އއ. އަތޮޅު ހޮސްޕިޓަލް، ކުވެއިތު ފަންޑުގެ އެހީގައި ތަރައްގީކުރަން ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ސޯލިހު އއ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ކުވެއިތު ފަންޑުގެ އެހީގައި އއ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރަން ހަމަޖެހިފައިވާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އއ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ކުވެއިތު ފަންޑުގެ އެހީގައި އއ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރަން ހަމަޖެހިފައިވާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ-- ފޮޓޯ: ރައީސް އޮފީސް

ކުވެއިތު ފަންޑުގެ އެހީގައި އއ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މިހާރު އއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އއ. އަތޮޅު ކައުންސިލާ އެކު ރަސްދޫގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ އއ. އަތޮޅުގެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވުމަށް ރައީސްއަށް ދަންނަވައިފަ އެވެ. ޖަވާބުގައި ރައީސް ވަނީ، ކުވެއިތު ފަންޑުގެ އެހީގައި އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލަށް ދަންނަވައިފަ އެވެ.

ބައްދަލުވުމުގައި ކައުންސިލުން ވަނީ ކައުންސިލުން ވަނީ އއ. އަތޮޅުގައި ސީ އެމްބިއުލާންސް އެއް ނެތުމުން ދިމާވާ ގޮންޖެހުންތަކާ އެކަމުގައި ހުރި ކަންބޮޑުވުންތައް އަދި އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫއު ނުފެށޭތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި މަޑިވަރު ފިނޮޅުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި، ރަށްރަށުގެ ދަފްތަރެއް އޮތުމުގެ މުހިންމުކަމާގުޅޭގޮތުން ވެސް ކައުންސިލުން ވަނީ ރައީސްއާ މަޝްވަރާކުރައްވާފަ އެވެ.

ރައީސް ވަނީ އއ. އަތޮޅަށް އަންނަ އަހަރު ތެރޭ ސީ އެމްބިއުލާސް ލިބޭނެކަމަށް ވިދާޅުވެފަ އެވެ، އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ މައުލޫމާތު އެއްތަނަކުން އެނގޭނެގޮތަށް ދަފްތަރެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ކުރައްވަމުންގެންދަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ކައުންސިލުން ވަނީ އަތޮޅު ފިހާރައިން ލިބޭ އާމްދަނީ ލިބެނީ ކޮން އުސޫލަކުންކަމާ ކިހިނެއްކަން އޮޅުންނުފިލުމުގެ ސަބަބުން ދިމާވާ ދަތިތަކާ، އެ ފިހާރައިން އާމްދަނީ ލިބޭނެ ގޮތް ހައްދަަވައިދެއްވުމަށް ވެސް ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

އަދި ކައުންސިލަށް ކުރިމަތިވާ އިތުރު ގޮންޖެހުންތަކުގެ ތެރޭގައި އިދާރީ މުވައްޒަފުން މަދުވުމުގެ ސަބަބުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތައް ވެސް ކައުންސިލް މެމްބަރުން ވަނީ މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން މާލީ ގޮތުން ކުރިމަތިވެފައި ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން ކައުންސިލަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ސަރުކާރުން ފަހިކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ މިއަދުގެ ބައްދަލުވުމުގައި އެދިފަ އެވެ.

ރައީސް ސޯލިހު އއ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު އއ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އއ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ވަނީ އެ ވާހަކަކާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ގޮތަކަށް އެކަންކަން ފަހިކޮށްދެއްވާނެކަމުގެ އުންމީދީ ޖަވާބެއް އަތޮޅު ކައުންސިލަށް ދެއްވާފަ އެވެ.

ކައުންސިލުން ވަނީ އެ ބައްދަލުވުމުގައި އއ. އަތޮޅުގެ ހުރިހާ ރަށެއްގައި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫތައް ހަމަހަމަކަމާއެކު ކުރިޔަށް ގެންދިޔުމަށް ވެސް ރައީސްގެ އަރިހުގައި މިއަދު ދަންނަވައިފަ އެވެ.

ރައީސް ވަނީ މިއަދު ރަސްދޫއިން ފުރާވަޑައިގަތުމުގެ ކުރިން ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފަ އެވެ.

ދެ ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް ވަނީ މިހާރު ތޮއްޑޫ އަދި ރަސްދުއަށް ވަޑައިގެންފަ އެވެ. ރައީސް މިހާރު ހުންނެވީ އއ. އުކުޅަހުގަ އެވެ. އެޔަށްފަހު ދެން ވަޑައިގަންނަވާނީ މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox