އަރަބި-އިޒްރޭލް ގުޅުން ކަނޑާލަން އިރާނުގެ ރޫހާނީ ލީޑަރު ބާރު އަޅުއްވައިފި

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީ.

ތެހްރާން، އިރާން (އޮކްޓޯބަރު 24) - މިދިޔަ އަހަރު އިޒްރޭލާ އެކު ގުޅުން ގާއިމްކުރި އަރަބި ގައުމުތަކުން އެ ވަނީ "ބޮޑު ކުށެއް" ކޮށްފައި ކަމަށާއި އެފަދަ ނިންމުންތައް އަނބުރާ ގެންދަން ޖެހޭ ކަމަށް އިރާނުގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހްރެއިން، ސޫދާން އަދި މޮރޮކޯ އިން ވަނީ 2020 ވަނަ އަހަރު އިޒްރޭލާ އެކު ގުޅުން ގާއިމްކޮށްފަ އެވެ. އަރަބި-އިޒްރޭލް ގުޅުން ގާއިމްކުރުމަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާރިޖީ ސިޔާސަތުގެ މުހިއްމު ބަޔެކެވެ.

"ބައެއް ސަރުކާރުތަކަށް ވަނީ ގޯސް ހެދިފައި، ބޮޑެތި ގޯސްތަކެއް. ޒަޔޮނިސްޓުންގެ ހަރުކަށި ސަރުކާރާ އެކު ގުޅުން ގާއިމްކުރުމަކީ ބޮޑު ކުށެއް،" ހާމަނާއީ ވިދާޅުވި އެވެ.

"އެއީ އިސްލާމީ އެއްބައިވަންތަކަމާ ދެކޮޅު އަމަލެއް. އެ މަގު ދޫކޮށް، ކުރެވުނު ކުށަށް މައާފަށް އެދެން ޖެހޭނެ،" ކީރިތި ރަސޫލާގެ އީދު މީލާދާ ދިމާކޮށް ދެއްވި ހިތާބުގައި ހާމަނާއީ ވިދާޅުވި އެވެ.

އިރާނަށް 1979 ގައި އިސްލާމީ އިންގިލާބެއް ގެނައި ފަހުން ބައިނަލްއަގްވާމީ މުޖުތަމައުގައި ހަރަކާތްތެރި ވަނީ ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ކުރާ ގައުމެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރާ ހަމައަށް އިޒްރޭލާ އެކު ގުޅުން ގާއިމްކޮށްގެން ތިބި ހަމައެކަނި އަރަބި ގައުމުތަކަކީ މިސްރާއި އުރުދުން އެވެ.

"މުސްލިމުންގެ އެއްބައިވަންތަކަން ހާސިލްކުރެވިއްޖެ ނަމަ ފަލަސްތީނާ މެދު ކުރެވޭ ސުވާލަށް އެންމެ ރަނގަޅު ހައްލު ލިބޭނެ،" ހާމަނާއީ ވިދާޅުވި އެވެ.

މިދިޔެ މޭ މަހު ހާމަނާއީ އިޒްރޭލާ ގުޅޭ ގޮތުން ވިދާޅުވީ "އެއީ ގައުމެއް ނޫން" ކަމަށާއި އެއީ "ޓެރަރިސްޓު މަރުކަޒެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox