެމެރިކާ އިން އިޒްރޭލަށް ފާޑުކިޔާފައި މި ވަނީ ހަތަރު އަހަރަށް ފަހު އެވެ.

ނަމަވެސް އާ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ ޔަހޫދީން އާބާދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަނެއްކާވެސް ވަނީ އެ ވާހަކަ ތަކުރާރުކޮށްފަ އެވެ.

"ޔަހޫދީން ވަޒަންވެރިވުމަށް އެތައް ހާސް ޔުނިޓެއް އަޅަން އުޅޭތީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.

"ގެތައް އެޅުމާ އަޅުގަނޑުމެން ދެކޮޅު. އެއީ ހަމަނުޖެހުން ހުއްޓުވައި، ސުލްހަ ގެންނަން ކުރާ މަސައްކަތާ ނުބައްދަލު އަމަލެއް. އަދި އެއީ ދެ ދައުލަތުގެ ހައްލަށް އޮތް ހުރަހެއް."

ޕްރައިސް ވިދާޅުވީ އެމެރިކާ އިން މި މައްސަލާގައި އިޒްރޭލުގެ އިސް އޮފިޝަލުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނެ ކަމަށެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް އަކީ ޔަހޫދީން އާބާދު ކުރުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނުގެ ކޯލިޝަން ސަރުކާރުގައި އެކަމާ ދެކޮޅު ބޭފުޅުން ވެސް ހިމެނެ އެވެ.

ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު އިޝްތަޔާ އެމެރިކާ އަށް ގޮވާލެއްވީ އިޒްރޭލާ "ކުރިމަތިލައިގެން" ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ "އުދުވާން" ހުއްޓުވުމަށެވެ.

ހުޅަނގު އައްސޭރީގައި އަޅާފައިވާ ގެތަކުގައި މިހާރު ވެސް 475،000 އެއްހާ ޔަހޫދީން ދިރިއުޅެ އެވެ. އިޒްރޭލުން ގެތައް އަޅަމުން ދަނީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް، ކުރިމަގުގައި ފަލަސްތީނުގެ ދައުލަތް ގާއިމްކުރަން މަސައްކަތް ކުރާ ބިމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox