ގާސިމްއާ ބައްދަލު ކުރެއްވުމަށް ނަޝީދު ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފި

ގާސިމް އާއި ނަޝީދު މިއަދު މާމިނގިލިން ސަން އައިލެންޑަށް ވަޑައިގަންނަވަނީ: ނަޝީދާއެކު ހަސަން ލަތީފާއި އަލީ އާޒިމް އަދި ޝިފާޒް ވަޑައިގެންނެވި -- ފޮޓޯ: ޖޭޕީ

ގާސިމް އާއި ނަޝީދު މިއަދު މާމިނގިލިން ސަން އައިލެންޑަށް ވަޑައިގަންނަވަނީ: ނަޝީދާއެކު ހަސަން ލަތީފާއި އަލީ އާޒިމް އަދި ޝިފާޒް ވަޑައިގެންނެވި -- ފޮޓޯ: ޖޭޕީ

ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ ގޮތުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު މިއަދު ސަން އައިލެންޑް ރިސޯޓުގައި ބައްދަލު ކުރައްވައިފި އެވެ.

ސަން އައިލެންޑަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް ނަޝީދު ވައިގެ މަގުން އދ. މާމިގިއްޔަށް ވަޑައިގެންނެވުމުން ގާސިމް ވަނީ އެމަނިކުފާނަށް އެއާޕޯޓުގައި މަރުހަބާ ދަންނަވައިފަ އެވެ. އަދި ގާސިމް މިހާރު ދިރިއުޅުއްވަމުން ގެންދަވާ އޭނާގެ ރިސޯޓަށް ދެ ބޭފުޅުން ވަޑައިގެންނެވީ އެކީގަ އެވެ.

ނަޝީދާއެކު ގާސިމް އަރިހަށް ވެރިކަން ހިންގާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އާއި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަޑައިގެންނެވި އެވެ. ޖޭޕީގެ ފަރާތުން އިތުރު މީހަކު ބައިވެރިކަން އެނގިފައެއް ނެތެވެ.

މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން: ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ތާއީދު ނެތް ކަމަށް ގާސިމް ވަނީ ކުރިން ވިދާޅުވެފައި -- ފޮޓޯ:
މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން: ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ތާއީދު ނެތް ކަމަށް ގާސިމް ވަނީ ކުރިން ވިދާޅުވެފައި -- ފޮޓޯ:

މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން: ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ތާއީދު ނެތް ކަމަށް ގާސިމް ވަނީ ކުރިން ވިދާޅުވެފައި -- ފޮޓޯ:

މި ހަބަރު ޝާއިއު ކުރި ވަގުތު ވެސް ސަން އައިލެންޑް ރިސޯޓުގައި ކުރިއަށްދާ އެ ބައްދަލުވުމުގެ ތަފްސީލު އެމްޑީޕީ އަދި ޖޭޕީއަކުން ވެސް މިހާތަނަށް ނުބުނެ އެވެ.

ރައީސް ސޯލިހާއެކު ނިޒާމުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވިއިރު މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަނަށް ތާއީދު ނުކުރައްވާ ކަމަށާއި ރާއްޖޭގައި ބޮޑުވަޒީރަކު ހުރުމަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނިޒާމު ބަދަލު ކުރުމާމެދު ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވޯޓަކާއެކު ނިޒާމު ބަދަލު ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ހިންގުމުގެ ނިޒާމު ބަދަލު ކުރުމާމެދު ކޯލިޝަން ޕާޓީގެ ހިމެނޭ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް ދެކޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox