އުކުޅަހުގެ ބިޒްނަސް ކޮމިއުނިޓީގެ ފަރާތުން ރައީސަށް ޕްރޮޕޯޒަލެއް

ރައީސް ސޯލިހު އުކުޅަހުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ރައީސްއަށް ޕްރޮޕޯސަލްއެއް ހުށަހަޅާފަ. ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އުކުޅަހުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ރައީސްއަށް ޕްރޮޕޯސަލްއެއް ހުށަހަޅާފަ. ފޮޓޯ: ރައީސް އޮފީސް

އުކުޅަހުގެ ބިޒްނަސް ކޮމިއުނިޓީގެ ފަރާތުން ރަށުގެ ވިޔަފާރިއާ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ފަސް ކަމެއް ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕްރޮޕޯޒަލެއް ހުށަހަޅައިފި އެވެ.

އެ ޕްރޮޕޯޒަލް ހުށަހެޅީ އއ. އަތޮޅަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އުކުޅަހަށް ވަޑައިގެން އެރަށުގެ ބިޒްނަސް ކޮމިއުނިޓީއާއެކު ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެކަމުގެ އޮފިޝަލެއް ކަމަށްވާ އަބްދުލް ސަމީއު ވިދާޅުވީ އެ ޕްރޮޕޯޒަލްގައި ރައީސްގެ އަރިހުން އެދިފައިވާނީ އުކުޅަހަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ އަދި ފަތުރުވެރިކަން އިންތިހާއަށް ތަރައްގީވެފައިވާ ރަށެއްކަމުން ލާމަރުކަޒީ ގާނޫނުގެ ދަށުން އިހުތިސޯސް ކަނޑައަޅާއިރު، އެ ރަށުގެ އިހުތިސޯސްގެ ތެރެއަށް ފަޅެއް އަދި ފަރެއް ވެސް ނުވަންނާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެދުނިން، އުކުޅަސް ކައިރީގައި އޮންނަ ގަލަގިލި ނަމަކަށް ކިޔާ ފަޅެއް އުކުޅަހުގެ އިހުތިސޯސްގައި ހިމަނައިދިނުމަށް. ދެން އެތަނުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރާއިރު، އެތަނުގައި ސީޕްލޭން ޕްލެޓްފޯމެއް އަޅައިދިނުމަށް ވެސް،" ސަމީއު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އެ ރަށާ ކައިރީގައި އޮންނަ ގާމަތި އިތުރު ރަށެއް ވެސް އުކުޅަހުގެ ބައެއްގެ ގޮތުގައި ހަދައިދިނުމަށް ބިޒްނަސް ކޮމިއުނިޓިން އެދުނު ކަމަށް ސަމީއު ވިދާޅުވި އެވެ. އަދި ސޭންޑް ބޭންކެއް ވެސް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވަން ރަށުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ވެސް އެދުނެވެ.

"ދެން މި ރަށް ކައިރީގަ އޮންނާ މަންޓާ ޕޮއިންޓެއް. އެތަން އަޅުގަނޑުމެން އެދުނިން ހަނިފަރު ބޭ ގޮތަށް ބައޮސްފިއާ ރިޒާވްއަކަށް ހަދަން ވެސް، އެއީ ހަމަ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގަށް،" ސަމީއު ވިދާޅުވި އެވެ.

ރައީސްގެ ފަރާތުން ވަރަށް ހިތްހަމަޖެހޭ ޖަވާބެއް މިކަންކަމަށް ލިބިގެން ދިޔަ ކަމަށް ސަމީއު ވިދާޅުވި އެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، ކެބިނެޓް މެމްބަރުންނާއެކު މަޝްވަރާކުރުމަށްފަހު އެކަންކަން ކުރެވޭނެ ގޮތެއް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ސަމީއު ބުންޏެވެ.

އުކުޅަހަށް ވަޑައިގެން ރައީސް ވަނީ ރަށުގެ އާއްމުންގެ އިތުރުން ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ. އާއްމުންނާ އެކު ބެއްވި ބައްދަލުވުމުގެ ތެރެއިން ޔުޓިލިޓީޒް އަށް ނަގާ ޓެރިފް ބޮޑުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާއި ވިޔަފާރިތައް ހިންގުމަށް ނަގާ ލޯނުގެ އިންޓްރެސްޓާ ގުޅޭގޮތުންހުރި ކަންބޮޑުވުންތައް އެ ފަރާތްތަކުން ވަނީ ރައީސްއަށް ދަންނަވައިފަ އެވެ.

އަދި ރަށުގެ ސިއްހީ މަރުކަޒާއި، ފެރީ ޓާމިނަލްއެއްގެ އިތުރުން މަގު ހެދުމުގެ މަސައްކަތާއި ގުޅޭ ގޮތުން ވެސް ރައީސް ވަނީ އުކުޅަހުގައި ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox