ތުރުކީ އިން 10 ގައުމެއްގެ ސަފީރުން ފޮނުވާލަން ނިންމައިފި

ދިހަ ގައުމެއްގެ ސަފީރުން ފޮނުވާލަން ނިންމީ އެކްޓިވިސްޓެއް މިނިވަން ކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައި ވަނިކޮށް.

ދިހަ ގައުމެއްގެ ސަފީރުން ފޮނުވާލަން ނިންމީ އެކްޓިވިސްޓެއް މިނިވަން ކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައި ވަނިކޮށް.

އަންކާރާ، ތުރުކީ (އޮކްޓޯބަރު 24) - ޖަލުގައި ބަންދުކޮށްފައި ހުރި އެކްޓިވިސްޓެއް މިނިވަން ކުރަން ބާރު އެޅި 10 ގައުމެއްގެ ސަފީރުން ފޮނުވާލަން ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ފޮރިން މިނިސްޓްރީ އަށް އަންގަވައިފި އެވެ.

ޖަރުމަން ވިލާތާއި އެމެރިކާގެ އިތުރުން އަށް ގައުމެއްގެ ސަފީރުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ސިފަކޮށްފައި ވަނީ ފްރާންސަށް އުފަން އެކްޓިވިސްޓު އުސްމާން ކަވާލާ ޖަލުގައި ބަންދުކޮށްފައި ހުރުމަކީ ތުރުކީގެ މައްޗަށް "ހިޔަންޏެއް އެޅުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު ފޮރިން މިނިސްޓަރަށް އަމުރުކޮށްފައި ވާނީ އެ 10 ސަފީރުންނަކީ ޕާސޮނާ ނަން ގްރާޓާގެ ގޮތުގައި ވީ އެންމެ އަވަހަކަށް ކަނޑައެޅުމަށް،" ސަފީރުން ފޮނުވާލުމަށް ބޭނުން ކުރާ ޑިޕްލޮމެޓިކް ބަހުރުވައިން އުރުދުގާން ވިދާޅުވި އެވެ.

"ތުރުކީ އަށް އިހްތިރާމް ކުރުން ހުއްޓާލައިފި ނަމަ އެ މީހުން ވަގުތުން މި ގައުމުން ފައިބަން ޖެހޭނެ."

ނަމަވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނީ ތުރުކީ އިން ސަފީރުންނާ މެދު ނިންމި ގޮތުގެ މައުލޫމާތު އެ ގައުމުތަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މި ވަގުތު ވެސް މަޝްވަރާ ކުރަމުން މި ދަނީ މިކަމުގައި ހިމެނޭ ނުވަ ގައުމަކާ އެކު،" ޖަރުމަނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

"ގައުމަށް ފޮނުވާލަން ޖެހޭ ފަދަ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ސަފީރު ނުކުރައްވާ،" ނޯވޭ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޓްރޫޑޭ މަސެއިޑޭ ވިދާޅުވި އެވެ.

ނޯވޭގެ އިތުރުން ޑެންމާކް އާއި ނެދަލޭންޑްސްގެ އޮފިޝަލުން ބުނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ކަންކަމުގައި ތުރުކީ އަށް ޕްރެޝަރު ކުރުން ހުއްޓާނުލާނެ ކަމަށެވެ.

އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ތުރުކީ އިން ސަފީރުން ފޮނުވާލަން ނިންމި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ތުރުކީ ފޮރިން މިނިސްޓްރީއާ ވާހަކަދައްކަމުންދާ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ޖަލުގައި ހުރި އުމުރުން 64 އަހަރުގެ އުސްމާން ކަވާލާގެ މައްޗަށް އެއްވެސް ހުކުމެއް ސާބިތުވެފައެއް ނުވެ އެވެ. އޭނާ ބަންދުކޮށްފައި ހުރީ 2013 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާއި 2016 ވަނަ އަހަރު ނާކާމިޔާބުވި އަސްކަރީ ބަގާވާތާ ގުޅޭ ތުހުމަތުތަކުގަ އެވެ.

ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން ގޮވާލައްވާފައި ވަނީ އޭނާގެ މައްސަލަ "އިންސާފުވެރިކަމާ އެކު އަވަހަށް" ނިންމުމަށެވެ.

ޝަރީއަތް ފެށެން ދެން ކަވާލާ މިނިވަން ކުރުމަށް 2019 ވަނަ އަހަރު ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓުން އަމުރު ކުރި އެވެ. އިންސާނީ ހައްގުތަކުގެ ހާލަތު މޮނީޓާ ކުރާ ކައުންސިލް އޮފް ޔޫރަޕުން ވަނީ އެ އަމުރާ އެއް ގޮތަށް އަމަލު ކުރުމަށް ތުރުކީ އަށް އެންމެ ފަހުގެ އިންޒާރު ދީފަ އެވެ.

އެ އަމުރު ތަންފީޒު ނުކޮށްފި ނަމަ އީޔޫގައި ތުރުކީ އަށް ލިބިދޭ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމުގެ ބާރު އޮވެ އެވެ. ނުވަތަ އީޔޫގެ މެމްބަރުކަމުން ތުރުކީ ވަކިކުރެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox