މޮރީނިއޯގެ ކެރިއަރުގެ އެންމެ ހިތްދަތި ބަލި ކޮންފަރެންސް ލީގުގައި

Oct 21, 2021, 11:55 PM
މޮރީނިއޯގެ ކެރިއަރުގެ އެންމެ ހިތްދަތި ބަލި ކޮންފަރެންސް ލީގުގައި

އޮސްލޯ، ނޯވޭ (އޮކްޓޫބަރު 22) - ޔުއެފާ ކޮންފަރެންސް ލީގުގައި ނޯވޭގެ ޗެމްޕިއަން ބޯޑޯ/ގިލްމްޓް އަތުން ރޭ 6-1 އިން ބަލިވެ ރޯމާގެ ކޯޗުގެ މަގާމުގައި ހުރި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އޭނާގެ ކެރިއަރުގެ އެންމެ ހިތްދަތި ނަތީޖާއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޕޯޓޯ އާއި އިންޓަ މިލާން ގޮވައިގެން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި މެންޗެސްޓާ ޔުނައިޓެޑަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން މޮރީނިއޯ މި ސީޒަނުގައި ރޯމާއާ ހަވާލުވެ، ވާދަކުރަމުން އަންނަނީ ޔުއެފާ ކޮންފަރެންސް ލީގުގަ އެވެ. މިއީ ޔުއެފާ އިން މި ސީޒަނުގައި ފެށި ތިން ވަަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތެވެ.

ބޯޑޯ/ގިލްމްޓް އިން ފުރަތަމަ ވިހި މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. އެރިކް ބޯތެއިމް އާއި ޕެޓްރިކް ބާގްގެ ގޯލުތަކުން ބޯޑޯ/ގިލްމްޓް އިން ލީޑުނަގައިދީފައިވަނިކޮށް ކާލެސް ޕެރޭޒް ވަނީ ރޯމާ އަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި މުޅި މަންޒަރު އެއްކޮށް ބަދަލުވީ ބޯޑޯ/ގިލްމްޓް އިން ދެއްކި އާދަޔާހިލާފު ހިތްވަރުންނެވެ. ބޯތެއިމް ވަނީ ބޯޑޯ/ގިލްމްޓްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އޮލާ ސޯލްބަކެން އެވެ. އަނެއް ގޯލު ޖެހީ އަމާލް ޕެލެގްރީނޯ އެވެ.

މޮރީނިއޯގެ ކޯޗިން ކެރިއަރުގައި އޭނާ އެކި ޓީމުތަކަށް ޖުމްލަ 1008 މެޗު ކޯޗުކޮށްދިންއިރު، މިއީ އޭނާގެ ޓީމެއް ކޮޅަށް ހަ ގޯލު ވަން ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން މޮރީނިއޯގެ ޓީމެއް އެންމެ ފަރަގު ބޮޑުކޮށް ބަލިވެފައިވަނީ އޭނާ ރެއާލް މެޑްރިޑްގައި ހުރިއިރު، 2010 ވަަނަ އަހަރުގެ އެލް ކްލަސިކޯ މެޗެއްގައި 5-0 އިންނެވެ.

ރޯމާ ގޮވައިގެން ހިތްދަތި ގޮތަކަށް ބަލިވުމުން މެޗަށް ފަހު މޮރީނިއޯ ބުނީ މި ބަލީގެ ޒިންމާ އޭނާ ނަގާނެ ކަމަށާއި މިކަން ރަނގަޅުކުރަން ހުރި މީހަކީ ވެސް އޭނާ ކަމަށެވެ.

ކޮންފަރެންސް ލީގުގެ ގްރޫޕް ސީގެ އެއް ވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާ އެކު ބޯޑޯ/ގިލްމްޓް އޮތްއިރު، ރޯމާ ދެ ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ތިން ވަނައިގައި ޒޯރްޔާ ލުހަންސްކް އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ސީއެސްކޭއޭ ސޯފިއާ އަށް ތިން މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މޮރީނިއޯ ކުރިން ހަވާލުވެ ހުރި އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް ވެސް ވަނީ ރޭ ކުޅުނު މެޗުން ނެދަލެންޑްސްގެ ވިޓޭސޭ އަތުން ރަށުންބޭރުގައި 1-0 އިން ބަލިވެފަ އެވެ. މި މެޗުގެ ހަމައެކަނި ގޯލު ޖެހީ މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ވިޓޭސޭގެ މެކްސިމިލިއަން ވިޓެކް އެވެ.

ގްރޫޕް ޖީގެ އެއް ވަނައިގައި އޮތީ މިރޭ ރަށުންބޭރުގައި އެންއެސް މުރާ 2-1 އިން ބަލިކުރި ފްރާންސްގެ ރެނެސް އެވެ. ރެނެސް އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ވިޓޭސޭ ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ދެ ވަނަ އަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް ތިން ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. މުރާ އެންމެ ފުލުގައި އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox