ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލް ރަނގަޅު، ނަތީޖާ ނެރެން ގައުމީ ކޯޗު މޮރިއޭރޯގެ އޮތީ ޕްލޭނެއް

Oct 24, 2021, 4:41 AM
ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ.

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ.

ވީޑިއޯތަކުން ފެނުނު މަންޒަރަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލް ރަނގަޅު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މިޑްފީލްޑަރު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ގައުމީ ޓީމާ އެކު މިދިޔަ ހަފްތާގައި ކޮންޓްރެކްޓްގައި ސޮއިިކުރުމަށް ފަހު އިޓަލީގެ ނޫހެއް ކަމަށްވާ ކަލްޗިއޯމެރްކާޓޯ އަށް ދިން އިންޓަވިއުއެއްގައި މޮރިއޭރޯ ބުނީ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވާން ލިބުނު ފުރުސަތުގެ ބޭނުންހިފި ސަބަބާއި ކުރިއަށްދާން އޭނާގެ ވިސްނުން ހުރި ގޮތުގެ ބައެއް ކަންކަން ހިއްސާކޮށްފަ އެވެ.

އުމުރުން 52 އަހަރުގެ މޮރިއޭރޯ ބުނީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު އޭނާ ދިޔައީ ޔޫރަޕުން ބޭރުން ރަނގަޅު ޕްރޮޖެކްޓެއް ނަގައިގެން ފުޓްބޯޅައިގައި ރަނގަޅު މަސައްކަތްތަކެއް ކުރަން ފުރުސަތެއް ހޯދަމުން ކަމަށެެވެ. އެ ގޮތުން ޕޯޗުގަލް ގައުމީ ޓީމަށް ކުރިން ކުޅުނު މަޝްހޫރު ފޯވާޑް ނޫނޯ ގޯމޭޒްގެ ފަރާތުން ކުރެވުނު މަޝްވަރާތަކަށް ފަހު ރާއްޖޭގެ މި އޮފާ އޮތްކަން އެނގުނު ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"ރާއްޖޭގެ ކޯޗަކަށް ވުމަކީ އަހަރެންގެ ނެގި ރަނގަޅު ޑިޒިޝަނެއް. އެއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަހަރެން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރިއިރު މިހާ ޝައުގުވެރިވެގެން މަސައްކަތް ކުރާހިތުން ކޯޗަކަށް ވެގެން ކުރިއަށްދާން އަހަރެން ބޭނުންވެފައެއް ނުވޭ، މިއީ ރަނގަޅު ފުރުސަތެއް ގޮތު ދެކެނީ،" އިޓަލީގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން ޓީމުތަކުގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ މޮރިއޭރޯ ބުންޏެވެ.

"ރާއްޖޭގެ ފުޓްބޯޅައިގެ ވީޑިއޯތައް ބަލާފައި އަހަންނަށް އެނގޭ ކަމަކީ ލެވަލް ދަށެއް ނޫން ކަން. ރަނގަޅު ކުރެވޭނެ ކަންކަން އެބަހުރި. ޓެކްޓިކަލް ނޫނީ ޑިފެންސިވް ވިސްނުމަށް ބަލާއިރު ރަނގަޅު ކުރަން ޖެހޭ. އެކަން ޔަގީން. ކުޅުންތެރިންގެ ޖޯޝް ރަނގަޅުކޮށް ކާމިޔާބުގެ މަގަށް ގެންނަން ކުރެވެން ހުރި މަސައްކަތް ކުރަން އަހަރެން ތައްޔާރު،"

ކޯޗިންގެ ދާއިރާ އަށް 2006 ވަނަ އަހަރު ނުކުތް މޮރިއޭރޯ ބުނީ ފުޓްބޯޅައިގައި އޭނާ ގަބޫލުކުރާ ވިސްނުމަކީ ކުރު މުއްދަތުގެ ނަތީޖާ ނެރުމަށް ވުރެ، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭނެ ޕްލޭނެއްގައި މަސައްކަތް ކުރުން ކަމަށެވެ.

އިޓަލީގައި އަބަދުވެސް ކޯޗުންނާ މެދު ގޮތް ނިންމަނީ ކުރު މުއްދަތުގެ ނަތީޖާ އިން ކަމަށާއި މީގެ އެންމެ މުހިއްމު ކަމަކީ ނަތީޖާ ނެރެން ކުރާ މަސައްކަތުން އެ ހާސިލްކުރާ ކަންކަން މުސްތަގުބަަލަށް ވެސް ފައިދާވެފައި އޮތުން ކަން މޮރިއޭރޯ ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެ ގޮވައިގެން މޮރިއޭރޯ ނުކުންނާނެ ފުރަތަމަ މުބާރާތަކީ އަންނަ މަހު 7-18 އަށް ކޮލަމްބޯގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް އެވެ. ރާއްޖެ އާއި ސްރީ ލަންކާގެ އިތުރުން ދެން އެ މުބާރާތުގައި ކުޅޭނީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.

ކުޅުމުގެ ކެރިއަރަށް ބަލާނަމަ 1986 އިން 1992 އަށް މޮރިއޭރޯ ކުޅުނީ ލެޗޭ އަށެވެ. އޭގެ ފަހުން ދެ ސީޒަނުގައި ކަލިއަރީ އަށް ކުޅުމަށް ފަހު ދެން 1994 އިން 1997 އަށް މޮރިއޭރޯ ފެނުނީ ރޯމާ އިންނެވެ. މޮރިއޭރޯ، އިޓަލީގެ އޭރުގެ ގަދަބާރު އިންޓަ އަށް ބަދަލުވީ 1997 ވަނަ އަހަރު އެވެ. ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯއާ އެކު އިންޓަ އަށް ކުޅުނު މޮރިއޭރޯ އެ ޓީމުގައި ތިން އަހަރު ހުރުމަށް ފަހު ކެރިއަރު ނިންމާލުމުގެ ކުރިން ދެ ސީޒަނުގައި ނަޕޯލީ އަށް ވެސް ކުޅުނެވެ. އަދި އިޓަލީ ގައުމީ ޓީމަށް އަށް މެޗުން ދެ ގޯލު ޖަހައިދީފައިވެ އެވެ.

މޮރިއޭރޯ ބުނީ އޭނާގެ ކުޅުމުގެ ކެރިއަރުން ދަސްވި ކަންތައްތައް ކޯޗިންގެ އެކި ހާލަތްތަކުގައި ވެސް ބޭނުންކުރާނެ ކަމަށާއި ފުޓްބޯޅައިގައި ކުރެވިފައިވާ ހުރިހާ ތަޖުރިބާއެއް ވެސް މުހިއްމު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox