ސައުލް އަށް ވެގެން ހާއްސަ ޖާގައެއް ނުދެވޭނެ ކަމަށް ޓުޗެލް ބުނެފި

Oct 26, 2021, 5:32 AM
ސައުލް އަށް ވެގެން ހާއްސަ ޖާގައެއް ނުދެވޭނެ ކަމަށް ޓުޗެލް ބުނެފި

ލަންޑަން (އޮކްޓޫބަރު 26) - ވަކި ހާއްސަ ގޮތަކަށް ސްޕެއިންގެ މިޑްފީލްޑަރު ސައުލް ނިގޭޒަށް ޗެލްސީ ޓީމުން ޖާގަ ނުދެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ސައުލް މި ސީޒަނުގައި ޗެލްސީއާ ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މި ޑީލް އެއްބަސްވި ގޮތުން ލޯން ފީއެއްގެ ގޮތުގައި ޗެލްސީން އެތުލެޓިކޯ އަށް ހަތަރު މިލިއަން ޔޫރޯ ދައްކާނެ އެވެ. އަދި އެއް އަހަރުގެ ލޯން ކޮންޓްރެކްޓް ނިމުމުން ސައުލްގެ އެއްބަސްވުން ދާއިމީ ކުރަން ޗެލްސީން 35 މިލިއަން ޔޫރޯ އެތުލެޓިކޯ އަށް ދައްކަން ޖެހޭނެ އެވެ.

ޗެލްސީއާ ގުޅުމަށް ފަހު ސައުލް އަށް އެ ޓީމުން އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ 7-0 އިން ނޯވިޗް ސިޓީ އަތުން ޗެލްސީ މޮޅުވި މެޗުގައި ސައުލް އަށް ފުރުސަތެއް ނުދެ އެވެ.

އިނގިރޭސި ލީގު ކަޕްގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ސައުލް އަށް ފުރުސަތު ދޭނެތޯ ސުވާލުކުރުމުން ޓުޗެލް ބުނީ ވަކި ކުޅުންތެރިއަކަށް ވެގެން ވަކި އުސޫލެއް ނެތް ކަމަށެވެ.

"ވަކި ކުޅުންތެރިއަކަށް ވަކި ގޮތެއް ނޫން މި އޮންނަނީ. އަހަރެން އަދި ނުނިންމަން މި މެޗުގައި އޭނަ (ސައުލް) ކުޅޭނެތޯ. އެކަމަކު މި ފަދަ މުބާރާތްތަކުގައި ކުޅޭ މެޗުތަކުގައި ކުޅެލަން ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އާންމު އުސޫލުން ކުރާ ކަމެއް،" ޓުޗެލް ބުންޏެވެ.

މި ފަހަރު ޗެލްސީން ވިއްކާލަން މަސައްކަތްކުރި ރުބެން ލޮފްޓަސް ޗީކާއި ރޮސް ބާކްލޭ އަންނަނީ މިހާރު ޗެލްސީގެ މެޗުތަކުގައި ގަވާއިދުން ކުޅެމުންނެވެ. ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް ބަދަލެއްގެ ގޮތުގައި ކުޅެން އަރަ އެވެ.

ޓުޗެލް ބުނީ އޭނާ ބަލަނީ ވަކި ކުޅުންތެރިއަކަށް ފުރުސަތު ދޭން ނޫން ކަމަށާއި ޕްރެކްޓިހުގައި އޭނާ ބޭނުންވާ ލެވަލަށް މަސައްކަތް ކުރާ ކުޅުންތެރިން ލައިގެން މެޗުތަކުގައި ރަނގަޅު ނަތީޖާ ނެރުމަށް ކަމަށެވެ.

ލީގު ކަޕްގެ ގަދަ 16 ޓީމުގެ ބުުރުގައި މިރޭ ޗެލްސީ އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ކުޅޭ މެޗާއި އާސެނަލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox