ނުުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާއާއެކު ބޭންކްގެ ފައިދާ 1.03 ބިލިއަނަށް

ބޭންކް އޮފް މޯލްޑިވްސް: ތިން ވަނަ ކުއާޓާގައި ބޭންކްގެ ފައިދާ ވަނީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑުވެފައި -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު

ބޭންކް އޮފް މޯލްޑިވްސް: ތިން ވަނަ ކުއާޓާގައި ބޭންކްގެ ފައިދާ ވަނީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑުވެފައި -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު

މިއަހަރުގެ ތިން ވަނަ ކުއާޓާ ނިމުނު އިރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

ޓިމް ވިދާޅުވީ ތިން ވަނަ ކުއާޓާގައި ބޭންކަށް ފައިދާގެ ގޮތުގައި ލިބުނު 1.03 ބިލިއަން ރުފިޔާ އަކީ ދެ ވަނަ ކުއާޓާގައި ލިބުނު އަދަދާ އަޅާބަލާއިރު 108 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިއީ އެވަރެޖްކޮށް ބޭންކަށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް)ގައި ވާހަކަދައްކަވަމުން ޓިމް ވިދާޅުވީ ތިން ވަނަ ކުއާޓާގައި އެކުންފުނީގެ ހިންގުމުގެ ފައިދާ އެހާ ބޮޑުވެފައި ވަނީ ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ފައިސާ ލިބުމުން ކަމަށެވެ. އެހެންނަމަވެސް މިއީ ކޮން ފަރާތަކުން ދެއްކި ލޯނެއް ކަމާއި، ލޯނަށް ދައްކާފައި ވަނީ ކިހާ ފައިސާއެއް ކަމެއްވެސް ޓިމްގެ ވާހަކަފުޅުގައި ވިދާޅުވެފައެއް ނުވެ އެވެ.

އީޖީއެމް ގައި ވާހަކަފުޅު ދައްކަވަމުން ޓިމް ވިދާޅުވީ ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި މުޖުތަމައު އަށް އިންވެސްޓް ކުރުމަށް ބޮޑަށް އެހީތެރިވެދެވޭނޭ ކަމަށެވެ.

މީގެ އިތުރުން ޑިޖިޓަލައިޒް ކުރުމަކީ އަދިވެސް ބޭންކުން އެންމެ މުހިންމު އިސްކަމެއްދޭ އެއްކަންތައް ކަމަށް ޓިމް ވަނީ ވިދާޅުވެފަ އެވެ. ބޭންކުގެ ކަސްޓަމަރުންނަކީ އެންމެ މުހިންމު ބަހާކަމަށާއި ކުންފުނީގެ ސްޓްރެޓަޖީ އަކީ އެކުލަވާލެވިފައިވާ ޑިޖިޓަލް މަގުޗާޓާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭންކިން ހިދުމަތް ފޯރުކޮށްދިނުން އެއީ ބޭންކް ގެ މައިގަނޑު އެއް އަމާޒު ކަމަށްވެސް ޓިމް ވިދާޅުވި އެވެ.

ޓިމް ވަނީ ބޭންކުގެ ހިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެކަށީގެންވާފަދަ ބަދަލުތަކެއް އަންނަމުންދާތަން ފެންނަކަން ފާހަގަކުރައްވާފަ އެވެ. ބޭންކުގެ އަމާޒަކީ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުން ކަމަށާއި އެއަމާޒަށް ވާސިލްވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުންފުނިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox