ގަތަރު ފުޓްބޯޅަ އިޝްތިހާރު ކޮށްގެން ބެކަމް އަށް 277 މިލިއަން ޑޮލަރު

Oct 26, 2021, 1:11 PM
ގަތަރު ސަރުކާރުގެ ނުފޫޒުގަދަ ފަރާތެއް ކަމަށްވާ ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ (ވ) އާއި ޑޭވިޑް ބެކަމް.-- ފޮޓޯ: އޭއެފްޕީ

ގަތަރު ސަރުކާރުގެ ނުފޫޒުގަދަ ފަރާތެއް ކަމަށްވާ ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ (ވ) އާއި ޑޭވިޑް ބެކަމް.-- ފޮޓޯ: އޭއެފްޕީ

ދޯހާ (އޮކްޓޫބަރު 26) - ގަތަރު ފުޓްބޯޅަ ޕްރޮމޯޓް ކޮށްގެން މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އަށް 277 މިލިއަން ޑޮލަރު ލިބޭ ޑީލެއް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 46 އަހަރުގެ ބެކަމް ގަތަރާ އެކު ސޮއިކޮށްފައިވަނީ 10 އަހަރު ދުވަހުގެ އެމްބެސަޑަރެއްގެ އެއްބަސްވުމެއްގަ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް އިން ފެށިގެން 10 އަހަރުގެ މުއްދަތަށް ގަތަރުގެ ފުޓްބޯޅަ ޕްރޮމޯޓްކުރަން ބެކަމް އެއްބަސްވެފައިވާއިރު، މިއީ ފަހަކަށް އައިސް ފުޓްބޯޅަ ކުޅުންތެރިއަކު ސޮއިކުރި އެންމެ އަގުބޮޑު އެމްބެސަޑާޝިޕް އެއްބަސްވުމެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެމްބަސަޑަރެެއްގެ ގޮތުގައި ބެކަމް ރަސްމީކޮށް އިއުލާނުކުރަން އަދި ދުވަސްތަކެއް ނަގާނެ އެވެ.

ބެކަމްގެ ފަރާތުން އެމްބަސަޑާޝިޕްގެ އެއްބަސްވުމުގައި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ބެކަމްގެ އަންހެނުން އަދި ވިޔަފާރިވެރިޔާ ވިކްޓޯރިއާ ބެކަމް އެވެ.

މި ޑީލްގައި ބެކަމް އެއްބަސްވެފައިވަނީ ގަތަރުގެ ފުޓްބޯޅައިގެ ތެރެއިން ގިނަ ކަންކަން ޕްރޮމޯޓް ކުރުމަށެވެ. އެ ގޮތުން އަންހެނުން ބާރުވެރިކޮށް ފުޓްބޯޅައިގެ ތެރެއިން ކުރިއަށް ދެވޭނެ ފުރުސަތުތައް ހޯދުމާއި ފުޓްބޯޅައިގެ ތެރެއިން ހުރި ފިއްތުންތަކަށް ހައްލެއް ހޯދައިދިނުން ހިމެނެ އެވެ.

ފުޓްބޯޅަ އިވެންޓެއްގެ ތެރެއިން ބެކަމް: ގަތަރާ އެކު ޑީލެއް ހެދުމުން ގިނަ ބަޔަކު ވަނީ އޭނާއާ ދެކޮޅަށް ވެސް ޝުއޫރުފާޅުކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ގަތަރު ޑީލާ އެކު ބެކަމް އަށް ގިނަ ބަޔެއްގެ ފާޑުކިޔުން

ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓެއް ހަދާނަމަ އޭގެ އެންމެ ކުރިން ބެކަމް އަށް ޖާގަ ލިބޭނެ އެވެ. ބެކަމްގެ މިލްކިއްޔާތުގައި 663 މިލިއަން ޑޮލަރު ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބެކަމް އަކީ ދާދި ފަހުން އެމެރިކާގައި ލޯންޗްކުރި ކްލަބް، އިންޓަ މިއާމީގެ އެއް ވެރިޔާ އެވެ.

ބެކަމް އަކީ ފުޓްބޯޅައިގެ މަގުބޫލު ބްރޭންޑަކަށް ވެ ހުރެ، ފައިސާ އަށް ޓަކައި ގަތަރުން ކުރާ ނުރަނގަޅު ކަންތައްތައް ފޮރުވަން އެހީތެރިވެދޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. ގަތަރުން އެ ގައުމުގެ ފުޓްބޯޅައިގެ އެމްބަސަޑަރަކަށް ބެކަމް ހަމަޖައްސަނީ ފުޓްބޯޅަ އަށް ވުރެ ބޮޑަށް ސިޔާސީ މަންފާ އަށް ކަމަށް އަރަބި ގައުމުތަކާއި އިނގިރޭސި ބައެއް މީޑިއާ ތަކުން ތުހުމަތު ކުރެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްގެ އިނގިރޭސި ވިލާތުގެ ސީއީއޯ ސާޝާ ދޭޝްމުކް ބުނީ ބެކަމްގެ ފަރާތުން އެދޭ ކަމަކީ ގަތަރުގެ ފުޓްބޯޅަ ޕްރޮމޯޓްކުރި ކަމުގައި ވިޔަސް ގަތަރުން އިންސާނީ ހައްގުތައް ކަށަވަރުކުރުމެއް ނެތި ކުރާ ކަންތައްތަކާ ބެހޭ ގޮތުން އަޑުއުފުލުމަށް ކަމަށެވެ.

ގަތަރު ވޯލްޑް ކަޕްގެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަން ކަށަވަރު ނުކޮށްދޭއިރު، ގިނަ ބަަޔަކު ވަނީ މަރުވެފަ އެވެ. ގަތަރުން އިންސާނީ ހައްގުތައް ކަށަވަރު ނުކޮށްދޭ މައްސަލައިގައި ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ގިނަ ޓީމުތަކަކުން ވަނީ ޝުއޫރު ވެސް ފާޅުކޮށްފަ އެވެ.

ބެކަމް، އެމްބެސަޑަރަކަށް ހަމަޖައްސައި ގަތަރުން ބޭނުންވަނީ އެ ގައުމަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތައް ހުއްޓާލުމަށް ކަމަށް ތުހުމަތުކުރެ އެވެ. އެ ކަންކަމަށް ބެކަމްގެ ތަރުޖަމާނު ވަނީ މީޑިއާގައި ޖަވާބު ދީފަ އެވެ.

ބެކަމްގެ ތަރުޖަމާނު ބުނީ ގަތަރާ އެކު ބެކަމް ހަދާ އެއްބަސްވުމުގެ ތެރެއިން އެންމެ މުހިއްމު ބޭނުމަކީ ފުޓްބޯޅަ ޕްރޮމޯޓް ކުރުން ކަމަށެވެ. އަދި މި ޑީލުގެ ސަބަބުން ގެނެވޭނެ ހުރިހާ ޕޮޒިޓިވް ބަދަލަކަށް ބެކަމް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ބެކަމް އަކީ ޔުނިސެފާ ގުޅިގެން ވެސް ގިނަ ޕްރޮމޯޝަން ހިންގާފައިވާ ފަރާތެއް ކަމަށާއި ހިއުމަން ރައިޓްސްއާ ގުޅޭ ކަންކަމުގައި ބެކަމް އަބަދުވެސް ސާބިތުވެ، ހުންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox