މެއި 6 ގެ ހަމަލާ: އިތުރު ތިން މީހަކު ދައުވާއަށް އިންކާރުކޮށްފި

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ފުލުހުން ތަހުގީގު ކުރަނީ: މިއަދު ކޯޓަށް ގެންދިޔަ ހަ މީހުން ވެސް ބަންދު ކުރަން އަމުރު ކުރި -- ފޮޓޯ: އަދަދު ފައިލް

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ފުލުހުން ތަހުގީގު ކުރަނީ: މިއަދު ކޯޓަށް ގެންދިޔަ ހަ މީހުން ވެސް ބަންދު ކުރަން އަމުރު ކުރި -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، ގައި ބޮން ގޮއްވި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ އިތުރު ތިން މީހަކު މިއަދު އެ ދައުވާތަކަށް އިންކާރު ކޮށްފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގަ ބޮމެއް ހަރުކޮށްގެން ގޮއްވާލި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔައީ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލައިގައި ބޭއްވި ދެ ވަނަ އިބްތިދާއީ އަޑުއެހުމެވެ.

މިއަދުގެ އަޑުއެހުމުގައި ހައިޝަމް އާއި ނާޒިމް އާއި ފަހުމީ އަލީގެ މައްޗަށް ކުރާ ދައުވާތައް އިއްވުމުން އެ އެންމެން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

Advertisement

ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. މުހައްމަދު ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އިސްހާގުގެ ފަރާތުން ދައުވާއާމެދު އެއްޗެކޭ ނުބުނެ އެވެ. އޭނާގެ ފަރާތުން އެދުނީ މައްސަލައިގައި ހިމެނޭ ހެކިތައް ވަޒަން ކުރުމަށްފަހު ދައުވާއާމެދު އެއްޗެއް ބުނާނެ ފުރުސަތަކަށެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މުޖާޒް އާއި ތަހުމީނު ވަނީ އެމީހުންގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އޭގެ އިތުރުން، އޭނާގެ މައްސަލައިގެ އަޑުއެހުންތައް ސިއްރު ކުރުމަށް އިސްހާގުގެ ފަރާތުން ވަނީ އެދިފަ އެވެ. ނަމަވެސް ކޯޓުން ނިންމީ މި ވަގުތު އަޑުއެހުން ސިއްރު ކުރާނެ ޖާގައެއް ނެތް ކަމަށެވެ.

މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެ ހަ މީހުންގެ ބަންދު މުރާޖައާކޮށް، އެ އެންމެން ވެސް ބަންދުން ދޫކުރެވޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

މެއި 6، ގައި ބޮން ގޮއްވި މައްސަލައިގައި މިއަދު އަދުހަމްގެ މައްޗަށް ވެސް ޝަރީއަތް ހިންގި އެވެ. ނަމަވެސް ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ ޝަރީއަތް ކުރިއަށްގެންދިޔައީ ވަކިންނެވެ. އަދި އަދުހަމުގެ ބައި ސިއްރުކުރުމަށްވެސް މީގެ ކުރިން ކޯޓުން އޮތީ ނިންމާފަ އެވެ.

އެމީހުންގެ އިތުރުން ބޮން ގޮއްވި މައްސަލައިގައި ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox