ބީލަން ހޮވާނޭގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވައިދު އެކުލަވާލައި އަމަލުކުރަން ފަށައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ހިންގާ އިމާރާތް. --

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ހިންގާ އިމާރާތް. --

ބީލަމަށް ހުޅުވާލުމާއި، ދިރާސާކުރުމާ، ޕްރީ-ކޮލިފައިކުރުމާ، ރަޖިސްޓަރީ ކުރުމުގެ އިތުރުން ނެގޯޝިއޭޓްކުރުން އަދި ބީލަން ހޮވާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު އާންމުކޮށްފި އެވެ.

މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

މި ގަވައިދުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ބިޑުތައް ދިރާސާކުރާނެ ނުވަތަ އިވެލުއޭޓް ކުރާނެ މައިގަނޑު އުސޫލުތައް ވަނީ ހިމަނާފަ އެވެ. އަދި ބީލަން ކާމިޔާބު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.

ގެޒެޓުކޮށްފައިވާ ގަވައިދުގައި ވާގޮތުން ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ދައުވަތު ދޭން ޖެހެނީ ލިޔުމުންނެވެ. ދައުވަތުގައި، ބީލަން ހުޅުވައިލި ދާއިރާ ތަފުސީލުކޮށް ބަޔާންކުރަންޖެހެ އެވެ.

ބީލަން ހުށަހެޅުމުގެ ދައުވަތު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުން، އިއުލާނު ކުރެވުނީ ކަމުގައި ބެލޭނެކަމަށް ގަވައިދުގައިވެ އެވެ.

ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުން، ބީލަން ހުށަހެޅި ހުރިހާ އެންމެން ނުވަތަ އެމީހުން ކަނޑައަޅައިފައިވާ މީހުންގެ ހާޒިރުގައި ބީލަން ހުޅުވާއިރު އެތަނުގައި ތިބި އެންމެންގެ ނަމާއި، ހާޒިރުވެތިބި ހައިސިއްޔަތު އެނގޭ ގޮތަށް ރަޖިސްޓަރީއެއްގައި ސޮއިކުރަންޖެހެ އެވެ.

ހުށަހަޅާ ބީލާންތައް ހުޅުވަންޖެހޭނީ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ގުރޫޕު ކުރުމަށްފަހު އެ ތަރުތީބުންނެވެ. ގަވާއިދުގައި ކަނޑައަޅާފައިވަނީ ހަތަރު ގުރޫޕެކެވެ. އެއީ، އިއުލާނުގައި ކަނޑައަޅައިފައިވާ ސުންގަޑިއަށްވުރެ ފަހުން ހުށަހަޅައިފައިވާ ބީލަންތަކާއި، ސުންގަޑިއަށްވުރެ ކުރިން ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔަ ބީލަންތަކާއި، ސުންގަޑި ހަމަވުމުގެ ކުރިން ބީލަން ހުށަހެޅުމަށްފަހު، ބަދަލުތައް ގެނެސް، ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅައިފައިވާ ބީލަންތަކުގެ އިތުރުން ކަނޑައަޅައިފައިވާ ސުންގަޑިއަށްވުރެ ކުރިން ހުށަހަޅައިފައިވާ ބީލަންތަކެވެ.

ހުށަހަޅާފައިވާ ބީލަމެއް އިވެލުއޭޓްކުރާއިރު ރިއާޔަތްކުރަންވާނީ މީލަމަށް ހުޅުވާލިއިރު މާކްސް ދެވޭނޭކަމަށް އާންމުކޮށް އިއުލާނުކުރި ކަންކަމުގެ މައްޗަށް އެކަންޏެވެ. ބީލަމުގެ އަގާއި ޑިސްކައުންޓް ފަދަ މާލީ މުއާމަލާތެއް ބީލަމަށް ހުޅުވާލިއިރު ހާމަކޮށްފައި ނުވާނަމަ، ބީލަން އިވެލުއޭޓްކުރާއިރު، އެ މުއާމަލާތަކަށް ރިއާޔަތް ނުކުރެވޭނެކަމަށް ގަވައިދުގައި ވަނީ ހިމަނާފަ އެެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ހުށަހަޅައިފައިވާ ބީލަން އަނބުރާ ނުގެންދެވޭނެ އެވެ.

ބީލަން ހުށަހަޅައިފައިވަނީ ދިވެހި ފައިސާއިން ނޫންނަމަ، އިވެލުއޭޓް ކުރާއިރު، ދިވެހި ފައިސާއަށް ބަދަލު ކުރުމަށްފަހު، ރަސްމީ ރޭޓުގައި ދިވެހި ފައިސާއިން އަގުކުރަންޖެހެ އެވެ. އަދި ބީލަމަށް ހުޅުވާލި އިއުލާނުގައި ބުނެފައިވާ މައުލޫމާތުތަކާއި ޝަރުތުތައް ފުރިހަމަނުވާ ބީލަންތައް އެއީ ބާތިލު ބީލަމެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އިވެލުއޭޝަން ކޮމެޓީއަށް ވަނީ ދީފަ އެވެ.

އެންމެ ދަށް އަގެއް ހުށަހަޅާފައިވާ ބީލަން ދެނެގަތުމަށް ބީލަންތައް އިވެލުއޭޓްކޮށް އަގުތައް އަޅައިކިއުމަށްފަހު، އަގުތައް ތަރުތީބުކުރަން ބުނެފައި ވަނީ ބޮޑު އަދަދުން ކުޑަ އަދަދަށް ވާ ގޮތަށެވެ.

ބީލަން އިވެލުއޭޓް ކުރާ ކަންކަމާ ގުޅޭގޮތުން، އެއްވެސް ފަރާތަކަށް ލުޔެއްދިނުމަށް ނުވަތަ ބީލަން ހުށަހަޅާ ފަރާތަށް މަންފާއެއް ދިނުމަށް ނުވަތަ އެނޫން ގޮތަކުންވެސް އެއްވެސް މަރުހަލާއެއްގައި ނެގޯޝިއޭޓް ކުރުމަކީ މި ގަވާއިދު މަނާކުރާ ކަމެކެވެ. ބީލަން ކާމިޔާބުކުރި ފަރާތަށް އެކަން އެންގުމަށްފަހު، ހާއްސަ ހާލަތެއް މެދުވެރިވެގެން ނުވަތަ ދައުލަތަށް ފައިދާއެއް ނުވަތަ މަންފާއެއް އޮތް ހާލަތެއްގައި މެނުވީ ބީލަމުގެ އަގާ ގުޅޭގޮތުން ނުވަތަ ބީލަމާ ގުޅޭ އެނޫންވެސް ކަމަކާ ގުޅޭގޮތުން، ނެގޯޝިއޭޓްކުރުންވެސް އެ ގަވާއިދު މަނާކުރެ އެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް އެކުލަވާލާފައިވާ މި ގަވައިދުގެ މަގުސަދަކީ އެންމެ ހާމަކަން ބޮޑުކޮށް ބީލަމުގެ މަރުހަލާތައް ފުރިހަމަކޮށް އެންމެ އެކަށޭނަ ފަރާތަށް ބިޑު އެވޯޑުކުރުން ކަމުގައި އެ ގަވާއިދުގައި ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox