ތިން މެމްބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމަނައިފި

އެމްއެންޕީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމާއި ރިޔާޒްގެ އިތުރުން އުޝާމް.

އެމްއެންޕީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމާއި ރިޔާޒްގެ އިތުރުން އުޝާމް.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އިލެކްޝަންސް ކޮމިޝަނުން ހިމެނުމާއެކު، އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ތިން މެމްބަރުންނާއެކު އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ހިމެނޭ ޕާޓީއެއްކަމަށް މިއަދު އިއުލާނުކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެމްއެންޕީ ހިމެނުމާއެކު މަޖިލީހުގައި މިހާރު ތިބި ތިން މެމްބަރަކު އެ ޕާޓީއާ ގުޅިވަޑައިގެންފައިވާތީ، އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނިފައިވާ ކަމަށެވެ.

އެމްއެންޕީއަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުންގެ ގޮތުގައި މަޖިލިސް ތަމްސީލު ކުރައްވަމުން ގެންދެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްވެ އުފައްދަވާފައިވާ ޕާޓީއެކެވެ.

Advertisement

ނާޒިމާއި ރިޔާޒްގެ އިތުރުން، ވިލިމާލެ ދާއިރާގެ މިނިވަން މެމްބަރު އަހްމަދު އުޝާމް ވެސް އެ ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.

އެއާއެކު ނަޝީދު މިއަދު ވަނީ އެ ތިން މެމްބަރުންނަކީ މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރައްވާ ތިން މެމްބަރުން ކަމަށް އިއުލާނުކުރައްވައި، މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ތަރުތީބަށް އައި ބަދަލުތައް ވެސް ހާމަކޮށްދެއްވައިފަ އެވެ.

އަދި މި ބަދަލާ ގުޅިގެން، މަޖިލީހުގެ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުކުރުމަށް އަންނަ ބަދަލު ފާސްކުރަން ހުށަހަޅުއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ދަފްތަރަށް އައި ބަދަލު

  • އެމްޑީޕީ - 65 މެމްބަރުން
  • ޕީޕީއެމް - 6 މެމްބަރުން
  • ޖޭޕީ - 3 މެމްބަރުން
  • ޕީއެންސީ - 3 މެމްބަރުން
  • އެމްއެންޕީ - 3 މެމްބަރުން
  • އެމްޑީއޭ - 2 މެމްބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ - 5 މެމްބަރުން

މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބަވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެމްއެންޕީއާ އުފެއްދިއިރު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ފަހުން އެ ދެ މެމްބަރުން ވެސް ވަނީ އެ ހިޔާލު ބަދަލުވެއްޖެކަމަށް ވިދާޅުވެ، އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފަ އެވެ.

އެމްއެންޕީގެ އަމާޒަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވުން ކަމުގައި ނާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox