ޕޮގްބާގެ ކޮންޓްރެކްޓްގެ ކަމަކާ މެންޗެސްޓާ ޔުނައިޓެޑުން ނޫޅޭ: އޭޖެންޓް ރައިއޯލާ

Oct 27, 2021, 3:32 AM
ޕޮގްބާގެ ކޮންޓްރެކްޓްގެ ކަމަކާ މެންޗެސްޓާ ޔުނައިޓެޑުން ނޫޅޭ: އޭޖެންޓް ރައިއޯލާ

މެންޗެސްޓާ (އޮކްޓޫބަރު 27) - ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ކަންކަމުގައި އޭނާގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން އެހާ ބޮޑަށް ނުޅޭ ކަމަށް ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

ޕޮގްބާ، 28، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އަންނަ އަހަރުގެ ޖޫން މަހު ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބި އޮތް އެންމެ ބޮޑު ސަބަބަކީ ޕޮގްބާ ބޭނުންވާ ވަރުގެ މުސާރައެއް ދޭން ޔުނައިޓެޑުން ދެކޮޅު ހެދުމެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕޮގްބާ ހުރީ މި ސީޒަން ނިންމުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރާށެވެ.

އަންނަ ޖެނުއަރީ މަހު ޕޮގްބާ ބޭނުންނަމަ އޭނާ އިހުތިޔާރުކުރާ ކްލަބަކާ އެކީ ޕްރީ އެގްރީމެންޓެއް ހެދިދާނެ އެވެ. އެއީ ޖުލައި މަހު އެ ޓީމަކާ ރަސްމީކޮށް ގުޅޭގޮތަށެވެ. ޕޮގްބާ ޔުނައިޓެޑްގައި މަޑުކޮށްފާނެ ކަމަށް އިނގިރޭސި މީޑިއާގައި މިދިޔަ ހަފްތާތަކުގައި ވާހަކަ ދެކެވުނު ކަމުގައި ވިޔަސް ރައިއޯލާ ބުނީ އެއީ މުޅިން އެއްކޮށް ހަގީގަތެއް ނޫން ކަމަށެވެ.

"ތި މީހުން (މީޑިއާ) ޖެހޭނީ ޔުނައިޓެޑާ ސުވާލުކޮށްލަން. އެ މީހުން އެހާ ވަރަކަށް މިކަމާ (ޕޮގްބާގެ އާ ކޮންޓްރެކްޓްގެ ކަންތައްތަކާ) އުޅޭހެނެއް އަހަންނަށް ހިއެއްނުވޭ. މި ވަގުތަށް ޔަގީނުން ވެސް އަހަރެން ދޭނެ އަޕްޑޭޓެއް ނެތް،" ރައިއޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ލިވަޕޫލް އަތުން 5-0 އިން ޔުނައިޓެޑް ބަލިވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ޕޮގްބާ ކުރި ނުރައްކާތެރި ފައުލަކަށް އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ޕޮގްބާ އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެއީ އޭގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ބައެއް ކަންކަމަށް ޕޮގްބާ ނުސީދާކޮށް ފާޑުކީ ފަހުންނެވެ.

ފްރާންސާއި އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސޯލްޝެއާ މި ސީޒަނަށް ފަހު ޔުނައިޓެޑް ދޫކޮށްލާނެކަން އޮތީ އެ ކްލަބްގެ ބައެއް ކުޅުންތެރިން ގާތުގައި ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox