އޮސްޓްރޭލިއާގެ އަމާޒަކީ 2050 އަށް ދާއިރު ނެޓް ޒީރޯ ހާސިލްކުރުން

އޮސްޓްރޭލިއާގައި ކޯލް މައިނު ކުރާ ސަރަހައްދެއް. -- ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާގައި ކޯލް މައިނު ކުރާ ސަރަހައްދެއް. -- ފޮޓޯ: އޭއެފްޕީ

ބްރިޒްބަން، އޮސްޓްރޭލިއާ (އޮކްޓޯބަރު 26) - އަމާޒަކީ 2050 ވަނަ އަހަރާ ހަމައަށް ދާއިރު ޖައްވަށް ގޭސް ބޭރު ކުރުމުގައި ނެޓް ޒީރޯ އަށް ދިޔުން ކަމަށް އޮސްޓްރޭލިއާ އިން ބުނެފި އެވެ.

މޫސުމީ ބަދަލު އައުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅަމުން ދަނީ މި މަހު ފަހުކޮޅު ފަށާ ކޮޕް26 އަށް އެ ކަންކަން ހުށަހަޅަން ޖެހޭތީ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޯލް އަދި ގޭސް އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާގެ ސަރުކާރުން ފާއިތުވި އަށް އަހަރު ވެސް މޫސުމީ ބަދަލާ ގުޅޭ ފިޔަވަޅު އަޅަން ދެކޮޅު ހެދި އެވެ.

އޮކްޓޯބަރު 31 އިން ނޮވެމްބަރު 12 އަށް ސްކޮޓްލަންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 އާ ގުޅިގެން ވެސް އޮސްޓްރޭލިއާ އިން ބުނެފައި ވަނީ ކޯލް ބޭނުން ކުރުން ނުހުއްޓޭނެ ކަމަށެވެ.

ނަމަވެސް ނެޓް ޒީރޯ ހާސިލް ކުރަން ލަނޑުދަނޑިއެއް ކަނޑައެޅުމަކީ ކުރިއެރުމެއް ކަމަށް އެނެލިސްޓުން ދެކެ އެވެ. ނެޓް ޒީރޯގެ މާނައަކީ ޖައްވަށް ދޫކުރާ ގޭހާއި ޖައްވުން ނައްތާލާ ގޭސް ބެލެންސް ކުރުމެވެ.

ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާގެ ރައްޔިތުން ބޭނުން ވަނީ މޫސުމީ ބަދަލާ ގުޅިގެން ރަނގަޅު ސްޓްރެޓެޖީއެއްގެ އެހީގައި ދުނިޔޭގެ ކުރިމަގު ރައްކާތެރިކުރަން ކަމަށެވެ.

"މޫސުމީ ބަދަލާ ގުޅޭ ފިޔަވަޅު އަޅަން ރައްޔިތުން ބޭނުންވޭ. މިހާރު ވެސް އެ ދަނީ ފިޔަވަޅު އަޅަމުން. އެކަމަކު ވަޒީފާތަކާއި އާމްދަނީ ރައްކާތެރި ކުރަން ވެސް ބޭނުންވޭ. އަދި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރަން ވެސް ބޭނުންވޭ،" މޮރިސަން ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް 2030 ވަނަ އަހަރަށް ކަނޑައަޅާ ލަނޑުދަނޑި ވަރުގަދަ ކުރަން އޮސްޓްރޭލިއާ އިން ވަނީ ދެކޮޅު ހަދާފަ އެވެ.

އޮސްޓްރޭލިއާ އިން ކުރިން އެއްބަސްވެފައި ވަނީ 2030 ގެ ކުރިން ޖައްވަށް ބޭރު ކުރާ ގޭސް 26-28 ޕަސެންޓު މަދު ކުރުމަށެވެ. މޮރިސަން ވަނީ އެ ލަނޑުދަނޑި އަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މޫސުމީ ބަދަލާ ގުޅޭ ކަންކަމުގައި އޮސްޓްރޭލިއާގެ ވިސްނުން ހުންނަ ގޮތުގެ ސަބަބުން އެމެރިކާ، އިނގިރޭސިވިލާތް ޕެސިފިކް ކަނޑުގައިވާ ޖަޒީރާ ގައުމުތަކުގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox