އިޓަލީ ޓީމަށް ކުޅުނު މޮރިއޭރޯ ރާއްޖޭގެ ކޯޗުކަމާ ހަވާލުވަނީ: ރިޕޯޓް

Oct 20, 2021, 6:48 PM
ކޯޗު މޮރިއޭރޯ: އިޓަލީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވާން ވަނީ ނިންމާފައި.

ކޯޗު މޮރިއޭރޯ: އިޓަލީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވާން ވަނީ ނިންމާފައި.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވާން އެއްބަސްވެފައިވާ ކަމަށް އިޓަލީގެ މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ.

އެފްއޭއެމުން ބުނީ މޮރިއޭރޯއާ އެކު މަޝްވަރާ ކުރެވޭ ކަމަށާއި ރަސްމީކޮށް އަދި އެއްބަސްވުމެއް ވެވިފައި ނުވާ ކަމަށެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރިއޭރޯ ރާއްޖޭގެ ޓީމާ ހަވާލުވާނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވެއްޖެނަމަ އެ ވެގެންދާނީ މޮރިއޭރޯ ގައުމީ ޓީމެއްގެ ބެންޗުން ފެންނާނެ ފުރަތަމަ ފަހަރަށެވެ.

އުމުރުން 52 އަހަރުގެ މޮރިއޭރޯ ކޯޗިން ކެރިއަރު ރަސްމީކޮށް ފެށީ 2006 ވަނަ އަހަރު އައިވަރީ ކޯސްޓްގެ ކްލަބް އެފްރިކާ ސްޕޯޓްސް އިންނެވެ. އިޓަލީގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި މޮރިއޭރޯ ވަނީ އެ ޑިވިޝަންތަކުގެ މަޝްހޫރު ޓީމުތައް ކަމަށްވާ ފްރޮސިނޯނޭ އާއި ކްރޮޓޯނޭ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ އެންމެ ފަހުން ހުރީ އަލްބޭނިއާގެ ކްލަބް ޑިނަމޯ ޓިރާނާގެ ކޯޗަކަށެެވެ.

މޮރިއޭރޯ އިންޓަ މިލާނަށް ކުޅުނުއިރު ބްރެޒިލްގެ ލެޖެންޑަރީ ފޯވާޑް ރޮނާލްޑޯއާ އެކު.

ކުޅުމުގެ ކެރިއަރަށް ބަލާނަމަ 1986 އިން 1992 އަށް މޮރިއޭރޯ ކުޅުނީ ލެޗޭ އަށެވެ. އޭގެ ފަހުން ދެ ސީޒަނުގައި ކަލިއަރީ އަށް ކުޅުމަށް ފަހު ދެން 1994 އިން 1997 އަށް މޮރިއޭރޯ ފެނުނީ ރޯމާ އިންނެވެ. މޮރިއޭރޯ، އިޓަލީގެ އޭރުގެ ގަދަބާރު އިންޓަ އަށް ބަދަލުވީ 1997 ވަނަ އަހަރު އެވެ. ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯއާ އެކު އިންޓަ އަށް ކުޅުނު މޮރިއޭރޯ އެ ޓީމުގައި ތިން އަހަރު ހުރުމަށް ފަހު ކެރިއަރު ނިންމާލުމުގެ ކުރިން ދެ ސީޒަނުގައި ނަޕޯލީ އަށް ވެސް ކުޅުނެވެ.

ސެޒާ މަލްޑިނީގެ ކޯޗުކަމުގައި އިޓަލީ ގައުމީ ޓީމުން ފުރުސަތު ހޯދި މޮރިއޭރޯ އަށް ގައުމީ ޓީމުން ކުޅުމުގެ ފުރުސަތު ލިބުނީ އަށް މެޗުގަ އެެވެ. އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނިޔާގެ ސަބަބުން މޮރިއޭރޯ އަށް އިޓަލީގެ ގިނަ މެޗުތަކުން ފުރުސަތު ނުލިބެ އެވެ.

މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވެއްޖެނަމަ އޭނާ ވެގެންދާނީ މި އަހަރު ތެރޭގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުަގއި ފެންނާނެ ތިން ވަނަ ކޯޗަަށެވެ. އަދި މިދިޔަ ފަސް އަހަރަށް ބަލާނަމަ ގައުމީ ޓީމުން ފެންނާނެ ފަސް ހަ ވަނަ ކޯޗަށެވެ.

މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމަށް ކޯޗުކޮށްދިނީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. މި މަހު ރާއްޖޭގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ތަޖުރިބާކާރު ދިވެހި ކޯޗު އަލީ ސުޒޭން އެވެ.

ގައުމީ ޓީމާ ދެން ހަވާލުވާ ކޯޗެއްގެ ފުރަތަމަ މަަސައްކަތަށް ވާނީ އަންނަ މަހު 8-17 އަށް ލަންކާގައި ކުރިއަށްދާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް އެވެ. އެ އަށް ފަހު 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމުގެ ޓާގެޓްގައި ކޮލިފައިން މެޗުތަކަށް ނުކުންނަން ޖެހޭނީ އަންނަ އަހަރު ޖޫން މަހު އެވެ. އެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށް ކަމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox